Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އޮނިގަނޑު ހަރުދަނާކުރަނީ!

24 އޮކްޓޯބަރު 2026 | ހޮނިހިރު 07:41

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެން ފުލުހުންގެ ބައިވެރިވުން އިތުރުކުރުމަށް ހެދި ދިރާސާގެ ހޯދުންތައް ތަންފީޒުކޮށް، ފުލުހުންގެ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އދ. އާއި އީޔޫގެ އެހީގައި ކުރިއަށްގެންދިޔަ މި އެސެސްމަންޓުން ފާހަގަވި ކަންކަމުގެ އަލީގައި، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމުގެ އުސޫލުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް އޭސީޕީ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޮކްޓޯބަރު 2026 | ހޮނިހިރު 07:41
"އިންސްޓިޓިއުޝަނަލް ސެލްފް-އެސެސްމަންޓް" ގެ ހޯދުންތަކާއި ހުށަހެޅުންތައް ދިރާސާކުރުމަށް ބޭއްވި ވެލިޑޭޝަން ވޯކްޝޮޕުގެ ތެރެއިން

"އިންސްޓިޓިއުޝަނަލް ސެލްފް-އެސެސްމަންޓް" ގެ ހޯދުންތަކާއި ހުށަހެޅުންތައް ދިރާސާކުރުމަށް ބޭއްވި ވެލިޑޭޝަން ވޯކްޝޮޕުގެ ތެރެއިން | މޯލްޑިވްސް ޕޮލިސް ސާރވިސް

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައާއި ހަރުކަށި ފިކުރު ހުއްޓުވުމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ކެރިއަރުގެ ކުރިއެރުންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ފުލުހުންގެ ޚިދުމަތުގެ މިހާރުގެ އޮނިގަނޑުތައް ތަރުތީބުކޮށް، އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އޭސީޕީ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތުތައް ފަހިކުރުމަށްޓަކައި ހެދި "އިންސްޓިޓިއުޝަނަލް ސެލްފް-އެސެސްމަންޓް" ގެ ހޯދުންތަކާއި ހުށަހެޅުންތައް ދިރާސާކުރުމަށް ބޭއްވި ވެލިޑޭޝަން ވޯކްޝޮޕުގަ އެވެ. 

Advertisement - newsAdvertisement

މި އެސެސްމަންޓަކީ ޔޫރަޕިއަން ޔޫނިއަން އަދި އދ. ގުޅިގެން ހިންގާ، އދ. ގެ އޮފީސް އޮފް ކައުންޓަރ-ޓެރަރިޒަމް އިން ތަންފީޒުކުރާ "އީޔޫ-ޔޫއެން ގްލޯބަލް ޓެރަރިޒަމް ތްރެޓްސް ފެސިލިޓީ (ޔޫއެންއޯޓީސީ)" ގެ އެހީތެރިކަމާއެކު، ފުލުހުންގެ ޚާއްސަ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. މި އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައާއި، ހަރުކަށި ފިކުރު ހުއްޓުވުމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ކެރިއަރ ކުރިއެރުންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. 

މި އެސެސްމަންޓުގެ މަސައްކަތް 2026 ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ ޔޫއެންއޯސީޓީގެ 4 މާހިރުންގެ ފަންނީ އެހީތެރިކަމާއެކު، ދިވެހި ފުލުހުންގެ 13 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ އޮގަނައިޒޭޝަނަލް ސްކޭނަކާއި، ކަމާގުޅުންހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި، ފޯކަސް ގްރޫޕް މަޝްވަރާތަކުގެ އިތުރުން ސިއްރު ސަރވޭއެއް މެދުވެރިކޮށެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ލީޑަރޝިޕުން ދެއްވާ އެއްބާރުލުމާއި، ވެލްފެއަރ އިނާޔަތްތަކާއި، ވިހެއުމާ ގުޅިގެން ދެވޭ މުސާރައާއެކު ޗުއްޓީ އަދި މުއައްސަސާގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމަށް ގާއިމުކޮށްފައިވާ ހަރުދަނާ އުސޫލުތަކަކީ ފާހަގަކޮށްލެވޭ ރަނގަޅު ކަންމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. 

އެކަމަށް އިޝާރާތް ކުރައްވައި އޭސީޕީ ވަނީ އެސެސްމަންޓް ޓީމުން ކުރި ބުރަ މަސައްކަތަށާއި، ހުށަހެޅި ހޯދުންތަކަށް ތައުރީފުކުރައްވާފަ އެވެ. އަދި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމަކީ މުއައްސަސާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމެއް ކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެއިތުރުން، ޚިދުމަތުގެ މިހާރުގެ އޮނިގަނޑުތައް ތަރުތީބުކޮށް އިތުރަށް ހަރުދަނާކުރުމަށް މި ދިރާސާގެ ސަބަބުން ފަސޭހަވާނެ ކަމަށާއި، މި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އޭސީޕީ ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި ވަނީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ވަރުގަދަކުރުމަށް މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ. 

އަޙްމަދު ޢަބްދުއްރަޙްމާންޓެރަރިޒަމްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަކަށް ނޫން: ސީޕީ

23 އޮކްޓޯބަރު 2026
ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަކަށް ނޫން: ސީޕީ
23 އޮކްޓޯބަރު 2026

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

23 އޮކްޓޯބަރު 2026
"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި
21 އޮކްޓޯބަރު 2026

އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2026
އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
19 އޮކްޓޯބަރު 2026

ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ

19 އޮކްޓޯބަރު 2026
ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ
12 އޮކްޓޯބަރު 2026

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވަރކެއް އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2026
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވަރކެއް އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފި
11 އޮކްޓޯބަރު 2026

އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި

11 އޮކްޓޯބަރު 2026
އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި
09 އޮކްޓޯބަރު 2026

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

09 އޮކްޓޯބަރު 2026
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ
08 އޮކްޓޯބަރު 2026

ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2026
ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި
08 އޮކްޓޯބަރު 2026

ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟

08 އޮކްޓޯބަރު 2026
ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟
08 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

08 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް