Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026 | ހޯމަ 07:42

ރަސްމާލެ މަޝްރޫއުގެ ދަށުން "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްގީކުރަން އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައި. މި ގަރާރުގައި ބިން ހިއްކުމުގެ ޚަރަދު ދައުލަތަށް ނުލިބުމާއި، 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމުގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވީ ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީގެ އަޣުލަބިއްޔަތުން ވަނީ މި ގަރާރު ބޭރުކޮށްލާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޮކްޓޯބަރު 2026 | ހޯމަ 07:42
ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރުން

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކުރުން | ހައުސިންގ މިނިސްޓްރީ

އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ނިންމާ، އެ ގަރާރު ބޭރުކޮށްލުމަށް ޕީއެންސީގެ އަޣުލަބިއްޔަތުން ނިންމައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ އެ ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހާފައިވެ އެވެ. ވޯޓުގެ ވަގުތުގައި އެ ގަރާރު ބަލައިނުގަނެ، ބޭރުކޮށްލާފައި ވަނީ 45 ޕީއެންސީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 10 މެންބަރުންނެވެ. 

Advertisement - newsAdvertisement

ގަރާރުގައި ބުނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު އެކުލަވާލާފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓްގެ ތަފްސީލުތައް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ކަމަށެވެ.

އެ ގަރާރުގައި ބުނީ ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްޗެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކަން ވަނީ ނުވަތަ ކުއްޔަށް ދޭން ވާނީ ނުވަތަ ރަހުނު ކުރަން ވާނީ ނުވަތަ ނައްތާލަން ވާނީ ނުވަތަ މި ނޫން ވެސް މިފަދަ ކަމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން  ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ. 

އޭގެ އިތުރުން ގާނޫނު އަސާސީގެ 29 ވަނަ މާއްދާގައި މައުލޫމާތު ހޯދުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ. އެ ގަރާރުގައި ބުނީ، ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު، ރަސްމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓާ ގުޅިގެން މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫލުތައް އެކުލަވާލާނެ ކަމަށް ބަޔާންކޮށް، އެއްބަސްވުމުގެ ތަފްސީލުތައް ސަރުކާރުން ސިއްރުކުރަމުންދާ ކަމަށެވެ. 

ރަސްމާލެ އަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލުކަން ފާހަގަކޮށް އެ ގަރާރުގައި ބުނީ، ސަރުކާރުން މި މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް އިއުލާނުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށެވެ.

އެގޮތުން ސަރުކާރާއި އީގަލް ހިސްލް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލުތައް ހާމަކޮށްފައި ނުވާއިރު ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިން ހިއްކުމަށް ފަހު އެ ބިން ހިއްކުމަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމަކީ ވެސް ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން ރަސްމާލެ އިން ހިއްކާފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް އަށް ދީފައިވުމާއި، އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

ގަރާރުގައި ބުނީ އެ ބިމުގައި ތަރައްގީކުރާ ތަންތަން 3 ވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ހައްގު އީގަލް ހިލްސް އަސް ލިބިގެންދާ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމާއެކު އެފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި، މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. 

26 ޖުލައި 2024 ގައި ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަސްމާލެ އަކީ "އެއްވެސް ބޭރުގެ ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭނެ ނުވަތަ ހިލޭ ދޭނެ ތަނެއް ނޫން" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކޮށް ގަރާރުގައި ބުނީ އެހެން ނަމަވެސް ރަސްމާލެ އިން ހިއްކާފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. 

ގަރާރުގައި ބުނީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި، މިކަންކަން ކުރުމަށްޓަކައި ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މަޖިލީހާ މަތިކުރެވިފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. 

އެހެންކަމުން އެ ގަރާރުގެ ބޭނުމަކީ ރަސްމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭ އެއްބަސްވުން ހާމަކުރުމަށް ސަރުކާރަށް ގޮވާލައި، އެކަމުގައި މަޖިލިސް މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. 

އީގަލް ހިލްސްމީކާއިލް އަހުމަދު ނަސީމްރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް
26 އޮކްޓޯބަރު 2026

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

26 އޮކްޓޯބަރު 2026
ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!
25 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026
ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން
25 އޮކްޓޯބަރު 2026

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

25 އޮކްޓޯބަރު 2026
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު
25 އޮކްޓޯބަރު 2026

ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން

25 އޮކްޓޯބަރު 2026
ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް