Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއިން ވަކިކުރުން

ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް ނެތް، މިހާރު ކަޑައްތު ކުރަމުންދާ މުއްދަތުގައި ހޯދަނީ ދިރިތިބޭނެ ގޮތެއް: އިހުސާން

2 ސެޕްޓެމްބަރު 2026 | ބުދަ 13:01

ސަރުކާރުން އެކި ބަހަނާތައް ދައްކައި ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާތީ، ރަށްރަށުގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށްވެފައިވާ ކަމަށް އިހުސާން ވިދާޅުވި. ތަކެތީގެ އަގުބޮޑުވެ، މަސްވެރިކަމާއި ކުދި ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާތީ، ރައްޔިތުން މިހާރު ކުރަމުންދަނީ ދިރިތިބުމަށްޓަކައި ކުރަންޖެހޭ "ސަވައިވަލް" މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 2 ސެޕްޓެމްބަރު 2026 | ބުދަ 13:01
މުހައްމަދު އިހުސާން "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

މުހައްމަދު އިހުސާން "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އިތުރު އާމްދަނީއެއް ހޯދުމަށް ވުރެ ބޮޑަށް ރަށްރަށުގައި ތިބި އާއިލާތަކުން ދަނީ ކައިގެން ބޮއެގެން އުޅެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، މިހާ ބޮޑަށް ރައްޔިތުން ނިކަމެތި ކުރި ސަރުކާރެއް އަދި ނާންނަ ކަމަށެވެ. އެގޮތުން، އެކިއެކި ބަހަނާތައް ދައްކާ ރައްޔިތުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އިހުސާން ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ނިކަމެތި ކުރަމުން ދަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށެވެ. 

Advertisement - newsAdvertisement

އިހުސާން ވަނީ ނާލާފުށި ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ނާލާފުށިން ގާތްގަނޑަކަށް ފެނަކައިގައި މަސައްކަތް ކުރާ 17 މުވައްޒަފުން ކަނޑާލައިފި. މިއިން ކޮންމެ މުވައްޒަފަކީ ވަކި އާއިލާއެއްގެ މެންބަރެއް، ރަށުގައި ދިރިއުޅޭ އާބާދީ މިއުޅެނީ 300 އެއްހާ މީހުން، މިއިން ކޮންމެ ކުއްޖެއްގެ ފެމެލީގައި 4،5 މީހުން ހިމެނޭ ކަމުގައި ވާނަމަ އެއީ ގާތްގަނޑަކަށް ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީގެ ދެބައިކޮށްފައި އެއްބައި، އެހެންވީމަ މި މީހުން މިހާރު ކަޑައްތު ކުރަމުންދާ މުއްދަތަކީ ސަވައިވަލް، ދިރިތިބޭނެ ގޮތެއް ހޯދުން 
މުހައްމަދު އިހުސާން

މީގެ އިތުރުން، މަސްވެރިކަމާއި ކުދި ވިޔަފާރިތައް ހުއްޓިފައިވާކަން އިހުސާން ފާހަގަކުރެއްވި އެވެ. އަދި ދިރިއުޅުމުގެ ހާލަތު ދަށްވެ ރައްޔިތުން ތިބީ އެމީހުން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ހާލަތެއްގައި ނޫން ކަމަށާއި ތަކެތީގެ އަގު ބޮޑުވަމުން ދާތީ ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވުމެއްގައި ކަމަށް އިހުސާން ވިދާޅުވި އެވެ.

މުހައްމަދު އިހްސާންވައުދުނާމާ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

06 ޖުލައި 2026

ސަރުކާރުގެ ހަޑިވެފައިވާ މޫނުމަތި ޕީއާރް ބޭނުންކޮށްގެން ރީއްޗެއް ނުކުރެވޭނެ: އިހުސާން

06 ޖުލައި 2026
ސަރުކާރުގެ ހަޑިވެފައިވާ މޫނުމަތި ޕީއާރް ބޭނުންކޮށްގެން ރީއްޗެއް ނުކުރެވޭނެ: އިހުސާން
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
24 ނޮވެމްބަރު 2024

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން
16 ޖުލައި 2023

އިދިކޮޅުގެ މެނިފެސްޓޯއިން އެންމެ ގިނައިން އިވޭ ވައުދަކީ ވައްޓާލުމާއި ރޫޅާލުން: އިހްސާން

16 ޖުލައި 2023
އިދިކޮޅުގެ މެނިފެސްޓޯއިން އެންމެ ގިނައިން އިވޭ ވައުދަކީ ވައްޓާލުމާއި ރޫޅާލުން: އިހްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް