Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

23 އޮކްޓޯބަރު 2026 | ހުކުރު 08:32

ބައިނަލްއަގުވާމީ ފުލުހުންނާ ގުޅިގެން ހިންގި "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގެ ދަށުން، ރާއްޖޭގައި ސްކޭމްގެ ޝިކާރައަކަށްވި މީހުންގެ 3.1 މިލިއަން ރުފިޔާ އަނބުރާ ވަަނީ ހޯދަދީފައި. މި އޮޕަރޭޝަނުގައި 544 މައްސަލައެއް ތަހުގީގުކޮށް 17 މީހަކު ހައްޔަރުކޮށްފައިވާއިރު، އެންމެ ގިނައީ އޮންލައިން ވިޔަފާރިއާއި ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތައް

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޮކްޓޯބަރު 2026 | ހުކުރު 08:32
"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އަނބުރާ ހޯދަދީފައި

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އަނބުރާ ހޯދަދީފައި | މޯލްޑިވްސް ޕޮލިސް ސާރވިސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަނބުރާ ހޯދައިދީފި އެވެ.

ފުލުހުން ބުނީ، ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ދުނިޔޭގެ 30 ގައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ މުއްދަތުގައި، ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރެވުނު މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު އިންސައްތައެއް ހޯދާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ފުލުހުން ބުނީ، މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. 

މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 5،256،101.97 ރުފިޔާގެ ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވިފައިވެ އެވެ. ނަމަވެސް، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުވި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 3،104،075.38 ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 އިންސައްތަ އެވެ. މި ނަތީޖާއަކީ މާލީ މަކަރާއި ހީލަތް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ، މި މުއްދަތުގައި ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 މީހުން ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށެވެ. އަދި ތަހުގީގުތަކާ ގުޅިގެން 17 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ހިފަހައްޓައި ފްރީޒް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިއީ ސްކޭމްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ މާލީ ގެއްލުން ކުޑަކުރުމަށާއި، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެ އެވެ. 

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުން

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުން | މޯލްޑިވްސް ޕޮލިސް ސާރވިސް

ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކާ ގުޅޭގޮތުން ފުލުހުން ބުނީ، އެންމެ އާންމުކޮށް ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތައް ކަމަށެވެ.

އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތައް ކަމަށް ފުލުހުން ބުނެ އެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 107 މައްސަލައެއް މި މުއްދަތުގައި ރެކޯޑްކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތުގެ ސްކޭމެއްގެ ގޮތުގައި ބުކިން ކެންސަލް ކުރުމާއި ފައިސާ އަނބުރާ ހޯދައިދިނުން ނުވަތަ ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުން

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުން | މޯލްޑިވްސް ޕޮލިސް ސާރވިސް

މި މުއްދަތުގައި އެފަދަ 80 މައްސަލައެއް އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅާފައިވެ އެވެ. ހަމައެއާއެކު، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައެއްގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ވަނީ ރެކޯޑްކުރެވިފަ އެވެ.

މި މިމައްސަލަތަކުން އޮންލައިން މާހައުލުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުން އަންނަކަން ހާމަވާ ކަމަށް ފުލުހުން ބުނެ އެވެ.

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" އަކީ ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސްނެގުމާއެކު، އިންޓަޕޯލް (އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން) އާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) އަދި ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި ދުނިޔޭގެ 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކަށްވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ މަކަރާއި ހީލަތް އަދި އޮންލައިންކޮށް ބިރުދައްކައިގެން ފައިސާ ހޯދުމުގެ ކުށްތައް ހުއްޓުވުމެވެ.

މި އޮޕަރޭޝަނުގެ ބައިނަލްއަގުވާމީ ނަތީޖާތަކަށް ބަލާއިރު، އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހިންގުމަށް ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ވަނީ ހުއްޓުވާފަ އެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ވަނީ ދެނެގަނެވިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ތުހުމަތުކުރެވޭ 3،500 އަށް ވުރެ ގިނަ ފަރާތް ވަނީ ދެނެގަނެވިފަ އެވެ.

މީގެ އިތުރުން 15،500 އަށް ވުރެ ގިނަ މީހުންނަކީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ކަން ފާހަގަކުރެވިފައިވާއިރު، ގައުމުތަކުގެ މެދުގައި 9،000 އަށް ވުރެ ގިނަ ސިއްރު މައުލޫމާތު ވަނީ ބަދަލުކުރެވިފަ އެވެ. އަދި 4،126 ބޭންކު އެކައުންޓަކާއި މަކަރާއި ހީލަތް ހިންގުމަށް ބޭނުންކުރި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފަ އެވެ. މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ، އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގަ އެވެ.

ސްކޭމްގެ އަމަލުތައް ހުއްޓުވުމުގައި ތަހުގީގީ އަދި ތަންފީޒީ މަސައްކަތްތަކުގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމަށް އެންޓި-ސްކޭމް ސެންޓަރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން މި އޮޕަރޭޝަންގެ މުއްދަތުގެ ތެރޭގައި ޓީވީ ޕްރޮގްރާމްތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭހެން ހޭލުންތެރިކުރުމުގެ 34 ހަރަކާތެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓްއެންޓި ސްކޭމް ސެންޓަރދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2026

އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2026
އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
19 އޮކްޓޯބަރު 2026

ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ

19 އޮކްޓޯބަރު 2026
ހުވައަށް ހިޔާނާތްތެރިވުމަކީ އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ޣާފިލުކަން: އޭސީޕީ
12 އޮކްޓޯބަރު 2026

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވަރކެއް އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2026
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވަރކެއް އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފި
11 އޮކްޓޯބަރު 2026

އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި

11 އޮކްޓޯބަރު 2026
އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި
08 އޮކްޓޯބަރު 2026

ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2026
ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި
08 އޮކްޓޯބަރު 2026

ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟

08 އޮކްޓޯބަރު 2026
ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟
08 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

08 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
07 އޮކްޓޯބަރު 2026

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

07 އޮކްޓޯބަރު 2026
ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
07 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

07 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!
07 އޮކްޓޯބަރު 2026

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

07 އޮކްޓޯބަރު 2026
ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް