Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ދައުލަތުގެ ޖުމްލަ ޚަރަދު 37.2 ބިލިއަނަށް، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެއް!

1 ނޮވެމްބަރު 2026 | އާދީއްތަ 08:02

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ އާމްދަނީ 5.6 އިންސައްތަ އިތުރުވި ނަމަވެސް، ސަބްސިޑީ އާއި އާސަންދަ ފަދަ ރިކަރަންޓް ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ޖުމްލަ ބަޖެޓު ވަނީ 3.85 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ ފަދަ ޓެކްސްތަކުން ލިބުނު ފައިސާ އިތުރުވުން. މީގެ އިތުރުން، ބިން ހިއްކުމާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ކެޕިޓަލް ޚަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ނޮވެމްބަރު 2026 | އާދީއްތަ 08:02
ކެބިނެޓުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި ވަޒީރުން

ކެބިނެޓުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި ވަޒީރުން | ރައީސް އޮފީސް

22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ވާ ގޮތުން 22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 32.00 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

Advertisement - newsAdvertisement

މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ، 2.08 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު 89.7 އިންސައްތަ އިތުރު ވެފައި ވެ އެވެ. އަދި އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު ވެސް ވަނީ 1.69 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިތުރު ޚަރަދުތަކަށް ބަލާއިރު، ސަބްސިޑީއަށް ކުރި ޚަރަދު 58.6 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދަ ޚަރަދު ވަނީ 1.94 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ. މުސާރަ އާއި ޕެންޝަނަށް ކުރި ޚަރަދު 12.05 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ.

22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވީ ނަމަވެސް، ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ. 

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އަކީ ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ބާވަތެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 5.7 އިންސައްތަ އިތުރުވެ، 8.87 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6 އިންސައްތަ އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފަ އެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.8 އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އިމްޕޯޓް ޑިއުޓީ 11.0 އިންސައްތަ އިތުރުވެ 2.82 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ވެސް ވަނީ ކުރިއެރުން ލިބިފަ އެވެ. ނަމަވެސް، ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފަ އެވެ.

ފިނޭންސް މިނިސްޓްރީޓީ-ޖީ.އެސް.ޓީގްރީން ޓެކްސްޖީޖީއެސްޓީދައުލަތުގެ ޚަރަދު

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!
26 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި
21 އޮކްޓޯބަރު 2026

ރިކަރަންޓް ޚަރަދު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަނަށް، މުސާރަ އާއި އިނާޔަތްތަކަށް 5.56 ބިލިއަން ރުފިޔާ!

21 އޮކްޓޯބަރު 2026
ރިކަރަންޓް ޚަރަދު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަނަށް،  މުސާރަ އާއި އިނާޔަތްތަކަށް 5.56 ބިލިއަން ރުފިޔާ!
21 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް

21 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް
07 އޮކްޓޯބަރު 2026

އޮކްޓޫބަރު 1 ގެ ނިޔަލަށް ދައުލަތުގެ ޚަރަދު 35.4 ބިލިއަނަށް އަރައިފި، އެންމެ ބޮޑު ޚަރަދެއް މުސާރައަށް!

07 އޮކްޓޯބަރު 2026
އޮކްޓޫބަރު 1 ގެ ނިޔަލަށް ދައުލަތުގެ ޚަރަދު 35.4 ބިލިއަނަށް އަރައިފި، އެންމެ ބޮޑު ޚަރަދެއް މުސާރައަށް!
05 އޮކްޓޯބަރު 2026

ޖީއެސްޓީ ބަދަލުތައް ތަންފީޒުކުރަން ފެށިތާ 3 ދުވަސްތެރޭ ޤާނޫނު ބަދަލުކުރަން އުޅުމުން ފެންނަނީ ރައީސްގެ ނިންމުންތަކުގެ ދެކޮޅު ނުޖެހޭ މިންވަރު: ސޯލިހު

05 އޮކްޓޯބަރު 2026
ޖީއެސްޓީ ބަދަލުތައް ތަންފީޒުކުރަން ފެށިތާ 3 ދުވަސްތެރޭ ޤާނޫނު ބަދަލުކުރަން އުޅުމުން ފެންނަނީ ރައީސްގެ ނިންމުންތަކުގެ ދެކޮޅު ނުޖެހޭ މިންވަރު: ސޯލިހު
03 އޮކްޓޯބަރު 2026

އެލްޖީއޭއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްފި

03 އޮކްޓޯބަރު 2026
އެލްޖީއޭއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްފި
17 ސެޕްޓެމްބަރު 2026

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި

17 ސެޕްޓެމްބަރު 2026
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި
17 ސެޕްޓެމްބަރު 2026

އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް ދައްކައިފި

17 ސެޕްޓެމްބަރު 2026
އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް ދައްކައިފި
05 ސެޕްޓެމްބަރު 2026

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އަނެއްކާވެސް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

05 ސެޕްޓެމްބަރު 2026
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އަނެއްކާވެސް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް