Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދައްރިސުންގެ ދުވަސް

މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު

5 އޮކްޓޯބަރު 2026 | ހޯމަ 12:43

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި، މުދައްރިސުންގެ މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި. މީގެ އިތުރުން، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު މުދައްރިސުން ބާރުވެރިކުރުވުމުގެ މުހިންމުކަން ރައީސްގެ އަނބިކަނބަލުން ވެސް ވަނީ ފާހަގަކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޮކްޓޯބަރު 2026 | ހޯމަ 12:43
ރައީސް މުއިއްޒު ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ދަތުރުފުޅެއްގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ

ރައީސް މުއިއްޒު ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ދަތުރުފުޅެއްގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ | ރައީސް އޮފީސް

މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާ ކުރެއްވި މެސެޖެއްގައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކުރުމުގައި މުދައްރިސުން ފޯރުކޮށްދެއްވާ އިލްމާއި، ދެއްވާ އިރުޝާދާއި އަދި ކުރައްވާ އިޚްލާސްތެރި މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތައުރީފުކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ހަމަ މިޔާއެކު، ދަރިވަރުން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، މުޖުތަމައުގެ ތަރައްގީ އަށް ޚިދުމަތް ކުރުމުގައި، މުދައްރިސުންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ލުއިކޮށްދިނުމާއި، މަސައްކަތުގެ މާހައުލު ރަނގަޅުކުރުމާއި، ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. 

އަދި ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރާއި ގާބިލުކަން އެންމެ ފުރިހަމައަށް ތަރައްގީ ކޮށްދިނުމަށް، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް މުދައްރިސުންގެ ކުރިއެރުމަށް ވުނަކުރުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ 'އެކްސް' މެދުވެރިކުރައްވައި މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

އެކަމަނާގެ މެސެޖުގައި، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުން އިތުރުވެ، ކްލާސްރޫމްތަކުގެ ވެށި ބަދަލުވަމުންދާ މި ދަނޑިވަޅުގައި، މުދައްރިސުންނަށް އައު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މި ބަދަލުތަކަށް ހޭނުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، މުދައްރިސުން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މުދައްރިސުންގެ ކެތްތެރިކަމާއި، އޯގާތެރިކަމާއި އަދި އިޚްލާސްތެރި ޚިދުމަތަށް އެކަމަނާ ޝުކުރު އަދާކުރައްވާފައިވެ އެވެ.

ސާޖިދާ މުހައްމަދުމުދައްރިސުންގެ ދުވަސްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

04 އޮކްޓޯބަރު 2026
މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް
01 އޮކްޓޯބަރު 2026

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރަނީ ވެރިންނަށް ތަނެއްދޮރެއް ނޭނގޭތީ، "ގަމާރުން" ވެރިކަމުގައި ބަހައްޓަން ޖެހުނީމަ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވަރުގަދަ ރައްދެއް މުއިއްޒު އަށް!

29 ސެޕްޓެމްބަރު 2026

ސަރުކާރު އަދި ދައުލަތް! މިނިވަންކަމުގެ މާނަ ފަހުމުވުމަށް އުނދަގޫ ހާލަތެއްގައި

29 ސެޕްޓެމްބަރު 2026
ސަރުކާރު އަދި ދައުލަތް! މިނިވަންކަމުގެ މާނަ ފަހުމުވުމަށް އުނދަގޫ ހާލަތެއްގައި
28 ސެޕްޓެމްބަރު 2026

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް އިސްނެގުމެއް ނަގާފައި ނުވާތީ ޓީޗަރސް އެސޯސިއޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފި

28 ސެޕްޓެމްބަރު 2026
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް އިސްނެގުމެއް ނަގާފައި ނުވާތީ ޓީޗަރސް އެސޯސިއޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފި
26 ސެޕްޓެމްބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި

26 ސެޕްޓެމްބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި
26 ސެޕްޓެމްބަރު 2026

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2026
ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު
25 ސެޕްޓެމްބަރު 2026

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

25 ސެޕްޓެމްބަރު 2026
މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި
24 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް

24 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް
22 ސެޕްޓެމްބަރު 2026

ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް

22 ސެޕްޓެމްބަރު 2026
ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް
21 ސެޕްޓެމްބަރު 2026

ދުވަސްނުފުރާ ވިހާ ކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ސާޖިދާ

21 ސެޕްޓެމްބަރު 2026
ދުވަސްނުފުރާ ވިހާ ކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ސާޖިދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް