Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވައި ތަޣައްޔަރުވުން

ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ސަމާލުވޭ!

27 އޮކްޓޯބަރު 2026 | އަންގާރަ 14:55

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާތީ، ކުރިއަށް އޮތް ފަސް ދުވަހު ވެސް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވޭ. އުތުރުގެ އަތޮޅުތަކުގެ ވައިގެ ކޮލިޓީ "ރެޑް އެލާޓް" މިންގަނޑަށް ދަށްވެފައިވާއިރު، މީގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި އާންމު ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު ބޮޑު. އެހެންކަމުން، ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2026 | އަންގާރަ 14:55
މާލޭގެ އިމާރާތެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް، ވައި ނުސާފުވުމުގެ ސަބަބުން ހުޅުމާލެ ސާފުކޮށް ނުފެނޭ

މާލޭގެ އިމާރާތެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް، ވައި ނުސާފުވުމުގެ ސަބަބުން ހުޅުމާލެ ސާފުކޮށް ނުފެނޭ | ރާއްޖެއެމްވީ

ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެ އެވެ. 

އަންގާރަ ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ދުންފުހުގެ ސަބަބުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެ ހަމަލޮލަށް ސާފުކޮށް ފެންނަ ދުރުމިން އުތުރުގެ އަތޮޅުތަކަށް ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ. މި މިހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި، ޚާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް 5 ދުވަހަށް ވެސް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

Advertisement - newsAdvertisement

ރާއްޖޭގެ ބޮޑު ބައެއް ވައި ނުސާފުވެފައިވާއިރު، މާލެސިޓީގެ ވެސް ވައި ވަނީ ވަރަށް ބޮޑަށް ނުސާފުވެފަ އެވެ. 

ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއުއެއާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖޭގެ އުތުރަށް ވައި ނުސާފު މިންވަރު ގިންތިކޮށްފައިވަނީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 158 އާއި 165އާ ދޭތެރޭ، ރެޑް އެލާޓެއްގެ ގޮތުގަ އެވެ. އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވާ ހާލަތެކެވެ.

އޭގެ އިތުރުން މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ވެސް ވައި ނުސާފު ކަމަށް އައިކިއުއެއާގެ ތަފާސްހިސާބުން ދައްކާއިރު، އެއީ އޭކިއުއައި 126 ނުވަތަ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެކެވެ. އެއީ ވެސް، އާންމުކޮށް އެންމެންނަށް، ޚާއްސަކޮށް ނާޒުކު ހާލަތުގައިވާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވުމާއި ނެވޭލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނަ ހާލަތެކެވެ.

މީގެ އިތުރުން ދ. އަތޮޅުގައި ވެސް ވައި ނުސާފުވެފައިވާ ކަމަށް ދައްކާއިރު، އެ ސަރަހައްދުގައި އޭކިއުއައި ހުރީ 60 ގަ އެވެ.

އެހެންކަމުން މިދުވަސްވަރު ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ދިވެހިރާއްޖެމޫސުމާބެހޭ ގައުމީ އިދާރާއައިކިއުއެއާވައި ތަޣައްޔަރުވުންއެއާ ކޮލިޓީ އިންޑެކްސް

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2026

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ގާފަރަށް، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ ރާޅުގެ އުސްމިން 7 ފޫޓަށް އުފުލޭނެ!

24 އޮކްޓޯބަރު 2026
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ގާފަރަށް، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ ރާޅުގެ އުސްމިން 7 ފޫޓަށް އުފުލޭނެ!
23 އޮކްޓޯބަރު 2026

އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް

23 އޮކްޓޯބަރު 2026
އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް
22 އޮކްޓޯބަރު 2026

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި

22 އޮކްޓޯބަރު 2026
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
21 އޮކްޓޯބަރު 2026

ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި

21 އޮކްޓޯބަރު 2026
ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި
21 އޮކްޓޯބަރު 2026

ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި

21 އޮކްޓޯބަރު 2026
ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
18 އޮކްޓޯބަރު 2026

ނިޒާމުތައް ބޮއްސުންލާ އެންމެ އާދައިގެ ދިރިއުޅުމަށްވެސް ދިވެހިން ސަލާން ޖަހަނީ!

18 އޮކްޓޯބަރު 2026
ނިޒާމުތައް ބޮއްސުންލާ އެންމެ އާދައިގެ ދިރިއުޅުމަށްވެސް ދިވެހިން ސަލާން ޖަހަނީ!
18 އޮކްޓޯބަރު 2026

ނުރައްކާތެރި މިންވަރަކަށް ދުމުގެ އަސަރު ހުރުމުން ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

18 އޮކްޓޯބަރު 2026
ނުރައްކާތެރި މިންވަރަކަށް ދުމުގެ އަސަރު ހުރުމުން ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
14 އޮކްޓޯބަރު 2026

ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

14 އޮކްޓޯބަރު 2026
ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ
11 އޮކްޓޯބަރު 2026

ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި

11 އޮކްޓޯބަރު 2026
ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
09 އޮކްޓޯބަރު 2026

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް

09 އޮކްޓޯބަރު 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް