Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. ފީވައް

ށ. ފީވަކު ބިމުގެ 80 އިންސައްތައަކީ ޗަކަބިން، 137 ގޯތީގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް!

23 އޮކްޓޯބަރު 2026 | ހުކުރު 07:49

ށ. ފީވަކުގެ ޗަކަބިން ސަރަހައްދުން ދޫކޮށްފައިވާ 137 ގޯތި ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރެއް ވެފައިވާތީ، އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ގޯތިތައް ހުރި ސަރަހައްދަކީ ދަނޑުވެރިކަން ކުރާ ޗަކަބިމަކަށް ވުމުން، ބިން ހިއްކައިގެން ނޫނީ އެތަނުގައި ގެދޮރު ބިނާކޮށް ދިރިއުޅެވޭނެ މަގެއް ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޮކްޓޯބަރު 2026 | ހުކުރު 07:49
ށ.ފީވައް، މިއީ ގާތްގަނޑަކަށް 80 އިންސައްތަ ޗަކަބިން އޮންނަ ރަށެއް

ށ.ފީވައް، މިއީ ގާތްގަނޑަކަށް 80 އިންސައްތަ ޗަކަބިން އޮންނަ ރަށެއް | ސޯޝަލް މީޑިއާ

ށ. ފީވަކުގައި ދޫކޮށްފައިވާ 137 ގޯތީގެ ބިން ހިއްކުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހު ކުރުމަށްފަހު ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާތީ، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ރަޝީދު ވިދާޅުވީ، ފީވަކަކީ އުފެދުމުގައި ވެސް ގާތްގަނޑަކަށް 80 އިންސައްތަ ޗަކަބިން އޮންނަ ރަށެއް ކަމަށާއި، ރަށުގައި ފުރަތަމަ މީހުން ދިރިއުޅެން ފެށީ ހިކި ތަންކޮޅުގައި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހިކި ބިން ނެތުމުގެ ސަބަބުން ރަށުގައި ގެދޮރުއެޅޭނެ ގޮތެއް ނެތި، އަދި އަމިއްލަ ގެދޮރަށް ދެވޭނެ މަގެއް ނެތުމުން މީގެ ކުރިން ވަރަށް ގިނަ ރައްޔިތުން ރަށް ދޫކޮށް ދާންޖެހުނު ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ވެސް އެ ރަށުގައި 113 ގޯއްޗެއްގެ ބިން ހިއްކައިދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މި ސަރުކާރު އައުމަށްފަހު ވެސް ރައްޔިތުން އެންމެ ބޭނުންވި އެއް ކަމަކީ މިހާރު ދޫކޮށްފައިވާ 137 ގޯތީގެ ބިން ހިއްކުން ކަމަށާއި، އެކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވި ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. 

އަޅުގަނޑަށް ޑރ. މުއިއްޒުއާ ވެސް ބައްދަލުވީ މިދިޔަ އަހަރުގެ މެއި ގައި. އަޅުގަނޑާ އެކީގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ބޮޑަށް އެދުނު އެއްކަމަކީ މި ދެންނެވި މިހާރު ދޫކޮށްފައި އޮތް 137 ގޯތި ބިން ހިއްކައިދިނުން. އަޅުގަނޑަށް އެ ދުވަހު ހަމަ ޑރ. މުއިއްޒު ދެންނެވީ ރައީސަށް މައްސަލައެއް ނެތޭ. އަޅުގަނޑުމެން ހަމަ ވަރަށް ގާތުން އެކަން ކޮށްދެއްވައި ތިޔަ ހައްލެއް ހޯއްދަވައިދެއްވާނަމޭ
އަލީ ރަޝީދު  

މި ބައްދަލުވުމަށްފަހު ވަރަށް އަވަހަށް މަސައްކަތް ފެށި، މޫދަށް އެރޭ ތަނެއް ކޮނުމުގެ ތެރެއިން ލިބޭ ވެލިން އެ ގޯތިތައް ހިއްކުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހު ކުރިއަށްދިޔަކަން ފާހަގަކުރައްވައި އަލީ ރަޝީދު ވިދާޅުވީ، ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ އެއް އަހަރު ދުވަސް ވެފައިވާ ކަމަށާއި، މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަމަށެވެ.  

މީގެ އިތުރުން ދޫކޮށްފައިވާ 137 ގޯއްޗަށް ވަގުތީ ރަޖިސްޓްރީ ދީފައިވީ ނަމަވެސް، އެ ބިމަކީ ޗަކަބިމަކަށްވެފައި ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ވާތީ މުޅި ތަނުގައި ރުކާއި ގަސް ހުރުމުން ކައުންސިލުން ގޮސް އިން ވަކިކޮށް ދާއިމީ ރަޖިސްޓްރީ ހަދައިދެވެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި އެ ސަރަހައްދަށް ވަދެއުޅުމަކީ ވެސް ދަތި އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތިތައް ހަވާލުކުރުން ލަސްވާތީ ކައުންސިލަށް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި، ޒުވާނުން އަދިވެސް ދިރިއުޅެމުންދަނީ އާއިލާގެ މުސްކުޅި ގޯތިތަކުގައި ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ލިބޭ މަދު އާމްދަނީން އެފަދަ ގޯތިތައް އިތުރަށް ތަރައްގީ ކުރުމަކީ މާދަމާ އެތަންތަން ބަހަން ޖެހޭތީ ރަނގަޅު ގޮތަކަށް ނުވާތީ، ޒުވާނުންނާއި ރައްޔިތުންގެ އެދުމަކީ ވީހާވެސް އަވަހަކަށް އެ ބިން ހިއްކައި އަމިއްލަ ގެދޮރު ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިވުން ކަމަށެވެ. 

ށ. ފީވައްއަލީ ރަޝީދުބިން ހިއްކުން

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތަކަށް ކުރިމަތިވި ބޮޑު ދައްޗެއް: ފީވަކު ކައުންސިލްގެ ރައީސް

23 އޮކްޓޯބަރު 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތަކަށް ކުރިމަތިވި ބޮޑު ދައްޗެއް: ފީވަކު ކައުންސިލްގެ ރައީސް
30 އޯގަސްޓު 2026

ހާލު ކިހިނެއް ދ. މާއެނބޫދޫ: ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވުން

30 އޯގަސްޓު 2026
ހާލު ކިހިނެއް ދ. މާއެނބޫދޫ: ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވުން
10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
19 ސެޕްޓެމްބަރު 2022

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި

19 ސެޕްޓެމްބަރު 2022
4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި
14 އޯގަސްޓު 2022

ށ. ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ

14 އޯގަސްޓު 2022
ށ. ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ
07 ޖެނުއަރީ 2022

"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ޗެމްޕިއަންކަން ހަކުރު އެފްސިީއަށް

07 ޖެނުއަރީ 2022
"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ޗެމްޕިއަންކަން ހަކުރު އެފްސިީއަށް
06 ޖެނުއަރީ 2022

ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

06 ޖެނުއަރީ 2022
ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ
05 ޖެނުއަރީ 2022

"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ފައިނަލަށް ހަކުރު އެފްސީ އާއި ކުލަބު ފުއްޓަރު ދަތުރުކޮށްފި

05 ޖެނުއަރީ 2022
"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ފައިނަލަށް ހަކުރު އެފްސީ އާއި ކުލަބު ފުއްޓަރު ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް