Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްރިކަން ވިމެން ސަމިޓް-23

"އެފްރިކަން ވިމެން ސަމިޓް-23"ގައި މިނިސްޓަރު މާރިޔާ ތަގުރީރުކުރައްވައިފި

އަންހެނުން ބާރުވެރިކުރުވުމާއި، އިޖުތިމާއީ އަދި ސިޔާސީ ގޮތުން އަންހެނުންނަށް ބާރުވެރިކަން ހޯދައިދިނުމުގެ އިތުރުން، ތައުލީމުގެ މުހިންމުކަމަށް މިނިސްޓަރު އަލިއަޅުއްވައިލެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 13:35
"އެފްރިކަން ވިމެން ސަމިޓް-23"ގައި މިނިސްޓަރު މާރިޔާ ތަގުރީރުކުރެއްވުން

"އެފްރިކަން ވިމެން ސަމިޓް-23"ގައި މިނިސްޓަރު މާރިޔާ ތަގުރީރުކުރެއްވުން

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ، އެފްރިކާގައި ކުރިއަށްގެންދާ "އެފްރިކަން ވިމެން ސަމިޓް-23"ގައި ތަގްރީރުކުރައްވައިފިއެވެ.

މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވީ އަންހެނުން ބާރުވެރިކުރުވުމާއި، އިޖުތިމާއީ އަދި ސިޔާސީގޮތުން އަންހެނުންނަށް ބާރުވެރިކަން ހޯދައިދިނުމުގެ އިތުރުން، ތައުލީމުގެ މުހިންމުކަމާއި، އެއްވެސް މީހަކު ބާކީނުކޮށް ކުރިއަށްދިއުމުގެ އިތުރުން، ކަންކަން އުނގަންނައިދިނުމާއި ދަސްކޮށްދިނުންފަދަ މައުލޫތަކަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިސްޓަރު ވަނީ، އެ ސަމިޓުގެ ހަވާސާގައި އެކަމަނާގެ ހަޔާތްޕުޅާއި މަސައްކަތްޕުޅާ ގުޅޭގޮތުން ޚާއްސަ ބަސްތީގަތުމެއް ދެއްވާފައެވެ. މި މިސަމިޓްގެ ތަފާތު ތީމްތަކަށް އަމާޒުކޮށް ބޭއްވޭ ޕެނަލް ޑިސްކަޝަންތަކުގައިވެސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި މަހު 11އާ 12 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮންނަ "އެފްރިކަން ވިމެން ސަމިޓް-23"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރު އެގައުމަށް ވަޑައިގަންނަވާފަވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިދަތުރުފުޅަކީ، އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ދައުވަތު އަރުވައިގެން އެކަމަނާ ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކާނަލް ހަސަން އާމިރުއާއި މިނިސްޓަރ ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރ 2 އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި، ސައުތު އެފްރިކާއަށް ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދު ފިޔަވައި އެހެން ހުރިހާ ޚަރަދެއް ކުރައްވާގޮތަށް ހަމަޖެހިފައިވަނީ ސަމިޓް އޯގަނައިޒްކުރާ ފަރާތުންކަން ފާހަގަކޮށްލެވެއެވެ.

މިއީ މ، އެފްރިކާ ބައްރަށް އަމާޒުކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް، އިޖްތިމާއީ، ދިފާއީ، ސިޔާސީ، އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ސަމިޓެކެވެ. މި ސަމިޓުގެ އެހީގައި، އެފްރިކާގެ ބައްރުގެ ބޭރުން، އެހެނިހެން ދާއިރާތަކާއި ރޮނގުތަކުން ފާހަގަކުރެވޭ ބޭކަނބަލުން ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީމިނިސްޓްރީ އޮފް ޑިފެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

06 މެއި 2025
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

06 މެއި 2025
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

04 އެޕްރީލު 2024

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު