Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު

6 ނޮވެމްބަރު 2026 | ހުކުރު 12:26

ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާއި އަމަލީ މަސައްކަތްތަކާ ދިމާނުވާތީ، ސަރުކާރުގެ ސިޔާސަތުތަކަށް އިތުބާރު ކުރަން ދަތިވެފައިވާ ކަމަށް މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. ރަސްމާލެ މަޝްރޫއަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާއިރު، އެކަމުގައި ގެންގުޅުއްވާ އޮޅުންބޮޅުން ބޮޑު ވާހަކަފުޅުތަކުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން އޭނާ ފާހަގަކުރެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ނޮވެމްބަރު 2026 | ހުކުރު 12:26
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނަނީ ހިކަނދީގެ ވިސްނުން ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް ވާހަކަފުޅު ދައްކަވަނީ ދެ އިރު ދެ ގޮތަށް ކަމަށެވެ. ފުރަތަމަ ދައްކަވާ ވާހަކަފުޅާއި އޭގެ ފަހުން ދައްކަވާ ވާހަކަފުޅު ދިމާނުވާ ކަމަށާއި ރަސްމާލެ ތަރައްގީ ކުރުމުގައި ވެސް އަދި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ވެސް އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ދިމާނުވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ރައީސުލްޖުމްހޫރިއްޔާ ހީފުޅުކުރައްވަނީ ކަންނޭނގެ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ. ކަންކަން ހަނދާންވުމުގައި. 7 ދުވަސްތެރޭގައި ހަނދާން ނެތޭނެ އޭ. ނޫން ނޫން. ރައްޔިތުންނެއް ހަނދާނެއް ނުނެތޭނެ. ފުރަތަމަ ރަސްމާލޭގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން ރައީސް ދެއްވި ތަގުރީރުގައި ވިދާޅުވީ ތިމަންނަމެން ދެން ބިއްލޫރި ޓަނަލެއްގެ ބިއްދޮށުންނޭ، ޗެނަލެއްގެ ތެރެއިންނޭ މާލެއާ ގުޅުވާލާނީ. އެޓަނަލްގެ ވާހަކައެއް މިހާރު ނުވެސް ދެއްކޭ
އިސްމާއީލް ޒަރިޔަންދު

އޭގެ ފަހުން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ވަނީ ރާއްޖޭގައި އެކަން ކުރުމުގެ ގާބިލުކަމެއް ނެތް ކަމަށް ވިދާޅުވެފައިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، މިިނިސްޓަރު ވިދާޅުވި ގޮތުގައި ފުންމިން ވެސް ނޭނގޭ ވާދޫ ކަނޑު ހުރަސްކޮށް އެފަދަ ޓަނަލެއް އެޅުމުގެ ގާބިލުކަން ވެސް އެ ޓެކްނޮލޮޖީ ވެސް ދުނިޔޭގައި ނެތް ކަމަށެވެ. 

ރައީސް ވާހަކަފުޅެއް ދައްކަވާނަމަ، އެ ވާހަކަފުޅު އަބަދުވެސް އަންނާނީ ކުރިން ދެއްކެވި ވާހަކަފުޅު ނަފީކުރުމަށްފަހުގައި ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ. އޭގެ ސަބަބުން މިއަދު އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ދިވެހި ރައްޔިތުންނަށް ގަބޫލުކުރަން އުނދަގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރު އެ ހިސާބު ދައްކާގޮތުން ރާއްޖޭގެ ޓޫރިޒަމް އާމްދަނީގެ މައިގަނޑު އާމްދަނީ ލިބޭނީ އެތަނަށް ކަމާއި އެތަނުން 12 ބިލިއަން ނުވަތަ 20 ބިލިއަން ލިބޭނީ އެތަނަށް ކަމާއި އެހެން ވިދާޅުވާ އިރު ރައީސް އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ރައްޔިތުންގެ ވަސީލަތާއި ފައިސާ އިން އެތަނަށް މިހާތަނަށް ޚަރަދު ކޮށްފައި ހުރި ގާތްގަނޑަކަށް ބިލައަނަކާ ގާތްކުރާ އަދަދަށް ޔޫއެސް ޑޮލަރު އެތަނަށް އަޅާފައިވީ. އެތަނަށް އެންމެ މަދުވެގެން 700 އާއި 1 ބިލިއަނާ ދޭތެރޭގެ ޔޫއެސް ޑޮލަރު އެތަނަށް އަޅާފައިވެއްޖެ. އަދި އެއާ އެކީގައި އެތަން ހިއްކުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން ނަގާފައި ހުރި ލޯނުތަކަށް އަހަރެއްގެ މައްޗަށް 22 އަށް މިލިއަން ޔޫއެސް ޑޮލަރު އިންޓްރެސްޓްގެ ގޮތުގައި ކުރިއަށް މިއޮތް 3 އަހަރުގެ ތެރޭގައި ދައްކަން ޖެހޭނެ
އިސްމާއީލް ޒަރިޔަންދު

ކޮންމެ ކަމެއްގައި ވެސް ފެންނަނީ އެމަނިކުފާނުގެ ވާހަކައާއި ކަން ހިނގާ ގޮތް ދިމާނުވާ މަންޒަރު ކަމަށާއި، މިއަދު ރަސްމާލެ މައްސަލައިގައި ރައްޔިތުން ކަންބޮޑުވެގެން އުޅޭއިރު، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން ހާމަކުރަންވީ ނޫންތޯ ޒަރިޔަންދު ސުވާލު އުފެއްދެވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުއިސްމާއީލް ޒަރިޔަންދުއީގަލް ހިލްސް

އެންމެ ހިނގާ

1

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

2

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

3

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

06 ނޮވެމްބަރު 2026
ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
06 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

06 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
05 ނޮވެމްބަރު 2026

ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

05 ނޮވެމްބަރު 2026
ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
05 ނޮވެމްބަރު 2026

މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު

05 ނޮވެމްބަރު 2026
މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި
04 ނޮވެމްބަރު 2026

ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން

04 ނޮވެމްބަރު 2026
ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން
04 ނޮވެމްބަރު 2026

އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން

04 ނޮވެމްބަރު 2026
އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް