Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. ކޮޅުފުށި

ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު

13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:09

މ. ކޮޅުފުށީގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައިވާ ޖޫރިމަނާގެ ރޭޓު، މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލުން ކުޑަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. މި ބަދަލުގެ ސަބަބުން ކައުންސިލަށް ލިބެންޖެހޭ 297,850 ރުފިޔާ ގެއްލިފައިވާތީ، ބީލަމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދީފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:09
ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. ކޮޅުފުށީ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. ކޮޅުފުށީ ކައުންސިލާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

މ. ކޮޅުފުށި ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވަނީ ޖޫރިމަނާ ފައިސާ ހިމަނާފައި ނުވުމުން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމުކޮށްފައިވާ ކޮޅުފުށީ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ، ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމަށް 19 ޖޫން 2022 ގައި ކައުންސިލްގެ އިދާރާ އިން ކުރި އިއުލާނުގެ މައުލޫމާތު ކަރުދާހުގައި ކޮންމެ މަހެއްގެ ކުލި، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ ލަސްވާ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ މަގުން ޖޫރިމަނާ ނަގާނޭ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މި ގޮތުން 12 ސެޕްޓެމްބަރު 2022 ގައި ބިން ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުމުގައި ވެސް އެ ރޭޓުން ޖޫރިމަނާ ނަގާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެހެން ނަމަވެސް މި ބީލަން ކާމިޔާބުކުރި ފަރާތާއެކު 12 ސެޕްޓެމްބަރު 2022 ގައި ކައުންސިލްގެ އިދާރާ އިން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު 25 އޭޕްރީލް 2023 ގައި ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 102 ވަނަ ޖަލްސާ އިން ވަނީ އެ ޖޫރިމަނާގެ ރޭޓް މަހަކު 250 ރުފިޔާ އަށް ކުޑަކުރުމަށް ފާސްކޮށްފައި ކަމަށް އެ ރިޕޯޓުގައިވެ އެވެ. 

އެހެން ކަމުން ޖޫރިމަނާ ރޭޓު ބަދަލުކުރުމުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ، ބީލަމުގެ ކަންތައް ކުރިއަށް ގެންވާނީ އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި ހާމަކަން ބޮޑު، ވާދަވެރި، އިގުތިސާދީ ގޮތުން އެންމެ ފައިދާ ހުރި ޒިންމާދާރު ގޮތެއްގެ މަތިީން ކަމަށް ބުނާ މާއްދާ އާއި ޚިލާފުވެފައިވާ ކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. 

މީގެ އިތުރުން ޖޫރިމަނާގެ ރޭޓަށް މިގޮތަށް ބަދަލު ގެނައުމުގެ ސަބަބުން ކައުންސިލްގެ އިދާރާ އަށް ލިބެން އޮތް މަންފާއެއް ނުލިބި ގޮސްފައިވާ ކަމަށާއި މިގޮތުން ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ކައުންސިލްގެ އިދާރާ އަށް ލިބެން އޮތް ޖުމުލަ، 297،850 ރުފިޔާ ނުލިބި ގެއްލިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. 

އެ ރިޕޯޓުގައި މިކަންކަން އިސްލާހުކުރުމަށް އެ އޮފީހުން ލަފާ ދޭ ގޮތް ވެސް ވަނީ ބަޔާންކޮށްފަ އެވެ. 

މ.ކޮޅުފުށިއޮޑިޓަރ ޖެނެރަލްގެ އޮފީސްދައުލަތުގެ މާލިއްޔަތު ގަވާއިދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް

12 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް
02 ސެޕްޓެމްބަރު 2026

ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު

02 ސެޕްޓެމްބަރު 2026
ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު
29 އޯގަސްޓު 2026

ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!

29 އޯގަސްޓު 2026
ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!
05 އޯގަސްޓު 2026

ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި

05 އޯގަސްޓު 2026
ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި
02 އޯގަސްޓު 2026

ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް

02 އޯގަސްޓު 2026
ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް
26 ޖުލައި 2026

2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

26 ޖުލައި 2026
2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
24 ޖުލައި 2026

ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

24 ޖުލައި 2026
ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
12 ޖުލައި 2026

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026
މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް
21 ޖޫން 2026

ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!

21 ޖޫން 2026
ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!
26 މެއި 2026

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް