Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2027

ބަޖެޓް 2027: ބަޖެޓުގެ މަސައްކަތްތައް 2 ހަފްތާ ތެރޭގައި ނިންމުމަށް ފާސްކޮށްފި

5 ނޮވެމްބަރު 2026 | ބުރާސްފަތި 12:52

އަންނަ އަހަރަށް ލަފާކުރާ 56.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރުމަށް ފިނޭންސް މިނިސްޓްރީ އާއި މިނިވަން މުއައްސަސާތަކާ ބައްދަލުކުރުމަށް ބަޖެޓު ކޮމިޓީން ވަނީ ނިންމާފައި. މި ބަޖެޓުގެ ބޮޑު ބައެއް ރިކަރަންޓް ޚަރަދަށް ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހިމަނާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 12:52
ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ބޭއްވި ފުރަތަމަ ބައްދަލުވުމުގެ ތެރެއިން

ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ބޭއްވި ފުރަތަމަ ބައްދަލުވުމުގެ ތެރެއިން | ރައްޔިތުންގެ މަޖިލިސް

2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ނޮވެންބަރު މަހުގެ 19 ގެ ކުރިން ނިންމުމަށް ފާސްކޮށްފި އެވެ. 

މި ނިންމުން ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގަ އެވެ. އެގޮތުން އެ ކޮމިޓީއިން ވަނީ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރާން ނޮވެންބަރު 9 ވަނަ ދުވަސް ކަނޑައަޅާފަ އެވެ.

Advertisement - newsAdvertisement

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓަރ ޖެނެރަލްއާއި ބައްދަލުކޮށް، ބަޖެޓާ މެދު ހިޔާލު ހޯދުމަށް މަޖިލީހަށް ހާޒިރު ކުރާނެ ދުވަހެއް ކަނޑައަޅާފައި ނުވެ އެވެ. 

ހަމައެއާއެކު، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ މިނިވަން މުއައްސަސާތަކާއި ބައްދަލުނުކޮށް ހަމައެކަނި ލިޔުމުން ހިޔާލު ހޯދުމަށް ހުށަހަޅާފަ އެވެ. އަދި އެ ކޮމިޓީއިން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވަނީ މިނިވަން މުއައްސަސާތައް ކޮމިޓީއަށް ހާޒިރުވެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހުށަަހަޅާފަ އެވެ. 

އެހެންކަމުން ކޮމިޓީއިން ވަނީ މެންބަރު ނާޒިލްގެ ހުށަހެޅުމަށް ވެސް ތާއިދުކޮށްފަ އެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް، ހަތްސަތޭކަ ނުވަދިހަ ފަސް ) ރުފިޔާގެ ބަޖެޓެއް ހުށަހަޅާފަ އެވެ. 

ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި އެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ކަމަށާއި، އަދި ތަރައްޤީގެ މަޝްރޫއުތަކާ އިންވެސްޓްމަންޓު ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނޭކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.

ބަޖެޓް 202720 ވަނަ ރައްޔިތުންގެ މަޖިލީސްފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

4

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

5

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2026

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު

05 ނޮވެމްބަރު 2026
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު
04 ނޮވެމްބަރު 2026

މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު

04 ނޮވެމްބަރު 2026
މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު
04 ނޮވެމްބަރު 2026

ދައުލަތުގެ ޚަރަދު 38.99 ބިލިއަނަށް، މުސާރަ އަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް!

04 ނޮވެމްބަރު 2026
ދައުލަތުގެ ޚަރަދު 38.99 ބިލިއަނަށް، މުސާރަ އަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް!
04 ނޮވެމްބަރު 2026

ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!

04 ނޮވެމްބަރު 2026
ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!
04 ނޮވެމްބަރު 2026

ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!

04 ނޮވެމްބަރު 2026
ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!
02 ނޮވެމްބަރު 2026

ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!

02 ނޮވެމްބަރު 2026
ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!
01 ނޮވެމްބަރު 2026

ދައުލަތުގެ ޖުމްލަ ޚަރަދު 37.2 ބިލިއަނަށް، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެއް!

01 ނޮވެމްބަރު 2026
ދައުލަތުގެ ޖުމްލަ ޚަރަދު 37.2 ބިލިއަނަށް، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެއް!
31 އޮކްޓޯބަރު 2026

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް

31 އޮކްޓޯބަރު 2026
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް
29 އޮކްޓޯބަރު 2026

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026
މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު
29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް