Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުވެރި މެޗިންގް ގްރާންޓް

ޓްރާންސްފޯ ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" އަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

2 ނޮވެމްބަރު 2026 | ހޯމަ 10:43

މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ވޯލްޑް ބޭންކުގެ އެހީގައި ހިންގާ 278 މިލިއަން ރުފިޔާގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމުގެ ފަސް ދާއިރާއަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި. ހޮވޭ މަޝްރޫއުތަކަށް 40 އިންސައްތަ ހިލޭ އެހީ ދޭ މި ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ނޮވެމްބަރު 30 ގައި. މީގެ މައިގަނޑު މަގްސަދަކީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވައި، މި ސިނާއަތްތަކުގައި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތައް ގާއިމުކުރުން

ދެލިކޮޕީ
ދެލިކޮޕީ | 2 ނޮވެމްބަރު 2026 | ހޯމަ 10:43
ދިވެހިންގެ ލޭނާރު ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން

ދިވެހިންގެ ލޭނާރު ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން | ވަގުތު.އެމްވީ

ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯ ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލައިފި އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމުގެ މަގްސަދުގައި، ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ސްކީމްގެ ހަތް ދާއިރާގެ ތެރެއިން މިހާރު ހުޅުވާލާފައިވަނީ ފަސް ދާއިރާއެކެވެ. މި ސްކީމަށް ހުށަހަޅައިގެން ހޮވޭ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ގޮތުގަ އެވެ.

Advertisement - newsAdvertisement

މި ފަހަރު ފުރުސަތު ހުޅުވާލެވުނު 5 ދާއިރާއަކީ:

• ފިޝިން ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް: މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ނިޒާމުތައް ގާއިމުކުރުމަށް ދޭ އެހީ

• ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް (ދަނޑުވެރިކަން): ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމްރާނީ ތަރައްގީއަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިންގާ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ބޭނުންވާ ނިޒާމުތައް ތަރައްޤީކުރުމަށް ދޭ އެހީ

• މެރިކަލްޗާ ޑިވެލޮޕްމަންޓް ގްރާންޓް: މެރިކަލްޗަ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ އަދި މިހާރުވެސް އެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ކުރިއެރުވުމަށް ދޭ އެހީ

• ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް (ޕްރޮސެސިންގ): މަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ދޭ އެހީ

• އެސްއެމްއީ ޑިވެލޮޕްމަންޓް ގްރާންޓް: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި (ވެލިއު އެޑެޑް) އުފެއްދުންތައް އިތުރުކުރުމަށާއި ވިޔަފާރިތައް ސިންދަފާތު ކުރުމަށް ދޭ އެހީ އެވެ. އަދި މި ދާއިރާއިން ޚާއްސަކޮށް އަންހެނުންނާއި ޒުވާނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދެވޭނެ

މި ސްކީމްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ. އަދި މީގެ އިތުރުން ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކޮށް، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ އައު ފުރުސަތުތައް ފަހިކޮށްދިނުން ވެސް ހިމެނެ އެވެ.

މި ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު މި މަޝްރޫއުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ބޭނުންވާ ލިޔެކިޔުންތަކާއެކު ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މަސްވެރިން

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

18 ޖުލައި 2026

މުލަކުން ސަރުކާރަށް ޝަކުވާގެ އެތައް ރާޅެއް: '65 އަހަރު ވާން ކައިރިވަނީ، މިހާ ދޮގުހަދާ މިނިސްޓަރެއް ވެސް ރައީސަކު ވެސް ނުދެކެން!'

18 ޖުލައި 2026
މުލަކުން ސަރުކާރަށް ޝަކުވާގެ އެތައް ރާޅެއް: '65 އަހަރު ވާން ކައިރިވަނީ، މިހާ ދޮގުހަދާ މިނިސްޓަރެއް ވެސް ރައީސަކު ވެސް ނުދެކެން!'
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
12 އެޕްރީލު 2026

ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި

12 އެޕްރީލު 2026
ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި
17 މާރިޗު 2026

ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

17 މާރިޗު 2026
ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި
13 ޑިސެމްބަރު 2025

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް