Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. ފީވައް

ފީވަކު ޕޮލިސް ސްޓޭޝަން އެޅުމަށް ބޮޑު ބިމެއް ދިން ނަމަވެސް މަސައްކަތް ކުރިއަށްދަނީ ލަސް ދުވެއްޔެއްގައި!

2 ނޮވެމްބަރު 2026 | ހޯމަ 11:55

ށ. ފީވަކުގައި ޕޮލިސް ސްޓޭޝަން އެޅުމަށް 16,500 އަކަފޫޓުގެ ބިމެއް ކައުންސިލުން ދޫކޮށްފައިވީ ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ދުވެލި އިންތިހާއަށް ލަސްވުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަށް އަހަރެއްވީއިރު، ފެންނަން އޮތީ ހަމައެކަނި ދަގަނޑުތަކެއް ޖަހާފައިވާ މަންޒަރު ކަމަށް ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 2 ނޮވެމްބަރު 2026 | ހޯމަ 11:55

ށ.ފީވަކުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ށ. ފީވަކުގައި އިމާރާތް ޕޮލިސް ސްޓޭޝަންގެ މަސައްކަތަށް އެ ރަށު ކައުންސިލުން ބޮޑު ބިމެއް ހަމަޖައްސައިދީފައި ވީނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. 

މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފީވަކު ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ވިދާޅުވީ، ޕޮލިސް ސްޓޭޝަން އެޅުމަށް އެންމެ ފުރަތަމަ އެދުމުން ކައުންސިލުން ދޫކުރީ 10,000 އަކަފޫޓުގެ ބިމެއް ކަމަށެވެ. ނަމަވެސް އެ ބިން ކުޑަވެގެން އަލުން އެދުމާ ގުޅިގެން، ކައުންސިލުން ފަހުން 16,500 އަކަފޫޓުގެ ބޮޑު ބިމެއް އެ މަސައްކަތަށް ދޫކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އަލީ ރިޒާ ވިދާޅުވީ، އެ މަޝްރޫއުގެ ބިންގާ 14 އޮކްޓޫބަރު 2025 ގައި އަޅައި އަމަލީ މަސައްކަތް ފެށި ނަމަވެސް، މަސައްކަތް ކުރިއަށްދާ މިންވަރު ފެންނަނީ ވަރަށް ދަށްކޮށް ކަމަށެވެ. މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ފެނުނު ނަމަވެސް، މުޅި މަޝްރޫއުގެ ދުވެލި ހުރީ ވަރަށް ބޮޑަށް ލަސްވެފައި ކަމަށާއި، އަހަރު ދުވަސްވީއިރު، ދަގަނޑު ކޮޅެއް ޖެހުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަލީ ރިޒާ ވިދާޅުވީ، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސައިޓުގައި އާންމުކޮށް ހަރަކާތްތެރިވަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި، ގާތްގަނޑަކަށް 10 މީހުން މަސައްކަތުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި  ޕޮލިސް ސްޓޭޝަންގެ މަސައްކަތުގެ ސްޕީޑާމެދު ކަންބޮޑުވުން އެބައޮތް ކަމަށާއި، މިސްޕީޑްގައި ކުރިއަށްދާނަމަ މަސައްކަތް އަވަހަށް ނިމޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕޮލިސް ސްޓޭޝަންއަލީ ރިޒާށ. ފީވައް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2026

ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން

31 އޮކްޓޯބަރު 2026
ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން
31 އޮކްޓޯބަރު 2026

ހާލު ކިހިނެއް؟: މީހުން ވަޒީފާއިން ވަކި ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ފީވަކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

31 އޮކްޓޯބަރު 2026
ހާލު ކިހިނެއް؟: މީހުން ވަޒީފާއިން ވަކި ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ފީވަކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
29 އޮކްޓޯބަރު 2026

ށ ފީވަކު މޫދަށް އެރޭ ސަރަހައްދު ތަރައްގީކުުރުމުގެ މަޝްރޫއު: ޖުމްލަ 5 ދުވަހު މަސައްކަތް ކުރުމަށްފަހު ހުއްޓިފައި!

29 އޮކްޓޯބަރު 2026
ށ ފީވަކު މޫދަށް އެރޭ ސަރަހައްދު ތަރައްގީކުުރުމުގެ މަޝްރޫއު: ޖުމްލަ 5 ދުވަހު މަސައްކަތް ކުރުމަށްފަހު ހުއްޓިފައި!
28 އޮކްޓޯބަރު 2026

ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!

28 އޮކްޓޯބަރު 2026
ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!
26 އޮކްޓޯބަރު 2026

ށ. ފީވަކު ކުޑަކުދިންގެ ޕާކް މަޝްރޫއު: މަސައްކަތް ފެށިތާ އަހަރެއް ވެގެން ދިޔަ އިރު އަދި ރޭނުނީ ވަށާފާރު!

26 އޮކްޓޯބަރު 2026
ށ. ފީވަކު ކުޑަކުދިންގެ ޕާކް މަޝްރޫއު: މަސައްކަތް ފެށިތާ އަހަރެއް ވެގެން ދިޔަ އިރު އަދި ރޭނުނީ ވަށާފާރު!
25 އޮކްޓޯބަރު 2026

ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތި 11 މަސް!

25 އޮކްޓޯބަރު 2026
ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތި 11 މަސް!
23 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ބުރަ އުފުލަން ޖެހެނީ ރަށުގެ ތަރައްގީގެ ބަޖެޓުން: ފީވަކު ކައުންސިލްގެ ރައީސް

23 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ބުރަ އުފުލަން ޖެހެނީ ރަށުގެ ތަރައްގީގެ ބަޖެޓުން: ފީވަކު ކައުންސިލްގެ ރައީސް
23 އޮކްޓޯބަރު 2026

ށ. ފީވަކު ބިމުގެ 80 އިންސައްތައަކީ ޗަކަބިން، 137 ގޯތީގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް!

އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތަކަށް ކުރިމަތިވި ބޮޑު ދައްޗެއް: ފީވަކު ކައުންސިލްގެ ރައީސް

23 އޮކްޓޯބަރު 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތަކަށް ކުރިމަތިވި ބޮޑު ދައްޗެއް: ފީވަކު ކައުންސިލްގެ ރައީސް
07 އޮކްޓޯބަރު 2026

މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!

07 އޮކްޓޯބަރު 2026
މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް