Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު ދިރާސާކުރުން

އަންނަ އަހަރު އައު މަގާމުތައް ނުއުފައްދަން ރައީސް ވަނީ ނިންމަވާފައި: ފިނޭންސް މިނިސްޓަރު

9 ނޮވެމްބަރު 2026 | ހޯމަ 09:35

އަންނަ އަހަރުގެ ބަޖެޓުގައި މުސާރައާއި ސަބްސިޑީއަށް ބޮޑު ހޭދައެއް ކަނޑައަޅާފައިވާއިރު، ސަރުކާރުގެ އިދާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައި. މި އޮޑިޓުގެ ބޭނުމަކީ މުވައްޒަފުން ބޭނުންވާ މިންވަރު ދެނެގަނެ، އިތުރުވާ މުވައްޒަފުން ބޭނުންޖެހިފައިވާ އެހެން ދާއިރާތަކަށް ބަދަލުކޮށްގެން ޚަރަދު ކުޑަކުރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ނޮވެމްބަރު 2026 | ހޯމަ 09:35
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުން | މަޖިލިސް

އަންނަ އަހަރު އައު މަގާމުތައް ނުއުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހާމަކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، އަންނަ އަހަރު އައު މަގާމުތައް ނުއުފައްދަން ރައީސް ނިންމަވާފައިވާ ކަމަށާއި، ހަމައެއާ އެކު ރިޕްލޭސްމަންޓު ވެސް ހަމައެކަނި ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ނެގުމަށް ނިންމަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުސާރައާއި ދޭންޖެހޭ އިނާޔަތްތައް ދިނުމަށް 17.1 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. އަދި ހަމަ އެއާއެކު ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު މުވައްޒަފުން ހުރީ ކޮންމެހެން ބޭނުންވާ ވަރަށްތޯ ބެލުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަން ގުޅިގެން އެޗްއާރު އޮޑިޓެއް ކުރުމަށް ވިސްނަވާފައިވާ ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.

އެޗްއާރު އޮޑިޓުގެ ތެރެއިން މުވައްޒަފުން ބޭނުންވާ މިންވަރު ދެނެގަނެ، ބޭނުންވާ ވަރަށް ވަރަށް ގިނައިން މުވައްޒަފުން ތިބި ނަމަ، މުވައްޒަފުން ބޭނުންވާ އެހެން ދިމާލަކަށް ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި މި ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ. މި ބައްދަލުވުމުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވެ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި މުސާރައާއި ސަބްސިޑީއަށް ހަރަދުކުރާ އަދަދުތަކަށް ބަލާއިރު، އަންނަ އަހަރު މިއަހަރަށްވުރެ ވެސް މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ބޮޑެވެ.

ފިނޭންސް މިނިސްޓްރީޕޭ ކޮމިޝަންބަޖެޓް ދިރާސާ ކުރާ ކޮމިޓީހަސަން ޒަރީރު

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

08 ނޮވެމްބަރު 2026
އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"
06 ނޮވެމްބަރު 2026

ވޭމަންޑޫގެ އައު ހޮސްޕިޓަލް ވެގެންދާނީ މުޅި ސަރަހައްދަށް ވެސް އިތުބާރުހުރި އިމާރާތަކަށް: ކުވެއިތު ފަންޑު

06 ނޮވެމްބަރު 2026
ވޭމަންޑޫގެ އައު ހޮސްޕިޓަލް ވެގެންދާނީ މުޅި ސަރަހައްދަށް ވެސް އިތުބާރުހުރި އިމާރާތަކަށް: ކުވެއިތު ފަންޑު
05 ނޮވެމްބަރު 2026

ބަޖެޓް 2027: ބަޖެޓުގެ މަސައްކަތްތައް 2 ހަފްތާ ތެރޭގައި ނިންމުމަށް ފާސްކޮށްފި

05 ނޮވެމްބަރު 2026
ބަޖެޓް 2027: ބަޖެޓުގެ މަސައްކަތްތައް 2 ހަފްތާ ތެރޭގައި ނިންމުމަށް ފާސްކޮށްފި
04 ނޮވެމްބަރު 2026

ދައުލަތުގެ ޚަރަދު 38.99 ބިލިއަނަށް، މުސާރަ އަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް!

04 ނޮވެމްބަރު 2026
ދައުލަތުގެ ޚަރަދު 38.99 ބިލިއަނަށް، މުސާރަ އަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް!
01 ނޮވެމްބަރު 2026

ދައުލަތުގެ ޖުމްލަ ޚަރަދު 37.2 ބިލިއަނަށް، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެއް!

01 ނޮވެމްބަރު 2026
ދައުލަތުގެ ޖުމްލަ ޚަރަދު 37.2 ބިލިއަނަށް، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެއް!
29 އޮކްޓޯބަރު 2026

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026
މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު
29 އޮކްޓޯބަރު 2026

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ: ފިނޭންސް މިނިސްޓަރު

29 އޮކްޓޯބަރު 2026
އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ: ފިނޭންސް މިނިސްޓަރު
29 އޮކްޓޯބަރު 2026

އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު

29 އޮކްޓޯބަރު 2026
އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު
29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!
26 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް