Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ

8 ނޮވެމްބަރު 2026 | އާދީއްތަ 08:09

ގައުމު ސަލާމަތްކުރުމަށްޓަކައި ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު މޮސްޓާ ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައި. ރައީސް މުއިއްޒާއި ބައެއް ވަޒީރުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވަމުން، ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމުގެ ތުހުމަތުތަކާއެކު އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް އޭނާ ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 8 ނޮވެމްބަރު 2026 | އާދީއްތަ 08:09
"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވާހަކަ ދައްކަވަނީ

"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހޭ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނެ ކަމަށާއި، މި ގައުމު ވެއްޓޭ ކޮންމެ އަނދަވަޅަކުން ސަލާމަތްކުރާނީ ދިވެހި ދަރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ، ރާއްޖެ ތާރީޚުގައި ވެއްޓުނު ކޮންމެ އަނދަވަޅަކުން ވެސް ގައުމު ސަލާމަތްކޮށްދިނީ ބޭރު ބައެއް ނޫން ކަމަށާއި، މި ގައުމަށް އުފަން ދިވެހި ދަރިން ކަމަށެވެ. އަދި މިފަހަރު ވެސް މި ހާލަތުން ގައުމު ސަލާމަތްކުރާނީ ހަމަ ދިވެހީން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މޮސްޓާ ވިދާޅުވީ ގައުމު ސަލާމަތްކުރުމަށް މިއަދު ވެސް އަދި މާދަމާ ވެސް މޭ އައްޑަނައަކަށް ދިއްކުރަން ޖެހޭނަމަ އެކަން ކުރަން ދިވެހި ދަރިން ތިބީ ތައްޔާރަށް ކަމަށެވެ.

މިއަދުވެސް، މާދަމާވެސް މޭ އައްޑަނައަކަށް ދިއްކުރަން ޖެހިއްޖެއްޔާ، އައްޑަނައަކަށް ދިއްކޮށްގެން ވެސް މި ގައުމު ސަލާމަތްކުރަން، ރަސްމާލެ ހުއްޓުވަން ޖެހިއްޖެއްޔާ، އެ ޕްރޮޖެކްޓު ހުއްޓުވަން ފަތާފައިވިޔަސް އެ ތަނަށް ގޮސްގެން އެކަން ކުރާނެ
މުހައްމަދު ނަޝީދު އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި މޮސްޓާ ވިދާޅުވީ، ވެރިކަން ނިމުމަކަށް އަންނަން ގިނަ ދުވަހެއް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒު ގާނޫނާއި އިންސާފުގެ ކުރިމައްޗަށް ގެނެސް، ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މޮސްޓާ ވަނީ ރައީސް މުއިއްޒުގެ އިތުރުން ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ ނަން ފާހަގަކުރައްވައި، ގައުމަށް ގައްދާރުވާ ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ސަރަހައްދުގެ ބިންތައް ބޭރުގެ ޒަޔަނިސްޓުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ވިއްކާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، އެފަދަ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒުމުހައްމަދު ނަޝީދު އަބްދުﷲރަސްމާލެ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް

08 ނޮވެމްބަރު 2026
މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް
08 ނޮވެމްބަރު 2026

ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް

08 ނޮވެމްބަރު 2026
ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް
08 ނޮވެމްބަރު 2026

މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

08 ނޮވެމްބަރު 2026
މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
08 ނޮވެމްބަރު 2026

މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން

08 ނޮވެމްބަރު 2026
މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން
07 ނޮވެމްބަރު 2026

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

07 ނޮވެމްބަރު 2026
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!
07 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ

07 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ
07 ނޮވެމްބަރު 2026

އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް

07 ނޮވެމްބަރު 2026
އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް
06 ނޮވެމްބަރު 2026

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

06 ނޮވެމްބަރު 2026
ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!
06 ނޮވެމްބަރު 2026

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު

06 ނޮވެމްބަރު 2026
ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު
06 ނޮވެމްބަރު 2026

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

06 ނޮވެމްބަރު 2026
ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް