Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"އެފްރިކަން ވިމެން ސަމިޓް-23"

"އެފްރިކަން ވިމެން ސަމިޓް-23" ގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު އެފްރިކާއަށް

މި ސަމިޓްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި މިނިސްޓަރު ތަޤްރީރުކުރައްވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މެއި 2023 | އަންގާރަ 22:09
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެކުނު އެފްރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ސިފައިންގެ އިސްވެރިންނާއެކު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެކުނު އެފްރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ސިފައިންގެ އިސްވެރިންނާއެކު

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މި މަހު 11 އާއި 12ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮންނަ "އެފްރިކަން ވިމެން ސަމިޓް-23"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފުރާވަޑައިގަންނަވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްއިން އެކަމަނާއަށް އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަތީފް އާއި މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަބްދުލްމަތީން އަހްމަދުއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޙަސަން ޢާމިރު އާއި މިނިސްޓަރ ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރު 2 ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅަކީ އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ދަޢުވަތު އެރުވައިގެން އެ ކަމަނާ ކުރައްވާ ދަތުރުފުޅެކެވެ. އެހެންކަމާއެކު އެކަމަނާއާއި އެކަމަނާގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ 2 ބޭފުންނަށް ސައުތު އެފްރިކާއަށް ވަޑައިގަތުމަށް ކުރައްވާ ދަތުރު ޚަރަދު ފިޔަވައި އެހެން ހުރިހާ ޚަރަދެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ ސަމިޓު އިންތިޒާމްކުރާ އޯގަނައިޒޭޝަނުގެ ފަރާތުންނެވެ.

މިސަމިޓަކީ އެފްރިކާގެ ބައްރަށް ޢަމާޒުކޮށް އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް، އިޖްތިމާއީ، ދިފާޢީ، ސިޔާސީ އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ސަމިޓެކެވެ. އަދި، މިސަމިޓުގައި އެފްރިކާގެ ބައްރުގެ ބޭރުން އެހެނިހެން ދާއިރާތަކާއި ރޮނގުތަކުން ފާހަގަކުރެވޭ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގެން، ތަޤްރީރްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަލްއުސްތާޛާ މާރިޔާ ދީދީ ވަނީ ސަމިޓުގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިފައެވެ. މީގެ އިތުރުން މި މިސަމިޓްގެ ތަފާތު ތީމްތަކަށް ޢަމާޒުކޮށް ބޭއްވޭ ޕެނަލް ޑިސްކަޝަންތަކުގައި ވެސް މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ޑިފެންސްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

06 މެއި 2025

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

06 މެއި 2025
ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް
06 މެއި 2025

މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

06 މެއި 2025
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި
11 މެއި 2024

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

11 މެއި 2024
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
04 އެޕްރީލު 2024

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

04 އެޕްރީލު 2024
މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް
16 ސެޕްޓެމްބަރު 2023

ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް

16 ސެޕްޓެމްބަރު 2023
ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް
30 އޯގަސްޓު 2023

އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ

30 އޯގަސްޓު 2023
އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ
29 އޯގަސްޓު 2023

ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ

29 އޯގަސްޓު 2023
ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ
11 އޯގަސްޓު 2023

އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި

11 އޯގަސްޓު 2023
އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި
11 އޯގަސްޓު 2023

މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ

11 އޯގަސްޓު 2023
މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު