Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންނާއި ފުލުހުން

މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް

8 ނޮވެމްބަރު 2026 | އާދީއްތަ 07:25

ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލެމުންދާއިރު ސަލާމަތީ ބާރުތަކުން ހަނުތިބޭތީ މާޒް ސަލީމް ވަނީ އެ ފަރާތްތަކުގެ އީމާންތެރިކަމާ މެދު ސުވާލު އުފައްދަވައި ފާޑުވިދާޅުވެފައި. ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިކުރުވަން އުޅޭކަމަށް ތުހުމަތުކުރައްވައި، ވެރިކަން ބަދަލުވުމުން ސިފައިންނާއި ފުލުހުންގެ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 8 ނޮވެމްބަރު 2026 | އާދީއްތަ 07:25
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާއިރު ސަލާމަތީ ބާރުތަކުން ބަލަން ތިބެގެން ނުވާނެ ކަމަށާއި، ވެރިކަން ބަދަލުކުރުމަށްފަހު ސިފައިންނާއި ފުލުހުންގެ އިސްވެރިން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ހަރަކާތުގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލެމުންދާއިރު ސިފައިންނާއި ފުލުހުންގެ އީމާންތެރިކަމާ މެދު ސުވާލު އުފައްދަވައި، އެ ފަރާތްތަކުގެ އަމަލުތަކާ މެދު ރައްޔިތުން ކަންބޮޑުވެ ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.

މާޒް ސަލީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލެމުން ދަނީ ފައިސާ އާއި ރިޝްވަތުގެ ސަބަބުން ކަމަށެވެ.

ފުލުހުންނާ ސިފައިން މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާއިރު، އަޅުގަނޑު ހިތަށްއަރާ މިއަދު ފުލުހުންނާ ސިފައިންގެ އީމާންތެރިކަމާ މެދު ކޮބައިތޯއޭ ފުލުހުންނާއި ސިފައިންގެ އީމާންތެރިކަމަކީ؟ މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން މި ދަނީ، ފައިސާއަށް މި ދަނީ، ގެއްލިގެން، ރިޝްވަތަށް ގެއްލިގެން މި ދަނީ. މި ދާއިރުގައި އަޅުގަނޑު ހިތަށްއަރަނީ ފުލުހުންނާއި ސިފައިންގެ އީމާންތެރިކަމަކީ ކޮބައިތޯއޭ؟ މިއަދު ތިޔަބޭފުޅުން ހީކުރައްވަނީތޯ ތިޔަބޭފުޅުންނަށް ރިޒުޤު ދެއްވަނީ މުއިއްޒު ކަމަށް؟ ނޫން، އެހެނެއް ނޫން. ﷲ ސުބްޙާނަހޫ ވަތަޢާލާ ރިޒުގު ދެއްވަނީ
އަހުމަދު ސަލީމް 

މީގެއިތުރުން މާޒް ސަލީމް ވިދާޅުވީ، ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަނީ ރާއްޖޭގެ ފަސްގަނޑުގައި ޒަޔަނިސްޓުން ވަޒަންވެރި ކުރުވައި، ގައުމު އަޅުވެތިކުރުމަށް ކަމަށެވެ.

ތިޔަބޭފުޅުންގެ އީމާންތެރިކަމާ މެދުގައި އަޅުގަނޑުމެން މި ޤައުމުގެ ދިވެހި ރައްޔިތުން މިއަދު ކަންބޮޑުވެދޭ، ޝައްކުވެދޭ. ތިޔަބޭފުޅުންގެ އީމާންތެރިކަމާ މެދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ފަސްގަނޑުގައި ސަޔަނިސްޓުން ވަޒަންވެރިކުރުވަން ގެނެސް ގެނެސް، ތާއަބަދަށް މި ޤައުމު އަޅުވެތިކުރުމަށް ފާޅުގައި މަސައްކަތް ކުރަމުން ގޮސް، މި މަހުގެ 17 ވަނަ ދުވަހުގެ ފަހުން އަޅުގަނޑުމެން އަޅުވެތިކުރަން ނިންމާފައި އޮތް ހާލަތުގައިވެސް ތިޔަބޭފުޅުން ތި ތިއްބަވަނީ ބީރު ކަންފަތެއް ދެއްވައިގެން
އަހުމަދު ސަލީމް 

މާޒް ސަލީމް ވިދާޅުވީ މާތް ﷲ ގެ އިރާދަފުޅާއެކު މި ވެރިކަން ބަދަލުކުރާނެ ކަމަށާއި، އޭގެ ފަހުން އަސްކަރިއްޔާ އާއި ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ. އަދި އެ ޝަރީއަތްތައް ހިންގުމަށްފަހު އެ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

ރާއްޖޭގައި ހިނގާފައި ހުރި އެކިއެކި ވައްކަންތަކާއި ނޭދެވޭ ކަންކަމުގައި ރައްޔިތުން އަޅާނުލާ ދޫކޮށްނުލާނެ ކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދަށް ގެއްލިގެންދާއިރު ދިވެހި ރައްޔިތުން މިފަހަރު އެކަން ދޫކޮށްނުލާނެ ކަމަށެވެ. 

މާޒް ސަލީމްސިފައިންނާއި ފުލުހުންރަސްމާލެއީގަލް ހިލްސް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

5

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް

08 ނޮވެމްބަރު 2026
ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް
08 ނޮވެމްބަރު 2026

މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން

08 ނޮވެމްބަރު 2026
މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން
07 ނޮވެމްބަރު 2026

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

07 ނޮވެމްބަރު 2026
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!
07 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ

07 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ
07 ނޮވެމްބަރު 2026

އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް

07 ނޮވެމްބަރު 2026
އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް
06 ނޮވެމްބަރު 2026

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު

06 ނޮވެމްބަރު 2026
ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު
06 ނޮވެމްބަރު 2026

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

06 ނޮވެމްބަރު 2026
ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
06 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

06 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
05 ނޮވެމްބަރު 2026

ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ

05 ނޮވެމްބަރު 2026
ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ
05 ނޮވެމްބަރު 2026

މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު

05 ނޮވެމްބަރު 2026
މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް