Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފުލުހުންގެ ޚިދުމަތް

ޚާއްސަ އޮޕަރޭޝަނާއެކު މާލެއާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ބޮޑުތަނުން މަދުކުރެވިފައިވޭ: ފުލުހުން

30 އޮކްޓޯބަރު 2026 | ހުކުރު 07:27

ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" އާއެކު ހުޅުމާލޭގައި އެކްސިޑެންޓްތައް 36 އިންސައްތަ އަދި މާލޭގައި 17 އިންސައްތަ މަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައި. މި އޮޕަރޭޝަނުގައި 3،000 އަށްވުރެ ގިނަ އުޅަނދު ޗެކްކޮށް، ގަވާއިދާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އިތުރުން މަގުމަތީގެ ސަލާމަތަށް އާންމުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2026 | ހުކުރު 07:27
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ | ރާއްޖެއެމްވީ

މަގުތަކުގައި ފުލުހުން ފާރަވެރިވާ މިންވަރު އިތުރުކޮށް ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނާ ގުޅިގެން، މާލެއާއި ހުޅުމާލޭގައި ރިޕޯޓްކުރެވުނު އެކްސިޑެންޓްތަކުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް މަދުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުންގެ އެންމެ ފަހުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ފިޔަވަޅުތަކާއެކު މަގުމަތީގެ ހާލަތަށް ވަނީ ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފަ އެވެ.

Advertisement - newsAdvertisement

ކޮމިޝަނަރ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން 2026 އޮކްޓޫބަރު 8 ގައި ފެށި "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ގެ ނަތީޖާއަށް އަލިއަޅުވާލައި ފުލުހުން ބުނީ، މި އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ މަދުކުރެވިފައި ކަމަށެވެ.

ޚާއްސަ އޮޕަރޭޝަނާއެކު މާލެއާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށް ކުރެވިފައި

ޚާއްސަ އޮޕަރޭޝަނާއެކު މާލެއާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށް ކުރެވިފައި | މޯލްޑިވްސް ޕޮލިސް ސާރވިސް

އެއީ އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެކެވެ. މި މުއްދަތުގައި ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓެވެ. ފުޅާ އަދި ދިގު މަގުތަކެއް އޮންނަ ހުޅުމާލޭގައި މިފަދަ ބޮޑު ދަށްވުމެއް ފެނުމަކީ ރައްޔިތުން މަގުމައްޗަށްދޭ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ވެސް ފުލުހުން ފާހަގަކުރެ އެވެ.

ހަމައެއާއެކު، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވެސް އެދެވޭ ހެޔޮ ނަތީޖާއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

އެގޮތުން 2026 ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް މާލޭގައި 128 އެކްސިޑެންޓް ހިނގާފައިވާއިރު، ޚާއްސަ ފިޔަވަޅުތަކާއެކު އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް އެ އަދަދު ވަނީ 106 އަށް ދަށްކުރެވިފަ އެވެ. މިއީ 22 އެކްސިޑެންޓް ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ދަށްވުމެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލޭގައި ކުރިއަށްދިޔަ އޮޕަރޭޝަނުގެ ތެރެއިން އޮކްޓޫބަރު 8 އިން 27 ގެ ނިޔަލަށް ޖުމްލަ 3,151 އުޅަނދު ވަނީ ޗެކްކޮށްފަ އެވެ.

ޚާއްސަ އޮޕަރޭޝަނާއެކު މާލެއާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ބޮޑުތަނުން މަދުވެފައިވާއިރު، ގިނަ އަދަދެއްގެ ވެހިކަލް ޗެކްކޮށްފައިވޭ

އޭގެ ތެރޭގައި ހިމެނެނީ 2,800 ސައިކަލާއި 351 ހަތަރުފުރޮޅުލީ އުޅަނދެވެ. ފުލުހުން ބުނީ އެ ޚިދުމަތުގެ އަމާޒަކީ ހަމައެކަނި ޖޫރިމަނާކުރުމާއި ޓޯކުރުން ނޫން ކަމަށާއި، އިސްކަންދެނީ ނުރައްކަލެއް ދިމާވުމުގެ ކުރިން ހުއްޓުވައި ހޭލުންތެރިކުރުވުމަށް ކަމަށެވެ.

އެގޮތުން މީގެ ތެރެއިން 808 ފަރާތަކަށް، އެއީ 735 ސައިކަލު އަދި 73 ހަތަރުފުރޮޅުލީ އުޅަނދު ވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެ ވިސްނައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް ދުއްވި 23 އުޅަނދަކަށާއި، ކަމާބެހޭ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 85 ފަރާތެއް ޖޫރިމަނާކޮށް، 145 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކާ ގުޅޭގޮތުން ފުލުހުން ބުނީ، ބާރުދުވެލީގައި ދުއްވި 600 މައްސަލައަކާއި ނުރައްކާތެރިކޮށް ދުއްވި 19 މައްސަލައެއް ފާހަގަކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވި 13 ފަރާތަކަށް ނަސޭހަތްދީފައިވާއިރު، ބާރަށް ދުއްވި މީހުންގެ ތެރެއިން އެކި ކުންފުނިތަކާއި އިދާރާތަކަށް ނިސްބަތްވާ 23 ފަރާތެއްގެ މައުލޫމާތު އެ ތަންތަނާ ހިއްސާކޮށްގެން ޒިންމާދާރުކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން އުޅަނދުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވުމުގެ 371 މައްސަލައަކާއި، ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ 171 މައްސަލައަކަށް ވެސް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ، މި އޮޕަރޭޝަންތަކުން ފެންނަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވާ އަދި ފުލުހުންގެ ޗެކްޕޮއިންޓްތަކަށް އެއްބާރުލުންދޭ އާންމު ރައްޔިތުން ކަމަށެވެ. އަދި މަގުތަކަކީ އެންމެންގެ ފުރާނައާ ގުޅިފައިވާ ތަނަކަށްވާތީ، ހުރިހާ ފަރާތްތަކަކުން ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޮޕަރޭޝަން ރެކްލެސް ޑްރައިވިންގއެކްސިޑެންޓްތައްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި

26 އޮކްޓޯބަރު 2026
ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި
26 އޮކްޓޯބަރު 2026

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލަ: ކުށް ސާބިތުވެ، މަރުގެ ދިޔަ ދެއްކުމަށް ހުކުމްކޮށްފި

26 އޮކްޓޯބަރު 2026
ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލަ: ކުށް ސާބިތުވެ، މަރުގެ ދިޔަ ދެއްކުމަށް ހުކުމްކޮށްފި
25 އޮކްޓޯބަރު 2026

ސްކޭމްގެ މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

25 އޮކްޓޯބަރު 2026
ސްކޭމްގެ މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2026

މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި

25 އޮކްޓޯބަރު 2026
މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި
24 އޮކްޓޯބަރު 2026

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އޮނިގަނޑު ހަރުދަނާކުރަނީ!

24 އޮކްޓޯބަރު 2026
ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އޮނިގަނޑު ހަރުދަނާކުރަނީ!
23 އޮކްޓޯބަރު 2026

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަކަށް ނޫން: ސީޕީ

23 އޮކްޓޯބަރު 2026
ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަކަށް ނޫން: ސީޕީ
23 އޮކްޓޯބަރު 2026

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

23 އޮކްޓޯބަރު 2026
"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި
23 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

23 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި
21 އޮކްޓޯބަރު 2026

އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2026
އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
19 އޮކްޓޯބަރު 2026

ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ

19 އޮކްޓޯބަރު 2026
ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް