އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
21 އޮކްޓޯބަރު 2026 | ބުދަ 13:11އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފައި. މި މަހުގެ 20 ވަނަ ދުވަހު ރިޕޯޓުކުރި މި މައްސަލައިގައި ކުޑަކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ފުލުހުން ދަނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން


ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ. ފައިލް ފޮޓޯ. | މޯލްޑިވްސް ޕޮލިސް ސާރވިސް
ގއ. އަތޮޅާއި ގދ. އަތޮޅުގެ ރަށެއްގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބުދަ ދުވަހު ފުލުހުން ބުނީ، އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިމަހުގެ 20 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މި ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުންދެ އެވެ. އަދި އެފަދަ މައްސަލައެއްގައި ކުޑަ ކުއްޖަކު ޝަމިލުވާނަމަ ޚާއްސަ އިސްކަމެއްދީގެން ތަހުގީގުތައް ކުރިއަށް ގެންދެ އެވެ.











