Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުކޭޝަން މިނިސްޓްރީ

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

ޕްރައިވެޓް ސްކޫލްތަކުގައި 11-12އިގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ބެލެނިވެރިން ކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ ޖުލައި މަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2025 | ހުކުރު 07:55
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހްސާން

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހްސާން

ޕްރައިވެޓް ސްކޫލްތަކުގައި 11-12 ގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ބެލެނިވެރިން ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ ވަރަށް ބޮޑު އަނިޔާ އެއް ކަމަށް ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ, ޕްރައިވެޓް ސްކޫލްތަކުގައި 11-12އިގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ދެން ކުރަން ޖެހޭނީ ދަރިވަރުންގެ ބެލެނިވެރިން ކަމަށް ނިންމާ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެކަމާއި މެދު ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އޭލެވެލް އަށް ކިޔަވާ ކޮންމެ ކުއްޖަކަށް ވެސް އެއް މިންގަނޑަކުން ޚަރަދު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ތައުލީމް ހާސިލްކުރާ ކުދިންނަށް ފީ ދިނުމުގައި ސީއެޗްއެސްސީގައި ކުއްޖެއްގެ ބޮލަކަށް ޚަރަދު ކުރަނީ ކިހާވަރެއްތޯ ބަލާފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ އަދަދު ވިލާ ކޮލެޖާއި އަހުމަދިއްޔާގައި ކިޔަވާ ކުދިންނަށް ވެސް ޚަރަދު ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން އައި ގޮތަށް އައިސް ޕްރައިވެޓް ސްކޫލްތަކުގައި އޭލެވެލް އަށް ކިޔަވަންދާން ބޭނުންވާ ކުދިންނަށް ދެމުން އައި ޕޮކެޓް މަނީ ކަނޑާލާފައިވާ ކަަމަށް އިހުސާން ވިދާޅުވިއެވެ. އެކަމުގައި އިސްތިސްނާ ކުރީ އަހުމަދިއްޔާ ފަދަ ސްކޫލްތައް ކަމަށާއި އަހުމަދިއްޔާ އަށް ވެސް ދެމުންދިޔައީ ކުރިން ލިބުނު މިންވަރަށް ވުރެ ކުޑަ މިންވަރެއްގެ އިންސެންޓިވް އެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭލެވެލްގައި ކިޔަވާ ދަރިވަރަކަށް ބޮލަކަށް ޖެހޭ އަދަދު ޕްރައިވެޓް ސްކޫލްތަކަށް ފޯރުކޮށްދެމުން އައި ކަމަށާއި ސަބަބަކީ މާލެ ސަރަހައްދުގައި އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު އޮތް ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ އަނެއް ބޭނުމަކީ ސްކޫލްތަކުގެ މެދުގައި ވާދަވެރިކަން އުފެދި ދަރިވަރުންނަށް ރަނގަޅު ވަސީލަތްތަކެއް އުފެދުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

"މީގަ މާ ބައިވަރު މާއްދާތަކެއް ސަރކިއުލާގައި ލިޔުމުގެ ބޭނުމެއް ވެސް ނެތް. ދެން ސަރުކާރުން ޕްރައިވެޓް ސްކޫލަށް ފައިސާ ނުދޭނަމޭ ބުނެފަ ނިންމާލި ނަމަ ނިމުނީ." އިހުސާން ވިދާޅުވިއެވެ.

ޕްރައިވެޓް ސްކޫލްތަކުގައި 11-12އިގައި ކިޔަވާ ކުދިންނަށް ސަރުކާރުން ފީ ދެއްކުން ހުއްޓާލަން ނިންމިކަން ހާމަވީ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރި ސްކޫލްތަކަށް ކުދިން ވެއްދުމާއި ސްކޫލްތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމާއި ގުޅޭ އާ އުސޫލުގައެވެ. އެ އުސޫލު ހާމަކޮށްފައި ވަނީ 15 ޖުލައި 2025ގައެވެ.

އެ ސަރކިއުލާގެ ސްކޫލްގެ ޖާގަ ދިނުމުގެ ބައި، ނުވަތަ (11) ވަނަ ނުކުތާގެ (ޅ)ގައި ބުނެފައި ވަނީ ސަރުކާރު ސްކޫލުން ޖާގަ އަށް ނޭދި އެހެން ސްކޫލްތަކަށް ފޮނުވާ ދަރިވަރުންނަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކުރާނީ ބެލެނިވެރިން ކަމަށެވެ. އަދި ހަމަ އެ ނުކުތާގެ (ކ)ގައި ބުނެފައި ވަނީ ސަރުކާރު ސްކޫލަކުން ޖާގަ ލިބުމުން އެ ޖާގަ ބޭނުން ނުކޮށް އެހެން ސްކޫލަކަށް ދަރިވަރު ފޮނުވާ ހާލަތުގައި ދަރިވަރުގެ ފީ އާޢި އެހެނިހެން ޚަރަދުތައް ކުރާނީ ބެލެނިވެރިޔާ ކަމަށެވެ.

އެ ސަރކިއުލާގައި އިތުރަށް ބުނެފައި ވަނީ ސަރުކާރު ސްކޫލުން ޖާގަ އަށް އެދި ހުށަހަޅާޖާގަ ނުލިބޭ ހާލަތުގައި މިނިސްޓްރީގެ ފަރާތުން އެހެން ސްކޫލަކުން ޖާގަ ހަމަޖައްސާދޭ ދަރިވަރުންނަށް، އެ ޖާގަ ހަމަޖައްސައިދޭ މުއްދަތަކަށް މިނިސްޓްރީގެ ފަރާތުން ފީ ދައްކާދޭނެ ކަމަށެވެ.

މީގެ އިތުރުން އެފަދަ ދަރިވަރުންނަށް ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެއްސުމުން، އެ ޖާގަ ލިބުނު ސްކޫލަށް ދަރިވަރުން ބަދަލުކުރަން ވާނެ ކަަމަށް އެ ސަރކިއުލާގައި ވަނީ ބުނެފައެވެ. އަދ އެގޮތަށް އެންގުމުން ދަރިވަރު ސްކޫލް ބަދަލު ނުކޮށްފި ނަމަ އެ ހާލަތުގައި ދަރިވަރުގެ ފީ އާއި އެހެނިހެން ޚަރަދުތައް ކުރާނި ބެލެނިވެރިން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީމުހައްމަދު އިހްސާންއިބްރާހިމް މުހައްމަދު ސާލިހުޕްރައިވެޓް ސްކޫލްތައްއޭލެވެލްސްކޫލް ފީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު