Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިފެންސް މިނިސްޓްރީ

ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް

2019ގައި އުތުރުތިލަފަޅުގައި ކޯސްޓްގާޑު އުލަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި ޑޮކްޔަރޑެއް ތަރައްގީ ކުރުމަށް ހަމަޖެއްސި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 13:20
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާ

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާ

ސިޔާސީ މަޤުސަދު ހާސިލުކުރުމަށްޓަކައި ދިވެހި ސިފައިންނާއި ސިފައިންގެ މުއައްސަސާގެ އަގުވައްޓާލައި ސިފައިންފެ ކުރިމަގުގެ ތަރައްޤީ އަށް އުނިކަން އަންނަ ގޮތަށް ހަޤީޤަތާ ޚިލާފު ޕްރޮޕަގެންޑާ ފަތުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކ. އުތުރު ތިލަފަޅުގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރަމުންދާ 'އެކަތަ' ބަނދަރަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ޚަބަރުތަކެއް ކަމަށެވެ. އެގޮތުން، އެކަތަ ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑު އުޅަނދުތައް އަޅާފައި ބޭއްވުމަށާއި އެ އުޅަނދުފަހަރުތައް މަރާމާތުކުރުމަށްޓަކައި ތަރައްޤީކުރާ ބަނދަރެއް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. ޑިފެންސުން ބުނި ގޮތުގައި އުތުރު ތިލަފަޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ 2013ވަނަ އަހަރު، އޭރުގެ ޑިފެންސް މިނިސްޓަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެގޮތުން އުތުރުތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށް އެ ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހެޅި ކަމަށާއި 2016 ވަނަ އަހަރު ދެ ޤައުމު ދެމެދު ސޮއި ކުރި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ" ގައި ވެސް އެ ސަރަހައްދުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގަން އެއްބަސްވި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ ސްކޯޕް ހަނިކޮށް މި ސަރުކާރުން 2019 ވަނަ އަހަރު އުތުރު ތިލަފަޅުގައި ކޯސްޓްގާޑު އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އެ އުޅަނދުތަަައް މަރާމާތު ކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ހަމަޖެއްސި ކަމަށް ވެސް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެކަތަ ބަދަރާ ގުޅިގެން ފަތުރާ ޚަބަރުތަކާ ޚިލާފަށް އެ ބަނދަރުގައިވާ ހުރިހާ ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ދިވެހިންގެ އަމިއްލަ މިލްކިއްޔާތެއް ކަމަށެވެ. އެ ބަނދަރުގައި އެހެން އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމުވެ ނުތިބޭނެކަން އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ މިނިސްޓްރީން ދެއެވެ.

ދިވެހި ސިފައިންގެ މުއައްސަސާއަކީ ޤައުމުގެ އަމަންއަމާންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެ މުހިންމު އައްޑަނަކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީން ވަނީ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަލެއްގައި ސިފައިންގެ ތަރައްގިއަށް ހިންގޭ މުހިންމު ކަންކަމަށް ހުރަސްއަޅައި ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ އަގުވައްޓާލުމަށާއި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ސިޔާސީ ޕްރޮޕަގެންޑާ ފަތުރަމުންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ މިިނިސްޓްރީން ބުނެފަައި ވެއެވެ.

މިނިސްޓްރީ އޮފް ޑިފެންސްއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު