Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމ. މުލައް

މުލަކުން ސަރުކާރަށް ޝަކުވާގެ އެތައް ރާޅެއް: '65 އަހަރު ވާން ކައިރިވަނީ، މިހާ ދޮގުހަދާ މިނިސްޓަރެއް ވެސް ރައީސަކު ވެސް ނުދެކެން!'

މަސްވެރިކަމުގެ ދަތިތައް: މަސްވެރިންގެ ދުވަހު ފިޝަރީޒް މިނިސްޓަރު މުލަކާއި ވޭވަށުގައި އައިސްޕްލާންޓް ބަހައްޓާނެ ކަމަށް ވިދާޅުވި ނަމަވެސް، މިއަދާ ހަމައަށްވެސް އެކަމެއް ނުވޭ. ރައްޔިތުން ތުހުމަތުކުރާ ގޮތުގައި މި މަޝްރޫއު ހަވާލުކުރީ ގާބިލުކަން ނެތް ކުންފުންޏަކާ. ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެ، ކުރިން 600-700 ރުފިޔާއަށް އެރި ބިލުތައް މިހާރު 4,000 ރުފިޔާއަށް އަރާ ކަމަށް ވެސް ރައްޔިތުން ބުނޭ. ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެ، ބިހެއްގެ އަގުވެސް ވަނީ 3 ރުފިޔާއަށް އުފުލިފައި. ރަށުގެ ވިޔަފާރިތަކުގެ ދުވަހުގެ ސޭލްސް 10,000 އިން 5,000 ރުފިޔާއަށް ވަނީ ދަށަށް ގޮސްފައި. ރާއްޖެއިން ބޭރުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20.50 ރުފިޔާއަށް އަރާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ޖުލައި 2026 | ހޮނިހިރު 14:32
މ. އަތޮޅު މުލަކު ދެ ރައްޔިތުން: އެ ރަށުން ވަނީ މި ސަރުކާރާ މެދު އޮތް ކުރާ ޝަކުވާތައް ބަންޑުން ކޮށްލާފައި

މ. އަތޮޅު މުލަކު ދެ ރައްޔިތުން: އެ ރަށުން ވަނީ މި ސަރުކާރާ މެދު އޮތް ކުރާ ޝަކުވާތައް ބަންޑުން ކޮށްލާފައި | ރާއްޖެއެމްވީ

މ. އަތޮޅު މުލަކަކީ ޒަމާނުއްސުރެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ، އެ ސިނާއަތަށް ބަރޯސާވެފައިވާ ރަށަކަށް ވީނަމަވެސް، މިއަދު އެ ރަށުގެ މަސްވެރިން ތިބީ އިންތިހާއަށް މާޔޫސްވެ، މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ.

ރާއްޖެޓީވީގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި އެ ރަށުގެ ރައްޔިތުންގެ އިހުސާސްތައް ވަނީ ބަންޑުންކޮށްލާފަ އެވެ. މަސްވެރިކަމުގެ ދާއިރާގައި 45 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށް، ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ދުވަސްވީ މަސްވެރިން ފާހަގަކުރާ ގޮތުގައި، މިދިޔަ މަސްވެރިންގެ ދުވަހު ފިޝަރީޒް މިނިސްޓަރު އެ ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކާއި އަމަލީ ގޮތުން ކަންކަން ހިނގަމުންދާ ގޮތާ ދެމެދު އުޑާއި ބިމުގެ ތަފާތެއް އެބަހުއްޓެވެ.

އޭރު މިނިސްޓަރު ރަށުގެ ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މުލަކުގައި އައިސް ޕްލާންޓެއް ބަހައްޓައި ޚިދުމަތް ދޭން ފަށާނެ ކަމަށާއި، އަދި ކައިރީގައި އޮތް ވޭވަށުގައި ވެސް ބަހައްޓަންޖެހޭ އައިސް ޕްލާންޓްގެ މަސައްކަތް ހަލުވިކަމާއެކު ނިންމަވައިދެއްވާނެ ކަމަށެވެ. ނަމަވެސް، އެ ދުވަސް ފާއިތުވެ، މަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް އެއިން އެއްވެސް ކަމެއް ހަގީގަތަކަށް ނުވެ، މަސްވެރިންނަށް މިއަދާ ހަމައަށް ވެސް އައިސް ލިބޭނެ އެއްވެސް މަގެއް ފަހިވެފައެއް ނެތެވެ.

މި ބޮޑު މަޝްރޫއުގެ ސޮއިކުރުމުގެ ރަސްމިއްޔާތު ހިނގާދިޔަ ގޮތާ މެދުވެސް ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާއި ފާޑުކިޔުންތައް އިންތިހާއަށް ބޮޑެވެ. ރަށުގެ ރައްޔިތުންގެ ކުރިމަތީގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން، މުލަކު އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެފަދަ ބޮޑެތި ސިނާއީ މަޝްރޫއުތައް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނުވަތަ ގާބިލުކަމެއް ނެތް، އާންމު ދިރިއުޅުމުގައި "ފޮތް ފަންސޫރު ވިއްކާ" ފަދަ ކުޑަ ވިޔަފާރިއެއް ކުރާ ފަރާތަކާ ކަމަށް މަސްވެރިން ތުހުމަތު ކުރެ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިންވެސް، އެފަދަ ކުންފުންޏަކާ މި މަސައްކަތް ހަވާލުކޮށްގެން މުލަކަށް ދުވަހަކު ވެސް އައިސްޕްލާންޓެއް ނާންނާނެ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއިރު، މިއަދުގެ ހާލަތުން ސާބިތުވަނީ އެ ދުވަހު މަސްވެރިން ދެއްކި ވާހަކައިގެ ތެދުކަން ކަމަށް އެ ރަށުން ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. 

ދޮގު ހެދުމުގައި ވެސް މިނިސްޓަރު އެ ހުންނެވީ މިހާރު ހައްދުފަހަނައަޅާފައި. އަހަރުމެން ދެކޭ ގޮތުގައި އަދިއަކު އަހަރެމެން ހަނދާނަކު ނެތް، 65 އަހަރު ވާން ކައިރި ވަނީ، އަދި ހަނދާނަކު ނުފެނޭ މިހާ ދޮގު ހަދާ މިނިސްޓަރެއް ވެސް ރައީސަކު ވެސް. ރައީސް ވިދާޅުވީ 45 ދުވަހުގެ ތެރޭގައި މުލަކުގައި ތާރު އަޅައި ނިންމާނަމޭ. އެންމެ ބޮޑު ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ ކުރިމަތީގައި ރައީސް ވަަޑައިގެން އައިސްޕްލާންޓް މަޝްރޫއުގަ ސޮއިކުރުން. އެއީ ސީދާ ފޮތް ފަންސޫރު ވިއްކާ މީހެއް. ފޮތް ފަންސޫރު ވިއްކާ މީހަކާ، މަސްވެރިންގެ ދުވަހު ވެސް ހަމަ ބުނިން ފޮތް ފަންސޫރު ވިއްކާ މީހަކާ އޭ ސޮއިކުރުވީ އެ އައިސް ޕްލާންޓެއް ނާންނާނޭ މުލަކަކަށް. އަދިވެސް އެގޮތަށް އެ އޮތީ
މ. މުލަކުން ކަންބޮޑުވުން ފާޅުކުރި މަސްވެރިއެއް

މީގެ އިތުރުން، މުލަކު އަތޮޅުގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް އަޅާފައިވާ ތިން ބޮޔެއް ކަނޑައިގެން ގޮސްފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު، އެ ބޮއިތައް އަލުން އެޅުމާ ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީއަށް ސީދާ މެސެޖުކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގުޅައިގެން ކުރި އެއްވެސް ސުވާލަކަށް މިއަދާ ހަމައަށްވެސް އެދެވޭ ޖަވާބެއް ނުވަތަ އަލުން ބޮއި އެޅޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ލިބިފައެއް ނެތެވެ. ސަރުކާރުގެ އެހީތެރިކަމެއް ނުލިބުމުން، މަސްވެރިން އަމިއްލައަށް އިސްނަގައިގެން ކަންނެލި އޮޑިފަހަރަށް ގުޅައި، މުލަކު ފަޅުތެރޭގައި އޮތް އެއް ބޮޔާއި އަދި އެހެން ބޮޔެއް މާލެއަށް އުފުލައި ޚިދުމަތް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ޖެހުނެވެ.

މި ބޮޑު އިހުމާލުގެ ސަބަބުން، މުލަކު މަސްވެރިންނަށް މިހާރު ކައިރި ހިސާބުތަކުން މަސްވެރިކަން ކުރެވެން ނެތްއިރު، ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މޭލެއް ކަޑަތުކޮށް، ބޮޑު ޚަރަދު ކޮށްފައި ދާންޖެހެނީ ރަށާ މާ ދުރުގައިވާ ވިލުފުށި ބޮޔަށް، ގުރައިދޫ ބޮޔަށް ނުވަތަ ލ. އަތޮޅުގެ ބޮއިތަކަށެވެ. ރައްޔިތުން ދެކޭގޮތުގައި ވެރިންގެ އިތުރުން ރައީސް ވެސް މިހާރު ވަނީ ދޮގުހެއްދެވުމުގައި ހައްދުފަހަނައަޅާފަ އެވެ. 

ރަށުގެ އާންމު ދިރިއުޅުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތަށް ބަލާއިރު، ދިރިއުޅުމުގެ އަސާސީ ޚަރަދުތައް އަތްނުފޯރާ ފަށަށް ބޮޑުވެ، ކަރަންޓު ބިލުތަކުން ރައްޔިތުންގެ ޖީބުތައް ވަނީ މުޅިން ހުސްވާން ކައިރިވެފަ އެވެ. ގޭގޭގައި ކުރިން އެންމެ އޭސީ އެއް ބޭނުންކުރިއިރު މަހެއްގެ މައްޗަށް 600 ނުވަތަ 700 ރުފިޔާއަށް އެރި ކަރަންޓު ބިލު، ދެވަނަ އޭސީ އެއް ހަރުކުރި ފަހުން މިހާރު އަރަނީ ބޮޑު ޝޮކެއް ލިބޭ ފަދަ ބޮޑު އަދަދަކަށެވެ. ގިނަ ގޭއްގޭގެ ބިލުތައް 4,000 ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާއިރު، މި މައްސަލާގައި ބިލުތައް ހިފައިގެން ރަށުގެ އިންޖީނު ގެއަށް ގޮސް ޝަކުވާ ކުރުމުން ވެސް، އެ ތަނުން ލިބެނީ އެއީ "ހަމަ ބޭނުންކުރާތީ އަރާ އަދަދެއް" ކަމުގެ ފިނި އަދި ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ.

ކަރަންޓު ބިލު ވެސް އެހާ ބޮޑު. އަހަރުމެންގެ އިންނާނީ އެއް އޭސީ ކުރިން. އޭރު އަރަނީ 600 ނުވަތަ 700 ރުފިޔާ. މިހާރު އަރާ 4،000 ރުފިޔާ. ދެ އޭސީ ބޭންދި ފަހުން އަރާ ހަމަ. އެ އަރަނީ ދޯ. އާނ އެމީހުން ކައިރީ އެހިން ދޯ. ބިލު ވެސް ހިފައިގެން ދިޔައިން އިންޖީނު ގެޔަށް ވެސް. އެމީހުން ބުނީ ހަމަ ބޭނުން ކުރާތީ އޯ އެ އަރަނީ. ހަމަ ބޭނުން ކުރި އެއްޗެހި ދޯ މި ބޭނުން ކުރަނީ. އިތުރަކަށް ބޭނުމެއް ނުކުރާނެ ދޯ. ހަމަ ތިބި މީހުން ތިބީ. ވިޔަސް ވަނީ މަދު. ދެ މީހުން މި ތިބެނީ. އެކަމު ކަރަންޓު ބިލު ވަނީ ބޮޑު 
މ. މުލަކުން ކަންބޮޑުވުން ފާޅުކުރި މަސްވެރިއެއް

ރައްޔިތުން ބުނާ ގޮތުގައި ގޭގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުނުވެ، ކުރިއެކޭ އެއްވަރަށް އަދި ހަމަ އެ އިލެކްޓްރޯނިކް ސާމާނު ބޭނުންކުރި ނަމަވެސް ބިލުތައް އަންނަނީ އެއްވެސް އުސޫލެއް ނެތި، އެއް މަހު ބޮޑުކޮށް އަނެއް މަހު ކުޑަކޮށެވެ. މީގެ އިތުރުން ބާޒާރުގައި ކާއެއްޗެހީގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ހެނދުނު ނާސްތާއަށް ކާ ބިހެއްގެ އަގުވެސް ތިން ރުފިޔާއަށް އަރާފައިވާއިރު، އާންމު ރައްޔިތަކަށް ލިބޭ ކުޑަ އާމްދަނީއަކުން ދެކޮޅު ޖައްސައިގެން ކައިބޮއެ، އާއިލާ ބެލެހެއްޓުމަކީ މިއަދު ކުރަން ކެރޭވަރުގެ ކަމަކަށް ނުވެ، ދިރިއުޅުން ބޮޑު ވޭނަކަށް ވަނީ ވެފަ އެވެ.

ވިޔާފާރިތަކަށް ބަލާއިރު، މުޅި ރަށުގެ މާކެޓް އޮތީ މަރުވެ، ވިޔަފާރިތައް ބަނގުރޫޓުވުމުގެ މަގުމަތީގަ އެވެ. ރަށުގެ ފިހާރަތަކުގެ ސޭލްސްތައް ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ. ކުރިން ދުވާލެއްގެ މައްޗަށް 10,000 ރުފިޔާގެ ވިޔަފާރިވި ފިހާރަތަކުގެ ދުވަހުގެ އާމްދަނީ މިއަދު ވަނީ 5,000 ރުފިޔާއަށް ވުރެ ދަށަށް ވެއްޓިފަ އެވެ. ރާއްޖެއިން ބޭރުން އަމިއްލައަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ޑޮލަރު ނުލިބުމާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.50 ރުފިޔާއަށް އުފުލިފައި ވުމެވެ. ޑޮލަރު ލިބުމުގެ މި ދަތިކަމާއެކު މުދަލުގެ އަގު އިތުރަށް ބޮޑުވަމުންދާއިރު، ރަށުގެ ސިއްހީ ޚިދުމަތުގެ ހާލަތު އޮތީ އެއަށްވުރެ ބިރުވެރި ދަރަޖައެއްގައެވެ. ރަށުން އަސާސީ ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބަލިމީހުންނަށް ބޭނުންވާ ބޭސް ފިހާރަތަކުން ލިބޭކަށް ނުހުރެ އެވެ. ބޭސް ސިނާއަތް ކޮންމެވެސް އާ ފާޑެއްގެ ކުންފުންޏެއްގެ ދަށަށް ބަދަލުވަމުންދާތީ ވާނުވާ ނޭނގޭ ކަމަށް ފާމަސީތަކުގެ މުވައްޒަފުން ބުނާއިރު، ރައްޔިތުން ތިބީ ބަލިވިޔަސް ބޭސް ލިބޭނެ ގޮތެއް ނެތި، އަސާސީ ހުރިހާ ޚިދުމަތްތަކަކުން މަހުރޫމްވެ، ގޮތް ހުސްވެފަ އެވެ.

މ. މުލައްމަސްވެރިންތަކެތީގެ އަގުބޭސް ނުލިބޭ މައްސަލަ

އިތުރަށް ކިޔާލަން

30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
24 ޖޫން 2026

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!
05 ޖޫން 2026

މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު

05 ޖޫން 2026
މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު
12 އެޕްރީލު 2026

ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި

12 އެޕްރީލު 2026
ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި
17 މާރިޗު 2026

ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

17 މާރިޗު 2026
ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި
05 ޖެނުއަރީ 2026

"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"

05 ޖެނުއަރީ 2026
"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"
13 ޑިސެމްބަރު 2025

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު