Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. ފީވައް

ށ ފީވަކު މޫދަށް އެރޭ ސަރަހައްދު ތަރައްގީކުުރުމުގެ މަޝްރޫއު: ޖުމްލަ 5 ދުވަހު މަސައްކަތް ކުރުމަށްފަހު ހުއްޓިފައި!

29 އޮކްޓޯބަރު 2026 | ބުރާސްފަތި 14:06

ށ. ފީވަކު މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށުމަށްފަހު ހުއްޓިފައިވާތީ، އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ، ކުރިން ކޮނުނު ސަރަހައްދަށް އަލުން ވެލި އަރައި ރަށުގެ ގޮނޑުދޮށަށް ގެއްލުންވަމުންދާކަން ކައުންސިލުން ފާހަގަކުރޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 14:06

ށ ފީވަކު މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުުރުމުގެ މަޝްރޫއު: ޖުމްލަ 5 ދުވަހު މަސައްކަތް ކުރުމަށްފަހު މަޝްރޫއު ހުއްޓިފައި! | ރާއްޖެ އެމްވީ

ށ. ފީވަކު މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫއު ތަރައްގީކުރުން ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ފީވަކު ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ދެއްވި އިންޓަވިއުގައި ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ފެށުނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނަމަވެސް އަމަލީ މަސައްކަތް ފަށާފައިވަނީ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، ދެތިން ދުވަހު މަސައްކަތް ކުރުމަށްފަހު މަގެއް ހިއްކުމަށް އެތަނުން ނެގި ވެލިތައް އަޅާފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން މަސައްކަތެއްނުކޮށް ހުރުމަށްފަހު މިއަހަރުގެ މެއި ހިސާބުގައި މަސައްކަތް ފަށައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރުުމަށްފަހު ހުއްޓާލާފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ. 

މިހާރު މިއޮތީ އަނެއްކާ ވެސް އެ ކުރިން ކޮނުނު ވަރަށް ހަމަ ކޮންނަން ވެފައި، އެއީ މިރަށަކީ އެއީ ވެލިގަނޑަކީ އަބަދުވެސް ދައުރުވަމުންދާ ވެލިގަނޑެއް ވީމަ މޫސުމީ ބަދަލުތަކާއި އެކީގައި އެ ހުރިހާ ވެލި އައިސްފައި އަނެއްކާ ވެސް އެ އެޅެނީ މިތާ އެތެރެއަށް، އެޅުނީމަ އަނެއްކާވެސް ރަށުގައި އިންނަ ވެލިކޮޅު ކުޑަވެ އެ އެއްޗެހިތައް އެއްގަމަށް ނަގަން މި ޖެހެނީ އަނެއްކާ ވެސް މިކަން ކުރަން ބޭނުމިއްޔާމު 
އަލީ ރިޒާ

މި މަސައްކަތް ފަށަން ޖެހޭނީ ތަން ހިމާޔަތްކުރުމަށްފަހުގައި ކަން ފާހަގަކުރައްވާ ރިޒާ ވިދާޅުވީ މިހާރު އެކަން ކޮށްފައި އޮތްގޮތުން ތިމާވެށީގެ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މި މަސައްކަތަށް ގެނައި ވެހިކަލްތައް މިހާރު ރަށުގައި ނެތް ނަމަވެސް މަސައްކަތަށް ރަށުން ނަގާފައިވާ މީހުން ކޮންމެ ދުވަހު މަސައްކަތަށް ނުކުމެ ވިނަކޮޅެއް ނޮޅާލުން ފަދަ ކަންކަން ކުރާ ކަމަށް ރިޒާ ވިދާޅުވި އެވެ. 

މި މަޝްރޫއަކީ ރައީސް މުއިއްޒު 2025 ވަނަ އަހަރުގެ ތެރޭގައި ފީވަކަށް ވަޑައިގެން އިފްތިތާހުކޮށްދެއްވި މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. 

މޫދަށް އެރޭ ސަރަހައްދުށ. ފީވައް

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!

28 އޮކްޓޯބަރު 2026
ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!
26 އޮކްޓޯބަރު 2026

ށ. ފީވަކު ކުޑަކުދިންގެ ޕާކް މަޝްރޫއު: މަސައްކަތް ފެށިތާ އަހަރެއް ވެގެން ދިޔަ އިރު އަދި ރޭނުނީ ވަށާފާރު!

26 އޮކްޓޯބަރު 2026
ށ. ފީވަކު ކުޑަކުދިންގެ ޕާކް މަޝްރޫއު: މަސައްކަތް ފެށިތާ އަހަރެއް ވެގެން ދިޔަ އިރު އަދި ރޭނުނީ ވަށާފާރު!
25 އޮކްޓޯބަރު 2026

ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތި 11 މަސް!

25 އޮކްޓޯބަރު 2026
ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތި 11 މަސް!
23 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ބުރަ އުފުލަން ޖެހެނީ ރަށުގެ ތަރައްގީގެ ބަޖެޓުން: ފީވަކު ކައުންސިލްގެ ރައީސް

23 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ބުރަ އުފުލަން ޖެހެނީ ރަށުގެ ތަރައްގީގެ ބަޖެޓުން: ފީވަކު ކައުންސިލްގެ ރައީސް
23 އޮކްޓޯބަރު 2026

ށ. ފީވަކު ބިމުގެ 80 އިންސައްތައަކީ ޗަކަބިން، 137 ގޯތީގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް!

އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތަކަށް ކުރިމަތިވި ބޮޑު ދައްޗެއް: ފީވަކު ކައުންސިލްގެ ރައީސް

23 އޮކްޓޯބަރު 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތަކަށް ކުރިމަތިވި ބޮޑު ދައްޗެއް: ފީވަކު ކައުންސިލްގެ ރައީސް
19 ސެޕްޓެމްބަރު 2022

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި

19 ސެޕްޓެމްބަރު 2022
4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި
14 އޯގަސްޓު 2022

ށ. ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ

14 އޯގަސްޓު 2022
ށ. ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ
07 ޖެނުއަރީ 2022

"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ޗެމްޕިއަންކަން ހަކުރު އެފްސިީއަށް

07 ޖެނުއަރީ 2022
"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ޗެމްޕިއަންކަން ހަކުރު އެފްސިީއަށް
06 ޖެނުއަރީ 2022

ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

06 ޖެނުއަރީ 2022
ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް