Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކްސިޑެންޓުގެ މައްސަލަތައް

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލަ: ކުށް ސާބިތުވެ، މަރުގެ ދިޔަ ދެއްކުމަށް ހުކުމްކޮށްފި

26 އޮކްޓޯބަރު 2026 | ހޯމަ 06:57

ލ. ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލައިގައި، 3 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދެއްކުމަށާއި، ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށް ކޯޓުން ވަނީ އަމުރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2026 | ހޯމަ 06:57
ލާމު ލިންކު ރޯޑުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ މަންޒަރު

ލާމު ލިންކު ރޯޑުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ މަންޒަރު | ޓްވިޓަރ

ލާމު އަތޮޅު ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މަރުގެ ދިޔަ ދެއްކުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލާމު ފޮނަދޫ، ހޯރަވިލާ މުހައްމަދު ނައުސާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

Advertisement - newsAdvertisement

މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެގޮތުން މުހައްމަދު ނައުސާން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތި ލާމު ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، މަގު ހުރަސް ކުރަމުން ދިޔަ އަންހެނެއްގެ ގައިގައި ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. މި އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެ އަންހެން މީހާ ވަނީ ނިޔާވެފަ އެވެ.

އޭގެ ތެރެއިން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެވަގުތު މަގު ހުރަސް ކުރަމުން ދިޔަ ފިރިހެނެއްގެ ގައިގައި ޖެހި އެމީހާއަށް ވެސް އަނިޔާވެފައިވާތީ އެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ނައުސާން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިއުތިރާފުވެފަ އެވެ. އަދި އޭނާ ވަނީ މި މައްސަލައިގައި ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ވެސް އެކުލަވާލާފަ އެވެ.

ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވަނީ މިއީ ސައްހަ އިއުތިރާފެއް ކަމަށާއި، އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.

އަދަބު ކަނޑައެޅުމުގައި ކޯޓުން ވަނީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ނައުސާން 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެން އޭނާ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ޖަލު އަދަބުގެ އިތުރުން، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ނިޔާވި އަންހެން މީހާގެ ވާރިސުންނަށް ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި ފައިސާ ކުރިއަށް އޮތް 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ކޯޓުން ވަނީ އޭނާއަށް އަންގާފަ އެވެ.

ލާމު އަތޮޅު ކައްދޫލާމު ލިންކު ރޯޑުއެކްސިޑެންޓްތައް

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

23 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި
17 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު އެކްސިޑެންޓުވުން: 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ދިޔައީ ސީދާ ފުލުހުންނާ ދިމާއަށް!

17 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު އެކްސިޑެންޓުވުން: 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ދިޔައީ ސީދާ ފުލުހުންނާ ދިމާއަށް!
07 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

07 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!
07 އޮކްޓޯބަރު 2026

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

07 އޮކްޓޯބަރު 2026
ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!
06 އޮކްޓޯބަރު 2026

ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް

06 އޮކްޓޯބަރު 2026
ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް
05 އޮކްޓޯބަރު 2026

ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

05 އޮކްޓޯބަރު 2026
ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ
24 ސެޕްޓެމްބަރު 2026

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

24 ސެޕްޓެމްބަރު 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
24 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

24 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
21 ސެޕްޓެމްބަރު 2026

ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ

21 ސެޕްޓެމްބަރު 2026
ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ
16 ސެޕްޓެމްބަރު 2026

ހުޅުމާލެ ފޭސް 2 ގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދިޔަ 62 އަހަރުގެ މީހާ ނިޔާވެއްޖެ

16 ސެޕްޓެމްބަރު 2026
ހުޅުމާލެ ފޭސް 2 ގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދިޔަ 62 އަހަރުގެ މީހާ ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް