Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓް ތަކާއި ހެދި ދެ ކޮރެއާ ސަރަހައްދުގެ މަޝްރަހް ވަނީ ހޫނުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 އެޕްރީލު 2017 | އަންގާރަ 13:27
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ހަން ސޮން-ރިއޮލް ވިދާޅުވެއްޖެއެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ސޮން-ރިއޮލް ވިދާޅުވީ އުތުރު ކޮރެއާ އިން އިތުރު މިސައިލް ޓެސްޓުތަކެއް ކުރުން މަތީ ދެމިތިބޭއިރު އެކަން ކުރާނީ، ކޮންމެ ހަފްތާ އަކު، މަހަކު އަދި އަހަރަކު ކަަމަށެވެ.

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ނުހަނު ބޮޑަށް އުތުރު ކޮރެއާ ފާޑުކިޔުން އަމާޒުވެފައިވާއިރު، ބީބީސީ އަށް ދެއްވި އިންޓަވިއުގައި އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ހަން ސޮން-ރިއޮލް ވިދާޅުވީ، އެމެރިކާ އިން އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާ ގުޅިގެން އަސްކަރީ ގޮތުން ފިޔަވަޅު އަޅައިފި ނަމަ "ފުރިހަަމަ ހަނގުރާމަ އަކަށް ކަންކަން ބަދަލުވާނެ" ކަމަށެވެ.

ދާދި ފަހުން އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ އުތުރު ކޮރެއާ އިން އެމެރިކާ "ޓެސްޓު ނުކުރުމަށެވެ."

އެމެރިކާގެ ނައިބު ރައީސް ޕެންސް ވަނީ އުތުރު ކޮރެއާ އިން އާދީއްތަ ދުވަހު ކުރި ބެލިސްޓިކް މިސައިލް ނާކާމިޔާބު ވިތާ ގަނޑިއިރުތަކެއް ތެރޭ ދެކުނު ކޮރެއާ އަށް ވަޑައިގެންފައެވެ.

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާ ހެދި ދެ ކޮރެއާ ސަރަހައްދުގެ މަޝްރަހް ވަނީ ހޫނުވެފައެވެ. އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ދާދިފަހުން ހުށަހަޅުއްވާފައިވާއިރު އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އޭރުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތައް ހުއްޓާލެވިދާނެ ކަމަށެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކަކީ އުތުރު ކޮރެއާ އިން ވަަރަށް ހިތްހަަމަ ނުޖެހޭ ކަމަކަށް ވަނީ ވެފައެެވެ. އެހެންނަމަވެސް ޗާއިނާއިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ވަނީ އިންކާރުކޮށްފައެވެ.

އުތުރު ކޮރެއާއިން ދާދިފަހުން ކުރި މިސައިލް ޓެސްޓްތަކާއި ގުޅިގެން ރައްދުގައި އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. އެމެރިކާ އިން ދެކުނު ކޮރެއާގައި ގާއިމު ކުރާ، ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް"، (ތާޑް) އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރާ ސިސްޓަމެެކެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު