Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ. ރަކީދޫ

ރަކީދޫ ކައުންސިލްގެ އިދާރާ އިން 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށް އޮޑިޓުކުރުމަށް ހުށަހަޅާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

10 އޮކްޓޯބަރު 2026 | ހޮނިހިރު 13:50

ވ. ރަކީދޫ ކައުންސިލުން 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކާއި އަހަރީ ރިޕޯޓު ތައްޔާރުކޮށް އޮޑިޓަށް ހުށަހަޅާފައި ނުވާތީ، އެ އިދާރާގެ މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށް އޮޑިޓް އޮފީހުން ބުނެފި. މިއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއްކަން ފާހަގަކޮށް، މާލީ ކަންކަމުގައި ޖަވާބުދާރީވުމަށްޓަކައި އެ ބަޔާންތައް ގަވާއިދުން ފޮނުވުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޮކްޓޯބަރު 2026 | ހޮނިހިރު 13:50
ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ރަކީދޫ ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ރަކީދޫ ކައުންސިލާއި ބައްދަލުކުރެއްވުން | ރައީސް އޮފީސް

ވ. ރަކީދޫ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށް، އޮޑިޓް ކުރުމަށް ހުށަހަޅާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމު ކޮށްފައިވާ ރަކީދޫ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ، އެ ރަށު ކައުންސިލްގެ އިދާރާ އިން 2024 މާލީ ހިސާބުތަކާއި އެ އިދާރާގައި ހިނގި ކަންތައްތަކުގެ ރިޕޯޓް ހިމަނައިގެން އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، އޮޑިޓް ކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅާފައިނުވާކަން ފާހަގަކުރާ ކަމަށެވެ. 

Advertisement - newsAdvertisement

އެ ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ކޮންމެ މަސްއޫލު އޮފީހެއްގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރުވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތީ 3 މަސް ދުވަހުގެ ތެރޭގައި، އެ މައްދާގައި ބަޔާން ކޮށްފައިވާ މާލީ ހިސާބުތަކާއި، އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓް ހިމަނައިގެން، އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ރަށު ކައުންސިލްތަކުންނާ އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން މާލީ ހިސާބު، ތައްޔާރު ކުރަން ޖެހޭ ގޮތް މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާ ބެހޭ ސަރކިއުލާގައި ކަނޑައަޅައި އާންމުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. 

އޮޑިޓް އޮފީހުން ބުނީ އަހަރީ މާލީ ބަޔާންތަކަކީ ކައުންސިލްގެ އިދާރާ އަށް އަހަރު ތެރޭގައި ލިބުނު އާމްދަނީ އާއި ކުރެވުނު ޚަރަދާއި، ބާކީ ހުރި ފައިސާ އަދި އަހަރު ނިމުނު އިރު މިލްކިއްޔާތުގެ ގޮތުގައި ހުރި ހަރުމުދަލާއި ލިބެންޖެހޭ ފައިސާ އާއި އަތުގައި އަދި ބޭންކުގައި ހުރި ފައިސާ އާއި އެހެނިހެން މުދަލާއި ތަކެއްޗާއި، މާލީ ޒިންމާތަކުގެ ގޮތުގައި ހިމެނޭ ދައްކަން ޖެހޭ ފައިސާ އެހެނިހެން މާލީ ޒިންމާތައް ދައްކުވައިދޭ ވަރަށް މުހިއްމު ބަޔާންތަކެއް ކަމަށެވެ. 

އެހެންކަމުން މި މާލީ ބަޔާންތައް ނެތުމުން ކައުންސިލްގެ އިދާރާގެ ކުރިން، މާލީ މުއާމަލާތްތައް އަހަރު ތެރޭގައި ހިނގާފައިވާ ގޮތާއި، އަހަަރު ނިމުނު އިރު މާލީ ކަންކަން ހުރި ގޮތް ފުރިހަމަކަމާއި ތެދުވެރިކަމާއެކު ފެންނަން ނުހުންނާނެ ކަމަށް އެ އޮފީހުން ވަނީ ވަނީ ބުނެފަ އެވެ. އަދި މާލީ ޒިންމާދާރުވެރިޔާގެ ޒިންމާގެ ތެރެއިން މުހިންމު ޒިންމާއެއް އަދާކޮށްފައި ނުވުމާއި އޮފީހުގެ މާލީ ކަންކަމުގައި އެދެވޭ ގޮތެއްގައި ޖަވާބުދާރީ ނުވެވޭނެ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. 

އޮޑިޓް އޮފީހުން ވަނީ އެ ކަން އިސްލާހު ކުރުމަށް ލަފާދޭ ގޮތް ވެސް އޮޑިޓް ރިޕޯޓުގައި ހިމަނާފަ އެވެ. 

އޮޑިޓް އޮފީސްވ. ރަކީދޫ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

2024 ވަނަ އަހަރު މާޅޮހު ކައުންސިލުން ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައި ނުވާތީ އެކަން ކުރުމަށް އޮޑިޓް އޮފީހުން އަންގައިފި

04 އޮކްޓޯބަރު 2026
2024 ވަނަ އަހަރު މާޅޮހު ކައުންސިލުން ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައި ނުވާތީ އެކަން ކުރުމަށް އޮޑިޓް އޮފީހުން އަންގައިފި
23 ސެޕްޓެމްބަރު 2026

މީޑިއާ ކައުންސިލުން އަލަށް އުފެދުނު ކޮމިޝަނަށް ފައިސާ ފޮނުވިކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓު

23 ސެޕްޓެމްބަރު 2026
މީޑިއާ ކައުންސިލުން އަލަށް އުފެދުނު ކޮމިޝަނަށް ފައިސާ ފޮނުވިކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓު
30 އޯގަސްޓު 2026

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026
މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް
02 އޯގަސްޓު 2026

ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް

02 އޯގަސްޓު 2026
ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް
24 ޖުލައި 2026

ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

24 ޖުލައި 2026
ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖުލައި 2026

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

20 ޖުލައި 2026
ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
12 ޖުލައި 2026

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026
މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް
06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
21 ޖޫން 2026

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

21 ޖޫން 2026
އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް