Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަޅުތުއްކަލާ ކޮށި

ކަޅުތުއްކަލާ ކޮށީގައި ސިފައިންނަށް ޚާއްސަ 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، 2 އަހަރުތެރޭ މަސައްކަތް ނިންމަންޖެހޭ

3 ނޮވެމްބަރު 2026 | އަންގާރަ 04:36

ސިފައިންގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުގެ ދަށުން، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް ބިނާކުރުމަށް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި. ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ސިފައިންގެ އެކޮމޮޑޭޝަނާއި ލޮޖިސްޓިކްސް ވަސީލަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ނޮވެމްބަރު 2026 | އަންގާރަ 04:36
ކަޅުތުއްކަލާކޮށީގައި ސިފައިންނަށް ޚާއްސަ 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން

ކަޅުތުއްކަލާކޮށީގައި ސިފައިންނަށް ޚާއްސަ 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން | އެމްއެންޑީއެފް

ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ބޭނުންތަކަށާއި އެކޮމޮޑޭޝަނަށް ޚާއްސަކޮށްގެން، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް އިމާރާތެއް ބިނާކުރުމަށް ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއީ ސިފައިންގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.

Advertisement - newsAdvertisement

ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ. ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މރ. ޖޯ ވޭދޯން އެވެ.

މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި އިމާރާތަކީ ސިފައިންގެ ތަރައްޤީއަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ 15 ބުރީގެ އިމާރާތުގެ ސަބަބުން ސިފައިންގެ އެކޮމޮޑޭޝަންގެ ދަތިތަކަށް ބޮޑު ހައްލެއް ލިބި، ލޮޖިސްޓިކްސް ވަސީލަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދިފާއީ ވުޒާރާއިން ފާހަގަކުރެ އެވެ.

ދިފާއީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، ކަޅުތުއްކަލާކޮށީގައި ބިނާކުރާ މި އިންޓެގްރޭޓެޑް ބިލްޑިންގގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކުރަންޖެހެ އެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ސިފައިންގެ އޮޕަރޭޝަނަލް ބޭނުންތަކަށް އެންމެ އެކަށީގެންވާ ޒަމާނީ ވަސީލަތްތަކާއެކުގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ދިފާއީ އަދި ވަތަނީ ޚިދުމަތުގެ ވުޒާރާގެ އިސްވެރިންގެ އިތުރުން ރޯޓައިމް އިންޖިނިއަރިންގ ކުންފުނީގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަންކަޅުތުއްކަލާކޮށިމިނިސްޓްރީ އޮފް ޑިފެންސް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

06 މެއި 2025

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

06 މެއި 2025
ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް
06 މެއި 2025

މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

06 މެއި 2025
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި
11 މެއި 2024

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

11 މެއި 2024
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
04 އެޕްރީލު 2024

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

04 އެޕްރީލު 2024
މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް
16 ސެޕްޓެމްބަރު 2023

ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް

16 ސެޕްޓެމްބަރު 2023
ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް
25 މެއި 2023

ހައުސިންގ އެލަވަންސާއި ސިއްޙީ މައްސަލަތަކުގައި ސިފައިންނަށް ދޭ ޗުއްޓީގެ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްފައި - މާރިޔާ

25 މެއި 2023
ހައުސިންގ އެލަވަންސާއި ސިއްޙީ މައްސަލަތަކުގައި ސިފައިންނަށް ދޭ ޗުއްޓީގެ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްފައި - މާރިޔާ
11 މެއި 2023

"އެފްރިކަން ވިމެން ސަމިޓް-23"ގައި މިނިސްޓަރު މާރިޔާ ތަގުރީރުކުރައްވައިފި

11 މެއި 2023
"އެފްރިކަން ވިމެން ސަމިޓް-23"ގައި މިނިސްޓަރު މާރިޔާ ތަގުރީރުކުރައްވައިފި
09 މެއި 2023

"އެފްރިކަން ވިމެން ސަމިޓް-23" ގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު އެފްރިކާއަށް

09 މެއި 2023
"އެފްރިކަން ވިމެން ސަމިޓް-23" ގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު އެފްރިކާއަށް
17 މާރިޗު 2023

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2023
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
24 ފެބުރުއަރީ 2023

އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން ޔޫއޭއީ އާއެކު މަޝްވަރާކޮށްފި

24 ފެބުރުއަރީ 2023
އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން ޔޫއޭއީ އާއެކު މަޝްވަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް