Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓް

ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވިއިރު އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް

27 ސެޕްޓެމްބަރު 2026 | އާދީއްތަ 13:26

ހިލޭ ޑިގްރީ ސްކީމަށް 835 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފައިސާ ދޫކުރުން ލަސްވުމާއި ދަރިވަރުންގެ ކުރިއެރުން މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތްކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނީ ދާއިރާތަކަށް ދަރިވަރުން އަމާޒުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް، ސްކީމްގެ ހިންގުން ހަރުދަނާކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 13:26
ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން (ފައިލް ފޮޓޯ)

ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން (ފައިލް ފޮޓޯ) | ރައީސް އޮފީސް

ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި، މިހާތަނަށް އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ޕަރފޯމަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދިވެހި ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމުގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 835.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

މި މުއްދަތުގެ ތެރޭގައި ޖުމްލަ 19,265 ދަރިވަރުން މި ސްކީމުގައި ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން މި ސްކީމަށް ހޮވިފައިވާ 16,388 ދަރިވަރުންނަށް ވަނީ ފައިސާ ދޫކޮށްފަ އެވެ. ނަމަވެސް ޑިގްރީ ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު ސާފުވާން ނެތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކާފައިވެ އެވެ.

މި ސްކީމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ އަމިއްލަ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުންނެވެ. އެގޮތުން އަމިއްލަ މަރުކަޒުތަކުން ކިޔަވާ ދަރިވަރުންނަށް 539.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސަރުކާރުގެ ދެ ޔުނިވަރސިޓީ ކަމަށްވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް 296.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

ސްކީމުގެ ބައިވެރިންގެ ތެރެއިން 65 އިންސައްތައަކީ އަންހެން ދަރިވަރުން ކަމަށްވާއިރު، ފިރިހެން ދަރިވަރުންގެ ނިސްބަތަކީ 35 އިންސައްތަ އެވެ. އަދި ބައިވެރިންގެ ތެރެއިން އެންމެ ގިނައީ 19 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސްކީމުގެ ދަށުން އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ބިޒްނަސް މެނޭޖްމަންޓް، އެޑިއުކޭޝަން އަދި އައިޓީގެ ދާއިރާތަކުންނެވެ. ނަމަވެސް، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކަށް ދަރިވަރުން އަމާޒުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން އޮޑިޓުން ވަނީ ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް، ސިއްހީ ދާއިރާއާއި އިންޖިނިއަރިންގ ފަދަ ފަންނީ ދާއިރާތަކުން ކިޔަވާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ސްކީމް ހިންގުމުގައި ހުރި އިދާރީ މައްސަލަތަކަށް އަލިއަޅުވާލަމުން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅޭކަމަށެވެ. އެގޮތުން ބައެއް ދަރިވަރުންނަށް ފައިސާ ދޫކުރުމަށް 12 މަސްދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ހަމައެއާއެކު، ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންގެ ނަތީޖާއާއި ކުރިއެރުން މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމަކީ ސްކީމުގެ ފެންވަރު ހިފެހެއްޓުމަށް އޮތް ހުރަހެއް ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، އޮޑިޓް ރިޕޯޓުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މުހިންމު އިރުޝާދުތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސްކީމް އިތުރަށް ބައްޓަންކުރުމާއި ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކޮށް އަވަސްކުރުން ހިމެނެ އެވެ.

އަދި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމަށާއި ސްކީމުގެ ދަށުން ދަސްވެނިވާ ދަރިވަރުން ވަޒީފާގެ ބާޒާރަށް ނުކުންނަ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ. މި އިސްލާހުތަކާއެކު ދައުލަތުގެ ބަޖެޓުން ކުރާ މި ބޮޑު ޚަރަދުގެ ފުރިހަމަ ފައިދާ ގައުމަށް ލިބޭނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހިލޭ ޑިގްރީ ސްކީމްއޮޑިޓަރ ޖެނެރަލްގެ އޮފީސް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު

21 ސެޕްޓެމްބަރު 2026
ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު
13 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު

13 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު
12 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް

12 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް
02 ސެޕްޓެމްބަރު 2026

ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު

02 ސެޕްޓެމްބަރު 2026
ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު
29 އޯގަސްޓު 2026

ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!

29 އޯގަސްޓު 2026
ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!
05 އޯގަސްޓު 2026

ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި

05 އޯގަސްޓު 2026
ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި
12 ޖެނުއަރީ 2026

އޭދަފުށީ ކައުންސިލުން ޕިކަޕެއް ގަންނަން ދެއްކި އެޑްވާންސް ފައިސާ ވެސް ޕިކަޕު ވެސް ނުލިބުނު

12 ޖެނުއަރީ 2026
އޭދަފުށީ ކައުންސިލުން ޕިކަޕެއް ގަންނަން ދެއްކި އެޑްވާންސް ފައިސާ ވެސް ޕިކަޕު ވެސް ނުލިބުނު
08 ޖެނުއަރީ 2026

މަނަދޫގައި 4 ލައްކަ ރުފިޔާގެ ރަސްމީ ސްޓޭޖެއްގެ މަސައްކަތް ކުރީ އިއުލާނު ނުކޮށް، މަސައްކަތާއި ގުޅޭ ލިޔެކިޔުން ފުރިހަމަ ކުރީ މަސައްކަތް ހަވާލު ކުރި ފަހުން: އޮޑިޓް

08 ޖެނުއަރީ 2026
މަނަދޫގައި 4 ލައްކަ ރުފިޔާގެ ރަސްމީ ސްޓޭޖެއްގެ މަސައްކަތް ކުރީ އިއުލާނު ނުކޮށް، މަސައްކަތާއި ގުޅޭ ލިޔެކިޔުން ފުރިހަމަ ކުރީ މަސައްކަތް ހަވާލު ކުރި ފަހުން: އޮޑިޓް
20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް