Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ ވެލްފެއަރ

ހައުސިންގ އެލަވަންސާއި ސިއްޙީ މައްސަލަތަކުގައި ސިފައިންނަށް ދޭ ޗުއްޓީގެ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްފައި - މާރިޔާ

ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް ވަނީ ޙައްލުކޮށް ދެއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 މެއި 2023 | ބުރާސްފަތި 02:25
ޑިފެންސް މިނިސްޓަރު މާރިޔަ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔަ އަހުމަދު ދީދީ

ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސް ދެވިފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެޖުޓަންޓް ޖެނަރަލް ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް ހޮޔޮ ބަދަލުތަކެއް ގެނެސް ދެވިފައިވާއިރު، މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް ވަނީ ޙައްލުކޮށް ދެއްވާފައި ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މިހިސާބުން ސިފައިންގެ ވެލްފެއާގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނިންމާލީކީ ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި މިޔަށްވުރެންވެސް ފުން، އަދި މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ ކަމަށާއި، އެމަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު