Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް

26 އޮކްޓޯބަރު 2026 | ހޯމަ 08:11

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލުތައް ސިއްރުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި މަޝްރޫއާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ހުރުމުން، ސަރުކާރުން މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް މެންބަރު މީކާއިލް ނަސީމް ވަނީ ގޮވާލައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޮކްޓޯބަރު 2026 | ހޯމަ 08:11
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މި 5 އަހަރުގެ ތެރޭގައި ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް ނާންނާނެ ކަމަށާއި ކެރިވަޑައިގަންނަވާ ނަމަ މިކަމުގައި ރެފަންރެންޑަމްއަކަށް ވަޑައިގަންނަވަންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރަށް ބަހުސްކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ގަރާރަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަނީ ހަގީގަތުގައި ވެސް ހިތުގެ އަޑިން، ގަބޫލުކުރާ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

މި މައުލޫއާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ދެ ގޮތަކަށް ކަންބޮޑުވުން އެބައޮތް ކަމަށާއި އެއް ކަމަކީ މި އިންވެސްޓް ކުރާ ފަރާތާއެކު އޮތް ކަންބޮޑުވުން ކަމަށް މީކާއިލް ވިދާޅުވި އެވެ. ދެވަނަ ކަންބޮޑުވުމަކީ މި މަޝްރޫއިން ދިވެހި ދައުލަތަށް ލިބެން ޖެހޭ ފައިދާ ދޫކޮށްލައި ވާނުވާއެއްގެ ތެރޭ، ކޮމަރޝަލް ޓަރމްސް ނޭނގި ދިވެހި ރައްޔިތުންނަށް ވަންހަނާކޮށް، ސިއްރުވެރިކޮށް އެކަން ކުރުން ކަމަށް މެންބަރު ވިދާޅުވި އެވެ. 

މީކާއިލް ވިދާޅުވީ މީގެ އަހަރުތަކެއް ފަހުން، ދިވެހި ރައްޔިތުން މި ބިމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭތަން ބަލަން ބޭނުން ނުވާ ކަމަށެވެ. 

މިސާލެއް ދަންނަވާލާނަން. ކެމްޕޭނަކަށް ނުކުންނަ އިރު ވެސް ފަންޑަރެއިޒް ކުރާއިރު ފައިސާ ދިއްކޮށްލާނެ ބައިވަރު ފަރާތްތައް ވޭ. އެހެން ނަމަވެސް ހަމަބުއްދި ހުރި ހިކުމަތްތެރި މީހަކަށް އެނގޭނެ އޭގަ އަތްލާން ޖެހޭ ފައިސާ އާއި އަތް ނުލާން ޖެހޭ ފައިސާ އަޅުގަނޑުމެންނަށް ވިސްނޭނެ. މި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާން، ގޭންގް ސްޓާރެއްގެ ފައިސާގައި އަތް ލީމާ، އޭގެ އަހަރުތަކެއް ފަހުން އޭނާ އައިސް ހަމަކުރާނެ އެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާ. އެހެންވީމާ އޭގަ އަތް ނުލާން ވަނީ
މީކާއިލް އަހުމަދު ނަސީމް

ދިވެހި ދައުލަތުން ޒަޔަނިސްޓު ވިސްނުމުގެ މި އިންވެސްޓަރުގެ ފައިސާގައި އަތްލައިގެން ނުވާނެ ކަމަށާއި މިކަން ސަރުކާރުން ބަލައިގަންނަން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. ދިވެހި ރައްޔިތުންގެ ކަންބޮޑުވުމާއި ދިވެހި ރައްޔިތުންގެ އާދޭސް ސަރުކާރަށް އިވެން ޖެހޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ދެ އިންތިޚާބު އެއްކުރާ ވާހަކައާ ގުޅިގެން ސަރުކާރުން ވަރަށް ފަސޭހައިން ގާނޫނު އަސާސީ އަށް ބަދަލު ގެނަސްގެން ރެފަރެންޑަމްއަކަށް ވެސް ދިޔަ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި މިކަމުގައި ވެސް ރެފަރެންޑަމްއަކަށް ދާން ޖެހޭ ކަމަށެވެ.

މިއަށްވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރު ތެރެއަކު ނާންނާނެ. ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މިންވަރުގެ ކަންބޮޑުވުމެއް ދެނެއް ނާންނާނެ. މިއީ ރައްޔިތުންގެ ކައިރީގައި އަހަން ޖެހޭ ވަގުތު. މިއީ ރައްޔިތުންގެ އާނ ބަސް މިކަމަށް ހޯދަން ޖެހޭ ވަގުތު. ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމް އަކަށް ވަޑައިގަންނަވަން ވީ. ދެ އިންތިޚާބު އެއްކުރަން ހޯދުނީ 30 ޕަސެންޓް. ފަސް ޕަސެންޓު ވެސް ނުލިބޭނެ
މީކާއިލް އަހުމަދު ނަސީމް

މީކާއިލް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު އެކުލަވާލާފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓްގެ ތަފްސީލުތައް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ކަމަށެވެ.

މީކާއިލް އަހުމަދު ނަސީމްރައްޔިތުންގެ މަޖިލިސްއީގަލް ހިލްސްރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާ ހުށަހެޅި ގަރާރު ޕީއެންސީ އިން ބޭރުކޮށްލައިފި
26 އޮކްޓޯބަރު 2026

ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު

26 އޮކްޓޯބަރު 2026
ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު
26 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި
26 އޮކްޓޯބަރު 2026

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

26 އޮކްޓޯބަރު 2026
ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!
25 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026
ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން
25 އޮކްޓޯބަރު 2026

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

25 އޮކްޓޯބަރު 2026
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ
25 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް

25 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު
25 އޮކްޓޯބަރު 2026

ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން

25 އޮކްޓޯބަރު 2026
ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް