Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް

އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމުގެ މަަސައްކަތް ކުރަން ޖެހޭ: ރައީސް މުއިއްޒު

10 އޮކްޓޯބަރު 2026 | ހޮނިހިރު 08:38

ރާއްޖޭގައި އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029" އެކުލަވާލައި، ގާނޫނީ އޮނިގަނޑަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ނަމަވެސް، ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވެ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ އާންމު ރައްޔިތުން ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 10 އޮކްޓޯބަރު 2026 | ހޮނިހިރު 08:38
ކެބިނެޓް ބައްދަލުވުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ

ކެބިނެޓް ބައްދަލުވުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ | ރައީސް އޮފީސް

އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމުގެ މަަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި އޯގާތެރި، ފަސޭހައިން ޚިދުމަތް ލިބޭނެ އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރަން ޖެހޭ ކަމަށާއި، އެއީ ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، މި ނިޒާމު ބިނާކުރެވިގެންދާނީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަޑުތަކާއި އެ ފަރާތްތަކުގެ އަމަލީ ތަޖުރިބާތަކުގެ އަލީގައި، އަދި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މި ވައުދު ފުރިހަމަކުރުމަށް ސަރުކާރުން ކުރިއަށްދަނީ "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029" ގެ ދަށުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ގައުމީ ފެންވަރުގެ ނަފްސާނީ ސިއްހަތުގެ ސިޔާސަތެއް އެކުލަވާލުމާއި، ފުރިހަމަ ނަފްސާނީ ސިއްހަތުގެ ގާނޫނެއް އެކުލަވާލުން ހިމެނޭހެން، ސިޔާސަތުތަކާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް މުއިއްޒު އެވެ.

ހަމައެއާއެކު، އަސާސީ ސިއްހީ ޚިދުމަތުގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ހިމަނައި، ސަރަހައްދީ އަދި ޚާއްސަ ޚިދުމަތްތައް ހަރުދަނާކޮށް، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ތަރައްގީކޮށް ޚިދުމަތްތަކަށް ވާސިލުވުމުގެ ފުރުސަތުތައް ފަހިކޮށްދެމުންދާކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ ބަލިތަކުން ރައްކާތެރިވުމަށާއި ކުރީބައިގައި ފިޔަވަޅު އެޅުމަށް އިސްކަންދިނުމާއި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ކަށަވަރުކުރުން ކަމަށެވެ. އަދި ކޮންމެ ރަށެއްގައި، ކޮންމެ މުޖުތަމައެއްގައި، އަދި އިހުލާސްތެރި ކޮންމެ ވާހަކައަކުން ފަށައިގެން، މާ އޯގާތެރި އަދި އަޅާލުންބޮޑު ރާއްޖެއެއް ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ބިނާވެގެންވަނީ ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި އަދި ވަށައިގެންވާ މީހުންގެ ސަބަބުން ކަމަށެވެ. އަދި އެކަން ކޮންމެ ދުވަހަކުވެސް ބައްޓަންވަމުން ދަނީ ގޭތެރެއާއި، މަދަރުސާތަކާއި، ވަޒީފާގެ މާހައުލުތަކާއި މުޖުތަމައުގެ ތެރެއިން ކަމަށާއި، އެކަކު އަނެކަކަށް އަޑުއަހައިދީ އެއްބާރުލުން ދޭ ގޮތުގެ ސަބަބުން ބޮޑު ހެޔޮ ބަދަލެއް ގެނެވިދާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ، މާނަހުރި އެހީތެރިކަމަކީ ކޮބައިކަން ދެނެގަތުމުގައި، ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ފަރާތްތަކުން ހިއްސާކުރާ އަގުހުރި ވިސްނުންތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާމެދު ބޭނުންކުރާ ބަސްމަގާއި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އެހީތެރިކަން ހޯދުމަށް މީހުންނަށް ހިތްވަރުދީ، އެހީތެރިކަމަށް ބޭނުންވާ ކޮންމެ މީހަކަށްވެސް އެ އެހީތެރިކަން ލިބެން ހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކާ ގުޅިފައިވާ ތަފާތުކުރުންތަކާއި ނުރަނގަޅު ތަސައްވުރުތައް ނައްތާލައި، ކޮންމެ މީހެއްގެ އަޑުވެސް އަހައިދޭ އަދި އެހީތެރިކަން ލިބޭނެ މާހައުލެއް އެންމެން ގުޅިގެން ބިނާ ކުރުމަށް ވެސް އެކަމަނާ ގޮވާލެއްވި އެވެ.

ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ސިއްހީ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އާސަންދަ ލިބުމުގައި ވަރަށް ބޮޑަށް އުދަނގޫވެފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. މީގެ ކުރިން އެއްވެސް ދައްޗަކާ ނުލައި ލިބުނު ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މި މައްސަލަތަކަށް ހައްލު ލިބި، ބޭހުގެ މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން އެކި ތާރީހުތައް ދިން ނަމަވެސް މިހާތަނަށް މިސަރުކާރަށް ބޭހުގެ މައްސަލަ ހައްލު ކުރެވިފައިނުވެ އެވެ. އަދި ނަފްސާނީ ބައްޔަށް ބޭސް ކުރަމުންދާ މީހުންނަށް ވެސް ބޭސް ނުލިބި އެމީހުން ބަލި ހާލަތު އިތުރަށް ގޯސްވެފައިވާ މައްސަލަތަކެއް މިފަހުން ވެސް ވަނީ ފެންމަތިވެގެން ގޮސްފަ އެވެ. 

ސާޖިދާ މުހައްމަދުދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސްމެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029ނަފްސާނީ ދުޅަހެޔޮކަންޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އައިސީޕީގެ ހާއްސަ ހަރަކާތްތަކެއް

07 އޮކްޓޯބަރު 2026
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އައިސީޕީގެ ހާއްސަ ހަރަކާތްތަކެއް
05 އޮކްޓޯބަރު 2026

މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު

05 އޮކްޓޯބަރު 2026
މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު
04 އޮކްޓޯބަރު 2026

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

04 އޮކްޓޯބަރު 2026
މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް
01 އޮކްޓޯބަރު 2026

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރަނީ ވެރިންނަށް ތަނެއްދޮރެއް ނޭނގޭތީ، "ގަމާރުން" ވެރިކަމުގައި ބަހައްޓަން ޖެހުނީމަ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވަރުގަދަ ރައްދެއް މުއިއްޒު އަށް!

01 އޮކްޓޯބަރު 2026
ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރަނީ ވެރިންނަށް ތަނެއްދޮރެއް ނޭނގޭތީ، "ގަމާރުން" ވެރިކަމުގައި ބަހައްޓަން ޖެހުނީމަ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވަރުގަދަ ރައްދެއް މުއިއްޒު އަށް!
29 ސެޕްޓެމްބަރު 2026

ސަރުކާރު އަދި ދައުލަތް! މިނިވަންކަމުގެ މާނަ ފަހުމުވުމަށް އުނދަގޫ ހާލަތެއްގައި

29 ސެޕްޓެމްބަރު 2026
ސަރުކާރު އަދި ދައުލަތް! މިނިވަންކަމުގެ މާނަ ފަހުމުވުމަށް އުނދަގޫ ހާލަތެއްގައި
26 ސެޕްޓެމްބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި

26 ސެޕްޓެމްބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި
26 ސެޕްޓެމްބަރު 2026

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2026
ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު
25 ސެޕްޓެމްބަރު 2026

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

25 ސެޕްޓެމްބަރު 2026
މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި
24 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް

24 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް
22 ސެޕްޓެމްބަރު 2026

ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް

22 ސެޕްޓެމްބަރު 2026
ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް