Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންކްލޫސިވް އެޑިއުކޭޝަން

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ކުދިން ވަކިކުރުމަކީ މާޒީވެ ގޮސްފައިވާ އުސޫލެއް: އިހުސާން

30 އޮކްޓޯބަރު 2026 | ހުކުރު 07:00

ޚާއްސަ އެހީއަށް ބޭނުންވާ ކުދިން އާންމު ތައުލީމީ ނިޒާމުން އެކަހެރިކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވެ، ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިހުސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން އިންކްލޫސިވް އެޑިއުކޭޝަންގެ އުސޫލުތައް ގެއްލި، ތައުލީމީ މަންހަޖު ގޯސް މިސްރާބަކަށް ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2026 | ހުކުރު 07:00
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ކުދިން ވަކިކުރުމަކީ މާޒީވެ ގޮސްފައިވާ އުސޫލެއް ކަމަށާއި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ އެ ފަދަ ކުދިން ތައުލީމީ ނިޒާމުން އެކަހެރިކޮށް ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ދުނިޔެ މިއަދު ގަބޫލުކުރަނީ އާންމު ކްލާސްރޫމުގައި އިންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އުނގަންނައިދޭ އިންކްލޫސިވް ނިޒާމެއް ކަމަށެވެ. އަދި އެ ކުދިންނާ ގުޅޭގޮތަށް ފިލާވަޅުތައް އުނގަންނައިދިނުމާއި، ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
މިއަދު އެ ހުށަހެޅުނު ބިލަކީ އިންކްލޫސިވް އެޑިއުކޭޝަން ދޫކޮށް ސެގްރިގޭޝަނާ ދިމާލަށް އަނެއްކާ އަލުން އަނބުރާ ފަހަތަށް ދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް. އެކަން އެހެންވިޔަ ދީގެން ނުވާނެ. އަޅުގަނޑުމެން ހަމަހިލާ އެކަން އެހެންވިޔަ ނުދޭނަން
މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަމާއި އަޅާލުން ބޭނުންވާކަން ގަބޫލުކޮށް، އެ ކުދިން އާންމު ތައުލީމީ ނިޒާމުގެ ތެރޭގައި ހިމެނުމަށް އެންމެ ފުރަތަމަ އިސްނަގައިގެން މަސައްކަތް ފެށީ އެމްޑީޕީން ކަމަށެވެ. އަދި މި ބަދަލު މިހާރު ގެނައި ނަމަވެސް، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި އަލުން އިންކްލޫސިވް އެޑިއުކޭޝަންގެ އުސޫލުތައް ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މި ސަރުކާރު އުފެދުނީއްސުރެ ރާއްޖޭގެ ތައުލީމީ މަންހަޖު ވަކި އެޖެންޑާއަކަށް ބަދަލުކުރުމަށް ސިއްރިޔާތުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިހުސާން ތުހުމަތު ކުރެއްވި އެވެ. އަދި މަޖިލީހަށް ހުށަހެޅިގެން އެ ދިޔައީ އެ ކަމަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ބިލެއް ކަމަށާއި، މި ބިލު ގާނޫނަކަށްވުމާ އެކު އެޑިއުކޭޝަން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަންހަޖު ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށް ނިންމާލާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ގަސްތުގައި ތައުލީމީ ނިޒާމު ހަލާކުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އިހުސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން، މި ބިލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެން ކުދިން ސްކޫލަށް ފޮނުވުން ހުއްޓުވުމަށް މަގުފަހިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މުހައްމަދު އިހްސާން އިންކްލޫސިވް އެޑިއުކޭޝަންއެމްޑީޕީ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި

29 އޮކްޓޯބަރު 2026
ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި
29 އޮކްޓޯބަރު 2026

މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށޭނެ: ޔައުގޫބު

29 އޮކްޓޯބަރު 2026
މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށޭނެ: ޔައުގޫބު
29 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ

29 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ
29 އޮކްޓޯބަރު 2026

މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު

29 އޮކްޓޯބަރު 2026
މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު
28 އޮކްޓޯބަރު 2026

ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް

28 އޮކްޓޯބަރު 2026
ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް
25 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް

25 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް
24 އޮކްޓޯބަރު 2026

ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު

24 އޮކްޓޯބަރު 2026
ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު
24 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކު ސިޓީ މޭޔަރާއެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯޒް ކުރައްވައިފި

24 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކު ސިޓީ މޭޔަރާއެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯޒް ކުރައްވައިފި
24 އޮކްޓޯބަރު 2026

ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް

24 އޮކްޓޯބަރު 2026
ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް
24 އޮކްޓޯބަރު 2026

އަޅުގަނޑުގެ ވެރިކަމެއްގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް

24 އޮކްޓޯބަރު 2026
އަޅުގަނޑުގެ ވެރިކަމެއްގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް