Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް

22 އޮކްޓޯބަރު 2026 | ބުރާސްފަތި 13:20

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ފަހަކަށް އައިސް ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. މި މައްސަލަ ބޮޑުވީ މަގު ހެދުމުގެ މަސައްކަތަށް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕުތައް ނެގުމުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއިރު، މުޅި ނިޒާމު ހަރުދަނާކޮށް އެއް ފުރާޅެއްގެ ދަށުން ބެލެހެއްޓުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 13:20
ބުދަ ދުވަހުގެ ރޭ މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފިހާރައަކަށް ފެން ވަންނާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ

ބުދަ ދުވަހުގެ ރޭ މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފިހާރައަކަށް ފެން ވަންނާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ | ރާއްޖެއެމްވީ

ކުރާނީ ކީއްހެއްޔެވެ. ހަނދާން ނުކުރާން އުޅުނަސް ހަމަ ހަނދާން ވަނީ އެވެ. ނުވިސްނާން އުޅުނުސް އެކަމާމެދު ވިސްނަންނެސް ވިސްނަނީ އެވެ. ކުރީގެ ހައުސިން މިނިސްޓަރު ވިދާޅު ގޮތައް އެހަނދާން ނައްތާލެވޭތޯ އުޅެއުޅެވެސް ނުވި އެވެ.

އެއީ 2015 ވަނަ އަހަރުގެ އޮގސްޓްމަހުގެ 31 ވަނަ ދުވަހެވެ. ކުރީގެ ހޯމް މިނިސްޓްރީން ބޭއްވި ވަރުގަދަ ޕްރެސް ކޮންފަރެންސެކެވެ. މާލޭގެ ރައްޔިތުން ތަހައްމަލް ކުރަމުންދިޔަ ބޮޑު ތަކްލީފަކުން ސަލާމަތް ކޮށްދެވިއްޖެކަން އޭރުގެ ހޯމް މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީތީ އެވެ.

ހައުސިން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެދުވަހު ޑރ. މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ (2014 ވަނަ އަހަރުގެ) ޑިސެމްބަރު މަހާއި ހަމައަށް މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ރައްޔިތުންނަށް އުނދަގުލަކަށް ވެފައިވާ ކަމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ، ހައުސިން މިނިސްޓުރީގެ މުވައްޒަފުންނާއި އެމްއާރުޑީސީގެ މުވައްޒަފުން ގުޅިގެން މާލޭގެ މަގުތަކުގެ ކާނުތައް އެއްކޮށް ސާފުކޮށްފައިވާނެ ކަމަށެވެ.

"އޭގެ ސަބަބުން ވެސް މާލޭގެ މަގުތަކުގައި އަވަހަށް ފެން ހިނދުމަށް ވަރަށް ބޮޑު ހަލުވި ކަމެއް ވަނީ އައިސްފައި. އަދި ސްޓޯމް ވޯޓާ ގްރެނެއިޓުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ މަސައްކަތް ނިމިގެން ދިޔައިރު މާލޭގެ މަގުތަކުގެ ތެރެއިން އެންމެ ގިނައިން ފެން ހެދޭ ސަރަހައްދުތަކުގައި މިހާރު އެގޮތަކަށް ފެނެއް ނުހެދޭ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާލޭގެ ބައެއް މަގުތަކަކީ އަޑިކޮށް ހުންނަ މަގުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ވެސް ފެން ބޮޑުވާ ކަމަށެވެ.

"އެހެންނަމަވެސް އެކަންކަން މިހާރު މީހުން ހަނދާންވެސް ނެތޭ ހިސާބަށް ގޮސްފި،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކިތަންމެ ގިނައިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުނު ކަމުގައި ވިއަސް ދެތިން ގަޑިއިރެއްގެ ތެރޭގައި ފެން ބޮޑުވެފައިވާ ސަރަހައްދުގައި ފެން ހިނދިގެންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސްކޫލުތައް ކައިރީގައި އެއްގޮތަކަށް ވެސް މިހާރު ފެން ބޮޑު ނުވާ ކަމަށެވެ. އަދި އައިޖީއެމްޗު ކައިރީގައި ވެސް ފެން ބޮޑު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަދި ފުރަތަމަ މަރުހަލާގެ މަސައްކަތް. ދެވަނަ މަރުހަލާގެ މަސައްކަތް ނިމި އެ ޕްރޮޖެކްޓުގައި ހިމެނިފައިވާ ގޮތަށް އެކަން ނިމިގެންދާއިރުގައި ގިނަވެގެން އެއް ގަޑިއިރުގެ ތެރޭގައި ޕަންޕުގެ ބޭނުން ކޮށްގެން ފެން ހިންދާލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ 11 އަހަރު ފަހުން ރޭ އެހަނދާން ކުއްލިއަކަށް އާވީ އެވެ. އިޚްތިޔާރަކާ ނުލައި ބޭއިޚްތިޔާރުގަ އެވެ. މުޅިމާލެ ކަހަލަ ގޮތަކަށް ފެންބޮޑުވި އެވެ. އެފެން ނުހިނދި އެތައް އިރަކަށް ދިގުދެމިގެން ދިޔައީ އެވެ. ރައްޔިތުންނަށް އެތައް ތުރާލަކާއި ދައްޗެއް ޖެހުނީ އެވެ. ވީގޮތެއް ނޭނގުނެވެ. އިއްތިފާގުންނަމަވެސް އެހަނދާން އާކޮށްލަން ޖެހުނުއިރު ވެރިކަމުގައި ހުންނެވީ އެއްކަލަ ހައުސިންގ މިނިސްޓަރެވެ. ޑރ މުއިއްޒެވެ.

އޭރު ހައްލުވެ ނިމިފައި އޮތްކަމެއް ކުއްލިއަކަށް ކުރިމަތިވީމާ އެކިއެކި ސުވާލުތައް ރައްޔިތުން ކުރިމަތި ކުރުވި އެވެ. އެއުނދަގުލުގައި އުޅެމުންދިޔަ ރައްޔިތުންނަށް ޖަވާބެއް ދެއްވީ މިފަހަރު ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއެއް ނޫނެވެ. ބާރަކަށްފަހު ބާރެއް ނަގައި ތަނަކަށްފަހު ތަނެއް އަތުލައި ގާތްގަނޑަކަށް ތޯލާ ފުޅިއަކަށް ލަމުން އަންނަ މާލޭ ސިޓީ ކައުންސިލުންނެވެ. އެކައުންސިލުން މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

ރޭ މާލޭގެ ފެންބޮޑުވުމަށް އިޝާރާތް ކުރައްވައި މާލޭގެ މޭޔަރ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.

"މިދިޔަ ދެ އަހަރެއްހާ ދުވަހު އަޅުގަނޑުމެން ކުރި ބުރަ މަސައްކަތުން، މާލޭގައި ފެންބޮޑުވާ މައްސަލަ އަށް ވަރަށް އެދެވޭ އަދި ރަނގަޅު ހައްލެއް ހޯދިފައިވަނިކޮށް، އަނެއްކާ ވެސް މިއަދު ރައްޔިތުން މިފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި މައްސަލަ މިހާ ބޮޑުވެގެން މި ދިޔައީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕުތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް އެ ސަރަހައްދުތަކުން ނެގުމުގެ ސަބަބުން." އާޒިމް ވިދާޅުވި އެވެ.

އާޒިމް އެއިޝާރާތް ކުރެއްވީ އެންމެންވެސް ދަންނަ ކަމަކަށެވެ. އެތައް ދިމާލެއްގައި ޕަންޕްތައް އިންސްޓޯލް ކުރެވި ފެން ބޮޑުވުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކެއް ވަނީ ކުރެވިފަ އެވެ. އެކަމަކު މާލޭގެ މަގުހަދަން ފަށައިގެން އުޅޭއިރު ސުވާލަކީ އެކަން އެފެށީ އެފަދަ ޕްލޭނެއް ނެތިހެއްޔެވެ. ވިއްސާރަ މޫސުމަކަށްވެފައި ވެދާނެ އެފަދަ ކަމަކަށް ބަލައި ނުލާހެއްޔެވެ.

ޖަވާބު އެލިބުނީ މީހަކު ދީގެނެއް ނޫނެވެ. ވެހުނު ވާރޭގައި މުޅިމާލެ ފެންބޮޑުވުމުންނެވެ.

ދެންވެސް އާޒިމް އެވިދާލުވި ވާހަކައަކާމެދު ވިސްނާލަން ޖެހުނެވެ. ބޮޑުވާ ފެން ހިންދުމުގައި ކުރަންފެށި މަސައްކަތާމެދު އެވެ. ފެނުނީ އެމީހަކާ އެމީހެކެވެ. ސިފައިންނެވެ. ފުލުހުންނެވެ. އަދި މާލޭ ސިޓީ ކައުންސިލުންނެވެ.

އާޒިމް ވިދާޅުވީ މާލޭގެ ސްޓޯރމް ވޯޓާ ސިސްޓަމް ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ، މުޅި ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ، ނަގާފައިވާ ޕަމްޕުތަކަށް އަވަސް ބަދަލު ހައްލެއް ހޯދައި، އަދި ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ހަރުދަނާކަމާ އެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން. ރައްޔިތުންނަށް މި ލިބޭ ތަކުލީފުތަކަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަކުން މިހާރުން މިހާރަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން،" އާޒިމް ވިދާޅުވި އެވެ.

ފެންބޮޑުވުމާއެކު އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ ހިނގާ ބިނގާވެ އުޅުމަށެވެ. މާލޭގެ އެތެރޭގެ ދަތުރަށެވެ. ބަލިމީހުންނާއި ޟަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދިއުމުގައި ދިމާވާ ދަތިކަމެވެ. އެކަމށްވެސް މުއިއްޒު އެޅުއްވި ފިޔަވަޅުގެ ބޭނުމެއްވެސް ނުހިފުނެވެ. ރައްޔިތުން ބޭނުންވާ ހިނދު ޓެކްސީ ނުލިބޭތީ ސަރުކާރުން ގެނައި ޓެކްސީ ލައިނުގެ މާބޮޑު ބޭނުމެއް ނުފެނުނެވެ. ކާރު ނުލިބި މީހުން ތެޅިފޮޅުނީ އެވެ. ސެންޓަރުތަކަށް ބާރު ބޮޑުވީ އެވެ. މާލޭގެ އެތެރޭގެ ދަތުރުތަކަށް އެތައް ގުނައެއް އަގުބޮޑުކޮށް އެދިގެންވެސް ދަތުރު ކުރެވޭނެ ގޮތެއް ނެތުނީއެވެ. އެބުނާ ކާރުތަކަށްވެސް ކުރެވުނު ކަމެއް ނެތުނީ އެވެ.

ކޮންމެއަކަސް މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ އެވެ. ބޮޑުތަނުން އާވެއްޖެ އެވެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް ވެއްޖެ އެވެ. އެއްގޮތަކަށްވެސް ދިމައެއް ނުވިއެވެ. ފެންބޮޑުވީމާ ދެން ޖެހޭ ތަކުލީފް ކުޑަކުރަން ގެނައި ކާރުތަކުގެ ހިސާބުވެސް އެދިޔައީ ފަނުފުލުންނެވެ. ފެންބޮޑުވެއްޖިއްޔާ އަޅާނެ ފިޔަވަޅުތައް ނާޅާ ޕަންޕަކާ ޕަންޕަކަށް ނުވިސްނާ މަގުތައް ހާވައިގަތުމުގެ ހިސާބުވެސް ދިމަލެއް ނުވި އެވެ. ގެނެސްހުރި ޕަމްޕްތައް މެނޭޖް ކުރުމާއި ފެން ހިންދުމުގެ ކަންކަން ރޭވި ހަވާލުކުރެވެމުންދިޔަ ގޮތްވެސް އަތަށް ގޮވީއެވެ. މުޅި ހުރިހާ ހިސާބެއްވެސް ދިމާނުވެ ގޯސްވީ އެވެ.

ޑރ. މުހައްމަދު މުއިއްޒުމާލެއާދަމް އާޒިމްހައުސިންގް މިނިސްޓްރީމާލޭ ސިޓީ ކައުންސިލްފެންބޮޑުވުން

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ

22 އޮކްޓޯބަރު 2026
މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ
22 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު

22 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

22 އޮކްޓޯބަރު 2026
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2026

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

22 އޮކްޓޯބަރު 2026
ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު
22 އޮކްޓޯބަރު 2026

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

22 އޮކްޓޯބަރު 2026
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
22 އޮކްޓޯބަރު 2026

ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް

22 އޮކްޓޯބަރު 2026
ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް
21 އޮކްޓޯބަރު 2026

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!
21 އޮކްޓޯބަރު 2026

ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް

21 އޮކްޓޯބަރު 2026
ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް
21 އޮކްޓޯބަރު 2026

މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

21 އޮކްޓޯބަރު 2026
މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް