Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. މީދޫ

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

25 ސެޕްޓެމްބަރު 2026 | ހުކުރު 11:27

ދ. މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގެ މަސައްކަތް ކުރަމުންދަނިކޮށް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ބަޔަކު އެ ޓީމަށް ހަމަލާދީ މާރާމާރީ ހިންގައިފި. މި ހާދިސާގައި ބައެއް އާންމުންނަށް އަނިޔާވެފައިވާއިރު، ހަމަލާދިން މީހުން ވަނީ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ކެމެރާ ފަދަ ސާމާނުތަކަށް ގެއްލުން ދިނުމަށް ވެސް މަސައްކަތް ކޮށްފައި. މި ޕްރޮގްރާމަކީ ރަށްރަށުގެ ހާލަތާއި ހުއްޓިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ގެނެސްދޭ ޕްރޮގްރާމެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ސެޕްޓެމްބަރު 2026 | ހުކުރު 11:27

ރާއްޖެޓިވީގެ ޓީމު، ދ. މީދޫގައި "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓް ކުރަމުން ދަނިކޮށް، ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑު ބޭބެ، އަބްދުﷲ ލަތީފް އާއި ޕީއެންސީގެ ބަޔަކު އައިސް މާރާމާރީ ހިންގުން | ރާއްޖެއެމްވީ

ރާއްޖެޓިވީގެ ޓީމު، ދ. މީދޫގައި "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓް ކުރަމުން ދަނިކޮށް، ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑު ބޭބެ، އަބްދުﷲ ލަތީފް އާއި ޕީއެންސީގެ ބަޔަކު އައިސް މާރާމާރީ ހިންގައިފި އެވެ. 

ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުންގެ ހާލު ގެނަސްދީ، ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ގެނަސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ވާހަކަ ދައްކާ، މައުލޫމާތު ދޭ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ދަނީ މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު ހިއްސާކުރަމުންނެވެ. 

Advertisement - newsAdvertisement

އޭގެ އިތުރުން ކައުންސިލްތަކުން ދަނީ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން ކައުންސިލްތަކުގެ ކަންބޮޑުވުން ވެސް ހިއްސާކުރަމުންނެެވެ. 

އެންމެ ފަހުގެ ޕްރޮގްރާމް ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި ރާއްޖެޓީވީގެ ޓީމާއި ޕްރޮގްރާމް ގެނަސްދޭ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް މިވަގުތު ދަނީ ދ. މީދޫގައި ހަރަކާތްތެރި ވަމުންނެވެ.

ޕްރޮގްރާމް ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑު ބޭބެ، އަބްދުﷲ ލަތީފް އާއި ޕީއެންސީގެ ބަޔަކު އައިސް ވަނީ ރާއްޖެޓީވީގެ ޓީމާ، އެ ޓީމާއެކު މަސައްކަތް ކުރަމުން ދިޔަ އެ ރަށު ރައްޔިތުންނަށް ހަމަލާދީ މާރާމާރީ ހިންގާފަ އެވެ. އަދި އެ މީހުން ވަނީ މަގުމަތީގައި އަޑުގަދަކޮށް، ހަޑިހުތުރު އެއްޗެހި ގޮވާ، އެތަނުގެ މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފަ އެވެ. 

ޕީއެންސީގެ މެންބަރުން ވަނީ ރާއްޖެޓީވީގެ ކެމެރާ އިކުއިޕްމަންޓްތަކަށް ވެސް ގެއްލުން ދިނުމަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން މީދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ޝަރީފް ވަނީ ކެމެރާމަނުގެ ގައިގައި ސައިކަލުން ޖައްސައި އިކުއިޕްމަންޓަށް ގެއްލުން ދިނުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.

ރާއްޖެ ޓީވީދ. މީދޫސާޖިދާ މުހައްމަދު

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

25 ސެޕްޓެމްބަރު 2026
ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!
21 ސެޕްޓެމްބަރު 2026

ދުވަސްނުފުރާ ވިހާ ކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ސާޖިދާ

21 ސެޕްޓެމްބަރު 2026
ދުވަސްނުފުރާ ވިހާ ކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ސާޖިދާ
08 ސެޕްޓެމްބަރު 2026

ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!

08 ސެޕްޓެމްބަރު 2026
ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!
08 ސެޕްޓެމްބަރު 2026

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

08 ސެޕްޓެމްބަރު 2026
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި
27 އޯގަސްޓު 2026

މެންބަރު ކުޑޫ އާއި ރާއްޖެޓީވީގެ އާމިރު އަށް ހަމަލާދޭން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލަ ކުޑޫގެ ފަރާތުން ފުލުހަށް ހުށަހެޅިތާ 24 ގަޑިއިރުވާއިރު، އަދި ފުލުހުންގެ ޚަބަރެއް ނެތް!

27 އޯގަސްޓު 2026
މެންބަރު ކުޑޫ އާއި ރާއްޖެޓީވީގެ އާމިރު އަށް ހަމަލާދޭން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލަ ކުޑޫގެ ފަރާތުން ފުލުހަށް ހުށަހެޅިތާ 24 ގަޑިއިރުވާއިރު، އަދި ފުލުހުންގެ ޚަބަރެއް ނެތް!
25 އޯގަސްޓު 2026

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

25 އޯގަސްޓު 2026
ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި
28 ޖުލައި 2026

އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!

28 ޖުލައި 2026
އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!
23 ޖުލައި 2026

އާރްޓީއައިތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ދައުވާކުރާނެކަމުގެ އިންޒާރު ދީފައި އޮއްވައި އެ އަމުރަށް ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ

23 ޖުލައި 2026
އާރްޓީއައިތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ދައުވާކުރާނެކަމުގެ އިންޒާރު ދީފައި އޮއްވައި އެ އަމުރަށް ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ
20 ޖުލައި 2026

ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ

20 ޖުލައި 2026
ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ
13 ޖުލައި 2026

ރާއްޖެޓީވީގެ އާރްޓީއައި ތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ޖަވާބު ނުދޭނަމަ ދައުވާކުރާނެކަމުގެ އިންޒާރު ދީފި!

13 ޖުލައި 2026
ރާއްޖެޓީވީގެ އާރްޓީއައި ތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ޖަވާބު ނުދޭނަމަ ދައުވާކުރާނެކަމުގެ އިންޒާރު ދީފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް