Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފުލުހުންގެ ހިދުމަތް

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަކަށް ނޫން: ސީޕީ

23 އޮކްޓޯބަރު 2026 | ހުކުރު 10:30

ހދ. ކުމުންދޫގައި ފުލުހުންގެ އައު މަރުކަޒެއް ހުޅުއްވައިދެއްވައި، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ އަދަދަށް ނޫން ކަމަށާއި، މުހިންމީ ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ޒިންމާ އަދާކުރުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެ. މީގެ އިތުރުން، އަމިއްލަ ދާއިމީ މަރުކަޒުތަކާއެކު ޚިދުމަތުގެ އައު ބާބެއް ފެށިފައިވާކަން ފާހަގަކުރައްވައި، އޮޕަރޭޝަނަލް މަސައްކަތްތަކާ އެކު ވެސް ގާނޫނީ އެއްވެސް ޒިންމާއަކަށް އިހުމާލުނުވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 23 އޮކްޓޯބަރު 2026 | ހުކުރު 10:30
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު | ޕޮލިސް މީޑިޔާ

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށް  ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހދ. ކުމުންދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުއްވައި ދެއްވުމަށްފަހު ވާހަކަދައްކަވަމުން ފުލުހުންގެ ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ، މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރުން ކަމަށެވެ. އަދި ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދު ވެސް އިތުރުކުރެވިގެންދާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މާޒީގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން މަސައްކަތްކުރަން ޖެހުނުކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ފެށިގެން މިދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއް ކަމަށެވެ. 

ހަމައެއާއެކު، ވަކިވަކި އޮޕަރޭޝަންތަކަށް ފުލުހުން އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ހިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތްކުރައްވަމުން ސީޕީ ވިދާޅުވީ، އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް، ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ. 

މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ މުހިންމީ، ގާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ހިދުމަތްދީ، ރަށުގެ އަމާން މާހައުލު ދެމެހެއްޓުން ކަމަށް ސީޕީ ވިދާޅުވި އެވެ.

އެހެންކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ.  

އަޙްމަދު މުޙައްމަދުދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

23 އޮކްޓޯބަރު 2026
"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި
21 އޮކްޓޯބަރު 2026

އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2026
އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
19 އޮކްޓޯބަރު 2026

ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ

19 އޮކްޓޯބަރު 2026
ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ
12 އޮކްޓޯބަރު 2026

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވަރކެއް އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2026
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވަރކެއް އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފި
11 އޮކްޓޯބަރު 2026

އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި

11 އޮކްޓޯބަރު 2026
އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި
08 އޮކްޓޯބަރު 2026

ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2026
ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި
08 އޮކްޓޯބަރު 2026

ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟

08 އޮކްޓޯބަރު 2026
ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟
08 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

08 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
07 އޮކްޓޯބަރު 2026

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

07 އޮކްޓޯބަރު 2026
ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
07 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

07 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް