Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަސްކަރީ ގުޅުން ވަރުގަދަކުރުން

އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން ޔޫއޭއީ އާއެކު މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ޚާއްސަ މަޝްވަރާތައް ކުރިއަށްދިޔަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ފެބުރުއަރީ 2023 | ހުކުރު 13:12
ޔޫއޭއީއާއެކު ކުރިއަށްދިޔަ މަޝްވަރާގެ ތެރެއިން

ޔޫއޭއީއާއެކު ކުރިއަށްދިޔަ މަޝްވަރާގެ ތެރެއިން

ދިވެހިރާޖެއާއި، ޔުނއިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އަސްކަރީ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށްގެންގޮސްފައިވަނީ އަބޫދާބީގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން (އައިޑީއީއެކްސް 2023) ގެ ތެރެއިންނެވެ. މި އެގްޒިބިޝަންގެ ތެރެއިން ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީސާ ސައިފް ބިން އަބްލަން އަލް މަޒޫރީއާ ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އަސްކަރިއްޔާއާ ގުޅުންހުރި ކަންކަމަށް ޚާއްސަކޮށް އަލިއަޅުވާލައްވާފައިވެއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފާއެކު ބޭއްވުނު ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދެވިފައިވާކަމަށެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރިއަށްއޮތްތަނުގައި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްޔޫއޭއީ

އިތުރަށް ކިޔާލަން

16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
06 މެއި 2025

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

06 މެއި 2025
ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް
06 މެއި 2025

މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

06 މެއި 2025
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
27 އޯގަސްޓު 2024

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު