Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

7 ނޮވެމްބަރު 2026 | ހޮނިހިރު 14:10

ރަސްމާލެ މަޝްރޫއުގެ ދަށުން 99 އަހަރަށް ބިން ދޫކުރުމާއި އެ ސަރަހައްދުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއް ލީކުވުމާ ގުޅިގެން ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ. މި މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާއިރު، މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ސިޔާދަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ނޮވެމްބަރު 2026 | ހޮނިހިރު 14:10
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު މުއްތަލިބް، ބަންޑާރަ ނައިބު އުޝާމް އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު މުއްތަލިބް، ބަންޑާރަ ނައިބު އުޝާމް އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރު | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ގައުމީ ސިޔާދަތާއި، އަދި އެންމެ މުހިންމު ގޮތެއްގައި ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ރަސްމާލެ މަޝްރޫއާ ގުޅޭ ހަގީގަތްތަކަކީ މި ސަރުކާރުން ރައްޔިތުންގެ ލޯމަތިން ސިއްރުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ބޮޑު ޖަރީމާއެއްކަން ދަނީ ތަކުރާރުކޮށް ފާޅުވަމުންނެވެ. ރަސްމާލެ ފަދަ ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް، ވަކިން ޚާއްސަކޮށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމުގައި ސަރުކާރުން ގެންގުޅެފައިވާ އޮޅުވާލުންތަކުން ފުރިގެންވާ ސިޔާސަތުތައް މިހާރު މިދަނީ ލީކުވެފައިވާ އޯޑިއޯތަކެއްގެ ސަބަބުން ހާމަވެފަ އެވެ.

މި މަޝްރޫއާ ބެހޭގޮތުން އާންމުވެފައިވާ ޚަބަރުތަކާއި ލީކުވެފައިވާ އޯޑިއޯތަކުން ދައްކައި ދެނީ، ސަރުކާރުން ރައްޔިތުންނަށް އެންމެ ކުދިކުދި ކަންކަމުގައި ވެސް އޮޅުވާލަމުންދާ ކަމެވެ. ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ލީކުވި އޯޑިއޯތަކުން ހާމަވެފައިވާގޮތުގައި، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ރަސްމާލެ އިން ދޫކުރާ ބިންތަކާއި މިލްކުވެރިކަން ދޭނީ 99 އަހަރުގެ އައު ކުރެވޭ ލީޒްގެ ދަށުންކަމަށް ވިދާޅުވެފަ އެވެ. މިއީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުން ބޭރުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީ ސިފައެއްގައި ނުވަތަ ދިގު މުއްދަތަކަށް ދޫކޮށްލުމަށް ސަރުކާރުން ފަހިކޮށްދެމުންދާ ނުރައްކާތެރި މަގުކަން ހާމަވެ އެވެ.

މީގެއިތުރުން، އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ދެއްކެވި ވާހަކަތަށް ކަމަށް ބުނާ ލީކުވެފައިވާ އެހެން އޯޑިއޯއަކުން ވަނީ ރަސްމާލެ ސަރަޙައްދުގައި ހަދާ ހޮޓާތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދެވޭނެކަން ހާމަވެފަ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމާ ގުޅިގެން ދައްކަވާފައިވާ ވާހަކަތަކާ މުޅިން އިދިކޮޅު ވާހަކަތަކެކެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ރަސްމާލެ މަޝްރޫއުގެ އެއްވެސް ތަނެއްގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

އެގޮތުން މީގެ ކުރިން ރައީސް އޮފީހުން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރަސްމާލޭގައި ރަލުގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިސޯޓުތަކުގައި އޮންނަ މިނިވަންކަމަށް ވުރެ ވެސް އެތަނުގެ އުސޫލުތައް ހަރުކަށިވާނެ ކަމަށެވެ. އަދި އެތަނުގައި ރަލެއް ނުވިއްކޭނެ ކަމަށާއި، ރަލެއް ނުބޮވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރަސްމާލޭގައި ރާ ނުބޮވޭނެ ކަން ގާނޫނުގައި ލިޔެގެން ކަށަވަރު ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ އެތަނަށް މުޅިންހެން އަންނާނީ މުސްލިމުން ކަމަށާއި، އެ ނޫން ގޮތަކަށް އުޅެން އެތަނަށް ބަޔަކު ނާންނާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ އެންމެ އިސްވެރިންގެ ދުލުން ސިއްރިޔާތުގައި ދެކެވިފައިވާ މިފަދަ ވާހަކަތަކުން ސަރުކާރުގެ ވާޙަކަތަކަކީ، ޚާއްސަކޮށް، ރައީސް މުއިއްޒު މިކަމުގައި ދައްކަވަމުން ދާ ވާހަކަތަކަކީ އެއްވެސް ވަރަކަށް އިތުބާރު ހުރި ވާޙަކަތަކެއް ނޫންކަން މި ވަނީ ހާމަވެފަ އެވެ. 

މި އެއްބަސްވުމުގެ އަނދިރި ފަރާތްތަކަށް އަލިއޅުވާލަމުން އިގްތިސާދީ އަދި ގާނޫނީ މާހިރުން ފާހަގަ ކުރައްވާފައިވާ ގޮތުގައި، މި ޑީލަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އަގުނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެކެވެ. 500 ހެކްޓަރަށްވުރެ ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް އެއްވެސް ބިޑްކުރުމެއް ނެތި ހަވާލުކޮށްފައިވާއިރު، ދިވެހި ދައުލަތަށް މީގެން ލިބޭނެ މާލީ ފައިދާއެއް ވެސް ހަގީގަތުގައި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ސަރުކާރަށް ލިބެން އޮތް ކަމަށް ބުނަނީ ވިޔަފާރި އިމާރާތްތަކުން ލިބޭ އާމްދަނީގެ 10 އިންސައްތައާއި އެޕާޓްމަންޓް ވިއްކުމުން ލިބޭ އާމްދަނީގެ 4 އިންސައްތަ އެވެ. މިއީ ގައުމުގެ އެންމެ އަގުބޮޑު އެއް ބިން ބޭރުގެ ބާރުތަކަށް ނުވަތަ ފަރާތްތަކަށް ހިލޭދިނުން ފަދަ ކަމަކަށް ވާއިރު މި އެއްބަސްވުން ހާމަކުރުމަށް ތަކުރާރުކޮށް ރައްޔިތުން ގޮވާލަމުންދިޔަ ނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުންދަނީ މިކަން އާންމުންނަށް ސިއްރުކޮށްގެން، ވީހާވެސް އަވަހަކަށް ކަންކަން ނިންމާލުމަށެވެ.

އެއްބަސްވުމުގައިވާ އަސްލު ޝަރުތުތަކާއި، ބޭރުގެ މީހުން އާބާދުވުމުން އަންނާނެ ނަތީޖާތަކާއި، ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއަށް އަތުވެދާނެ ޖިނާއީ އަދި އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރިކަން ސަރުކާރުން މުޅިން ފޮރުވަމުން ސަރުކާރުން ދަނީ އެކަމުގެ އަޑީގައި ސިއްރު ބޮޑު އެޖެންޑާ އެއް އޮތުމުން ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު މިއަދު އެބަ އޮތެވެ. 99 އަހަރަށް ބިން ދޫކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އެ ސަރަހައްދުގައި ވަކި ދީންތަކަށް އަޅުކަންކުރާ ތަންތަން ހެދުމާއި، ބޭރުގެ މީހުންގެ އަމިއްލަ ގާނޫނީ އޮނިގަނޑުތައް ގާއިމުކުރުމަށް މަގުފަހިވެ، ދިވެހިވަންތަކަމާއި އިސްލާމީ ވަޙްދަތު މުޅިން ނެތިގެންދާނެ ކަމެކެވެ. މި ސަރުކާރުން ރަސްމާލެ މަޝްރޫޢު ސިއްރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ސިޔާދަތު ނުރައްކަލުގެ ތެރެއަށް ވައްޓާލައި، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާތަކެއް ހޯދުމަށް ހިންގާ ބޮޑު ޖަރީމާއެއްކަން ރައްޔިތުންނަށް ދަނީ ތަކުރާރު ކޮށް ސާބިތުވަމުންނެވެ. 

އީގަލް ހިލްސްޑރ. އަބްދުﷲ މުއްތަލިބުޑރ. މުހައްމަދު މުއިއްޒުރަސްމާލެއަހްމަދު އުޝާމް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ

07 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ
07 ނޮވެމްބަރު 2026

އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް

07 ނޮވެމްބަރު 2026
އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް
06 ނޮވެމްބަރު 2026

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

06 ނޮވެމްބަރު 2026
ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!
06 ނޮވެމްބަރު 2026

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު

06 ނޮވެމްބަރު 2026
ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު
06 ނޮވެމްބަރު 2026

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

06 ނޮވެމްބަރު 2026
ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
06 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

06 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
05 ނޮވެމްބަރު 2026

ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

05 ނޮވެމްބަރު 2026
ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
05 ނޮވެމްބަރު 2026

ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ

05 ނޮވެމްބަރު 2026
ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ
05 ނޮވެމްބަރު 2026

މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު

05 ނޮވެމްބަރު 2026
މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް