Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ދުޅަހެޔޮކަން

ނަފްސާނީ އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއް ނޫން، އެއީ ހިތްވަރުގަދަކަމުގެ ނިޝާނެއް: ފަސްޓް ލޭޑީ ސާޖިދާ

1 ނޮވެމްބަރު 2026 | އާދީއްތަ 08:45

ސާކް ފެޑަރޭޝަން އޮފް ސައިކިއޭޓްރިކް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ނަފްސާނީ ބަލިތަކަށް އޮންނަ ނުބައި ތަސައްވަރު ނައްތާލައި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ގޮވާލައްވައިފި. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވައި، ޒުވާނުންނާއި ކުޑަކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގޭތެރެއާއި މުޅި މުޖުތަމައުގެ ޒިންމާ ބޮޑުކަމަށް އެކަމަނާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ނޮވެމްބަރު 2026 | އާދީއްތަ 08:45
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު | ރައީސް އޮފީސް

ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަހަންމިއްޔަތުކަން ދޭންޖެހޭ ކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން ނެތި ސިއްހަތު ސަލާމަތުން އޮތް މުޖުތަމައެއް ބިނާނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފަސްޓް ލޭޑީ ސާޖިދާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި "16 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮފް ދަ ސާކް ފެޑަރޭޝަން އޮފް ސައިކިއޭޓްރިކް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 1 އިން 2 އަށެވެ.

Advertisement - newsAdvertisement

ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، އިންސާނީ ގުޅުންތަކުގެ އިތުރުން، މިހާރުގެ އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ބިނާކުރަން ބޭނުންވާ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއްކަން ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ. އަދި ސަރަހައްދީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ގޮންޖެހުންތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި، ހުރިހާ އުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް މިކަމުގެ އަސަރު ކުރަމުންދާކަމަށް އެކަމަނާ ވިދާޅުވި އެވެ.

ގިނަ ބަޔަކަށް ކުރިމަތިވާ އެންމެ ބޮޑު ދަތިކަމަކީ ބަލީގެ ހާލަތަށްވުރެ ބޮޑަށް، އެކަމާ ބެހޭގޮތުން ވާހަކަދައްކަން ޖެހިލުންވުމާއި، މުޖުތަމައުން ދެކޭ ގޮތާމެދު އޮންނަ ބިރުވެރިކަން ކަމަށް އެކަމަނާ ވިދާޅުވި އެވެ. އެހެންކަމުން، އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ބަދަލުގައި އެއީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ، އަދި ނަފްސާނީ ބަލިތަކަށް އޮންނަ ނުބައި ތަސައްވަރުގެ ބަދަލުގައި އޯގާތެރިކަމާއި ހަމްދަރުދީ އިސްކުރާ މުޖުތަމައަކަށް ވުމަށް އެކަމަނާ ގޮވައިލެއްވި އެވެ.

މައެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ކިޔެވުމުގެ ޕްރެޝަރާއި، މުޖުތަމައުން ކުރާ އުންމީދުތަކާއި، އާއިލީ މައްސަލަތަކުގެ އިތުރުން އިންޓަނެޓްގެ ނުފޫޒުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކާ މެދު ފަސްޓް ލޭޑީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ކުދިންގެ ކިބައިން ފެންނަ ނަފްސާނީ ބަލިކަށިކަމުގެ ނިޝާންތައް ދެނެގަނެ، އެއްވެސް ތަފާތުކުރުމެއް ނެތި އެކުދިންގެ އަޑުއަހައި، އޯގާތެރިކަމާއެކު އެހީތެރިވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމުގެ ޒިންމާ ފެށެނީ ގޭތެރެއިން ކަމަށާއި، އެއަށްފަހު ސްކޫލްތަކާއި މުޅި މުޖުތަމައަށް އެ ޒިންމާ ފެތުރިގެންދާކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ސަރުކާރުގެ ސިއްހީ އެޖެންޑާގެ ދަށުން ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އިސްކަމެއް ދީފައިވާކަން ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ. އެގޮތުން 2025 އިން 2029 އަށް އެކުލަވާލާފައިވާ "ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގެ ދަށުން، ނަފްސާނީ ބަލިތަކަށް އޮންނަ ނުބައި ތަސައްވަރު ކުޑަކުރުމާއި، ކުރިއާލާ އެހީތެރިކަން ހޯދުމަށް ބާރުއެޅުމާއި، ރިފަރަލް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، އާންމު ސިއްހީ ހިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ފަރުވާ ހިމެނުމަށް ކުރާ މަސައްކަތްތައް އެކަމަނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިންގެ ދައުރުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެކަމަނާ ވިދާޅުވީ މި މަސައްކަތްތަކުގެ ކާމިޔާބީ މިނެކިރަންވާނީ ރަނގަޅުކުރެވޭ ދިރިއުޅުންތަކާއި އާލާކުރެވޭ އުންމީދުތަކުން ކަމަށާއި، ދިރިއުޅޭ ރަށެއްގެ ސަބަބުން އެއްވެސް މީހަކަށް އެކަށީގެންވާ ވަގުތުގައި ފަރުވާ ނުލިބި ހުރެގެން ނުވާނެ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ސައިކިއޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި، ނަރުހުންނާއި، ސޯޝަލް ވޯކަރުންނާއި، މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ސިއްހީ ހިދުމަތްތެރިން ކުރައްވާ މަސައްކަތްތަކަށް ފަސްޓް ލޭޑީ ޝުކުރު އަދާކުރެއްވި އެވެ. އަދި ތައުލީމާއި ތަމްރީނާއި ދިރާސާތަކުގެ ޒަރީއާއިން ގައުމީ ފެންވަރުގައި މި ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ކުރާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވި އެވެ. މީގެ އިތުރުން، ކުޑަކުދިންނާއި ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކާ ގުޅޭގޮތުން އިތުރު ދިރާސާތައް ކުރުމަށް ގޮވާލައްވަމުން، ނަފްސާނީ ފަރުވާއަކީ ދިރާސާކުރެވިގެން، އިންސާނިއްޔަތުކަމާއެކު ފޯރުކޮށްދޭންޖެހޭ ހިދުމަތެއްކަން ފާހަގަކުރެއްވި އެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ނަފްސާނީ ބަލިތަކަކީ ވަކި ގައުމެއްގެ ބޯޑަރަކަށް ހުއްޓޭ ކަމެއް ނޫންކަން ފާހަގަކުރައްވައި، މިކަމުގައި ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި މި ކޮންފަރެންސްގެ ސަބަބުން ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި ދާއިމީ ގުޅުންތަކެއް އުފެދި، ގުޅިގެން ކުރެވޭ ދިރާސާތަކާއި އަމަލީ މަސައްކަތްތަކުގެ ތެރެއިން މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސާޖިދާ މުހައްމަދުދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީނަފްސާނީ ދުޅަހެޔޮކަން

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށޭނެ: ޔައުގޫބު

29 އޮކްޓޯބަރު 2026
މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށޭނެ: ޔައުގޫބު
24 އޮކްޓޯބަރު 2026

ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!

24 އޮކްޓޯބަރު 2026
ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!
20 އޮކްޓޯބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

20 އޮކްޓޯބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި
10 އޮކްޓޯބަރު 2026

އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމުގެ މަަސައްކަތް ކުރަން ޖެހޭ: ރައީސް މުއިއްޒު

10 އޮކްޓޯބަރު 2026
އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމުގެ މަަސައްކަތް ކުރަން ޖެހޭ: ރައީސް މުއިއްޒު
05 އޮކްޓޯބަރު 2026

މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު

05 އޮކްޓޯބަރު 2026
މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު
26 ސެޕްޓެމްބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި

26 ސެޕްޓެމްބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި
25 ސެޕްޓެމްބަރު 2026

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

25 ސެޕްޓެމްބަރު 2026
މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި
21 ސެޕްޓެމްބަރު 2026

ދުވަސްނުފުރާ ވިހާ ކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ސާޖިދާ

21 ސެޕްޓެމްބަރު 2026
ދުވަސްނުފުރާ ވިހާ ކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ސާޖިދާ
13 އޯގަސްޓު 2026

ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ

13 އޯގަސްޓު 2026
ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ
10 އޯގަސްޓު 2026

ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން

10 އޯގަސްޓު 2026
ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް