Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގެފުޅު ސަރަހައްދު

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

މަނާކޮށްފަނީ ރޯދަމަސް ނިމެންދެން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 23 މެއި 2017 | އަންގާރަ 14:09
ހައްޖުވެރިންތަކެއް ގެފުޅު ވަށައިގެން ތަވާކުރަނީ

ހައްޖުވެރިންތަކެއް ގެފުޅު ވަށައިގެން ތަވާކުރަނީ

އަލް މަސްޖިދުލް ޙަރާމްގައި ގެފުޅު ވަށައިގެން ތަވާފް ކުރަން އޮންނަ ސަރަހައްދުގައި ސުންނަތް ނަމާދުކުރުން ސައުދީ އަރަބިއްޔާގެ ސަރުކާރުން މަނާކޮށްފިއެވެ.

ސައުދީ ގެޒެޓް ނޫހުގައި ބުނެފައި ވަނީ ކައުބާގެ ވަށައިގެންވާ ތަވާފުކުރާ ސަރައްދުގައި ފަރުޟު ނަމާދުތައް ފިޔަވައި އެހެން ނަމާދުތައް ކުރުން މަނާ ކޮށްފައިވާ ކަމަށެވެ.

ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދުކުރުން، ސައުދީ ސަރުކާރުން މަނާކޮށްފައި ވަނީ ވަގުތީ ގޮތުންނެވެ. މިގޮތަށް މިކަންކުރުމަށް އަންގަވާފައިވަނީ މައްކާގެ އަމީރު ޕްރިންސް ޚާލިދު އަލް ފައިސަލްއެވެ.

ސައުދީ ގެޒެޓުން ބުނާގޮތުގައި ރޯދަމަސް ނިމެންދެން ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާ ކުރުމަށް ހަރަމްފުޅު ބަހަލަހައްޓާ މީހުންނަށް މައްކާގެ އަމީރުވަނީ އަންގަވާފައެވެ.

ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުމުގެ އިތުރުން މި ފަހަރުގެ ރޯދަމަހު އެ ހިސާބުގައި ރޯދަ ވީއްލުން ވެސް ވަނީ މަނާ ކޮށްފައެވެ.

ސައުދީ ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ ރޯދަމަހު އުމުރާގެ އަޅުކަމަށް ގިނަ ބަޔަކު އެއްވާތީއެވެ. އެގޮތުން އުމްރާއަށްދާ މީހުންނަށް ފަސޭހައިން ތަވާފު ކުރެވޭނެ ގޮތް ހެދުމަކީ އެ ނިންމުމުގެ އެއް ބޭނުމެވެ.

ސައުދީ ސަރުކާރުން މި ގޮތަށް ނިންމާފައި ވަނީ ސުންނަތް ނަމާދުކުރަން ތިބޭ މީހުންގެ ސަބަބުން ތަވާފް ކުރުމަށް ކުރުމަށް އުނދަގޫވާ ކަމަށް ބުނެ ޝަކުވާތައް ލިބެމުންދާތީއެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2018

ދެ ކޮރެއާ ގުޅޭ ސަރަހައްދުގައި އޮންނަ ޕަންމުންޖޮމް އިން ހަތިޔާރުތައްް ނަގަން ދެ ގައުމުން އެއްބަސްވެއްޖެ

24 އޮކްޓޯބަރު 2018
ދެ ކޮރެއާ ގުޅޭ ސަރަހައްދުގައި އޮންނަ ޕަންމުންޖޮމް އިން ހަތިޔާރުތައްް ނަގަން ދެ ގައުމުން އެއްބަސްވެއްޖެ
20 އޯގަސްޓު 2018

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

20 އޯގަސްޓު 2018
ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި
18 މެއި 2018

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ދަނީ ހާލަތާ ނުބައްދަލު ބާރު ކަމަށް ޒައިދް ވިދާޅުވެއްޖެ

18 މެއި 2018
ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ދަނީ ހާލަތާ ނުބައްދަލު ބާރު ކަމަށް ޒައިދް ވިދާޅުވެއްޖެ
06 އެޕްރީލު 2018

އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ

06 އެޕްރީލު 2018
އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ
05 އެޕްރީލު 2018

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރާލައިފި

05 އެޕްރީލު 2018
ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު