Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

6 ނޮވެމްބަރު 2026 | ހުކުރު 10:00

ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް ދޫކުރާ ބިންތަކުގެ ލީސް މުއްދަތު، ކޮންމެ ފަހަރަކު 99 އަހަރަށް އައުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި އުސޫލު ކަނޑައެޅީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށާއި ތަންތަނުގެ އަގު ހިފެހެއްޓުމަށް. ނަމަވެސް، ރާއްޖޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ފަރާތްތަކަށް މިގޮތަށް ލިބޭތީ އާންމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 6 ނޮވެމްބަރު 2026 | ހުކުރު 10:00
މިނިސްޓަރު މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު ސަލާމްކުރައްވަނީ

މިނިސްޓަރު މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު ސަލާމްކުރައްވަނީ | ރާއްޖެ އެމްވީ

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ އެވެ. 

މިނިސްޓަރު މުއްތަލިބު މިފަދައިން ވިދާޅުވާ އޯޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެގޮތުން، މި އޯޑިއާތަކަކީ ސައްހަ އޯޑިއޯތަކެއް ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުވެފަ އެވެ. 

Advertisement - newsAdvertisement

މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ކުއްޔަށް ދޫކޮށްފައިވަނީ 99 އަހަރުގެ މުއްދަތަށެވެ. އަދި އިންވެސްޓަރުން އެ ކުންފުނީގެ އަތުން މި މިލްކިއްޔާތުތައް ގަންނަމުންދާއިރު، އެއް އިންވެސްޓަރަކު އަނެއް އިންވެސްޓަރަކަށް މި މުދާ ވިއްކާލާ ހާލަތްތަކުގައި، ސަރުކާރާއެކު ވެވޭ ހާއްސަ އިންތިޒާމެއްގެ ދަށުން އަލަށް ގަންނަ ފަރާތަށް އަލުން 99 އަހަރުގެ ލީސް މުއްދަތެއް ލިބިގެންދާނެ އެވެ.

މި އުސޫލު މިގޮތަށް ކަނޑައަޅާފައިވަނީ ވަގުތު ފާއިތުވަމުންދާ ވަރަކަށް އެ ތަންތަނުގެ އަގު ދަށްވިޔަނުދީ ހިފެހެއްޓުމަށް ކަމަށާއި، މިފަދަ އިންތިޒާމެއް ނެތް ނަމަ، އިންވެސްޓް ކުރާ ފަރާތްތަކުން އެފަދަ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ފަސްޖެހޭނެ ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ. 

އެހެންވީމަ އެގޮތަށް 99 އަހަރު ގާނޫނު އަސާސީގައި އެ ބުނާ 99 އަހަރުގެ މެކޭނިޒަމް ގެނެވޭނީ ކިހިނެއްތޯ ބަލާނީ. މިހާރު މި އޮންނަ ގޮތަކީ ޓޫރިޒަމްގައި 99 އަހަރު ހަމަ ވީމަ ސަރުކާރަށް އޮންނަނީ ދެ އޮޕްޝަން އެއް އޮޕްޝަންއަކީ ސަރުކާރުން އެތާ ހުރި ހުރިހާ މުދަލަކަށް ބަދަލު ދީފައި ނެގުން. ކިހިނެއްތޯ ހަންޑްރެޑްސް އޮފް މިލިއަންސް އޮފް ޑޮލާރސްގެ ޕްރޮޕަޓީއެއް ސަރުކާރުން ބަދަލު ދީފައި ނަގާނީ. ދެން އޮތީ ބަދަލު ނުދެވޭ ކަމުގައި ވަންޏާ ސަރުކާރުން ބިޑު ކޮށްފައި އެތަން ނަގާ ބަޔަކު އެތަނަށް ބަދަލު ދިނުން އަނެއް ގޮތަކީ މިހާރު އޮންނަ ގޮތަށް އޭނައަށް އިކުއިޒިޝަން ކޯސްޓް ދީފައި ލީސް އައުކޮށްގެން ކުރިއަށް ގެންދިޔުން 
އަބްދުﷲ މުއްތަލިބު

މީގެ އިތުރުން، ރަސްމާލެއިން ގަނެފައިވާ ޕްރޮޕަޓީއެއްގެ މިލްކުވެރިކަން ބަދަލުކުރާއިރު ސަރުކާރަށް 'ޔެސް އޯ ނޯ' ބުނުމުގެ ބާރު އޮންނާނެ ކަމަށާއި، ސަރުކާރުގެ ހުއްދައެއް ނެތި އެއްވެސް ޓްރާންސްފާއެއް ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.    

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެއިން ބޮޑު ބައެއް ބޭރުގެ ފަރާތްތަކަށް ލިބޭތީ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން އަދި ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

ޑރ. އަބްދުﷲ މުއްތަލިބުރަސްމާލެއީގަލް ހިލްސްމޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ

އެންމެ ހިނގާ

1

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

2

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

3

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

4

އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް

5

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

06 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
05 ނޮވެމްބަރު 2026

ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ

05 ނޮވެމްބަރު 2026
ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ
05 ނޮވެމްބަރު 2026

މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު

05 ނޮވެމްބަރު 2026
މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި
04 ނޮވެމްބަރު 2026

އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން

04 ނޮވެމްބަރު 2026
އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
03 ނޮވެމްބަރު 2026

ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން

03 ނޮވެމްބަރު 2026
ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް