Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ގާފަރަށް، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ ރާޅުގެ އުސްމިން 7 ފޫޓަށް އުފުލޭނެ!

24 އޮކްޓޯބަރު 2026 | ހޮނިހިރު 08:51

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް ގެއްލުންތަކެއް ލިބިފައިވާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޮކްޓޯބަރު 2026 | ހޮނިހިރު 08:51
މޫސުން ގޯސްވެ، މާލެއަށް ރާޅު އަރަނީ

މޫސުން ގޯސްވެ، މާލެއަށް ރާޅު އަރަނީ | ރާއްޖެއެމްވީ

ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ކ. ގާފަރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

އެ އިދާރާއިން ވަނީ ހުކުރު ދުވަހުގެ ހެނދުނު 8:00ން ހޮނިހިރު ދުވަހުގެ 8:00ށް އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ރިކޯޑު ކުރެވިފައިވާ ރަށްތައް އާއްމުކޮށްފަ އެވެ. 

Advertisement - newsAdvertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކ. ގާފަރަށް 37.8 މިލިމީޓަރުގެ ވާރޭ، ކ. ކާށީދޫއަށް 37.5 މިލިމީޓަރުގެ ވާރޭ، ޅ. އޮޅުވެލިފުއްޓަށް 37.4 މިލިމީޓަރުގެ ވާރޭ، ނ. މާފަރަށް 34.6 މިލިމީޓަރުގެ ވާރޭ، ރ. އިފުރު އަދި ބ. ދަރަވަންދޫއަށް 26.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މީގެ އިތުރުން އދ. މާމިގިއްޔަށް 27 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، ކ. ދިއްފުއްޓަށް 18.3 އަދި ސ. ހިތަދޫއަށް 15.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. 

ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތައް

ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތައް | ރާއްޖެއެމްވީ

ރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހިވުމުގެ ސަބަބުން ބައެއް ގެއްލުންތައް ވެސް ބައެއް ރަށްރަށަށް ލިބިފައިވެ އެވެ. 

މޫސުން ގޯސްވެފައިވާތީ ސަމާލުވާންޖެހޭކަން އިލްތިމާސްކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އާދިއްތަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށް އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 7 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. 

އެހެންކަމުން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައިވެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާކ. ގާފަރުމޫސުން

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް

23 އޮކްޓޯބަރު 2026
އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް
22 އޮކްޓޯބަރު 2026

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި

22 އޮކްޓޯބަރު 2026
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
22 އޮކްޓޯބަރު 2026

ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް

22 އޮކްޓޯބަރު 2026
ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް
21 އޮކްޓޯބަރު 2026

ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި

21 އޮކްޓޯބަރު 2026
ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި
14 އޮކްޓޯބަރު 2026

ވާދޫގައި ފެން ބޮޑުވެ ކައުންސިލްގެ މަސައްކަތް ހުއްޓުމަކަށް!

14 އޮކްޓޯބަރު 2026
ވާދޫގައި ފެން ބޮޑުވެ ކައުންސިލްގެ މަސައްކަތް ހުއްޓުމަކަށް!
09 އޮކްޓޯބަރު 2026

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް

09 އޮކްޓޯބަރު 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް
25 ސެޕްޓެމްބަރު 2026

ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް

25 ސެޕްޓެމްބަރު 2026
ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް
24 ސެޕްޓެމްބަރު 2026

ހއ. އިން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ސެޕްޓެމްބަރު 2026
ހއ. އިން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ސެޕްޓެމްބަރު 2026

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

16 ސެޕްޓެމްބަރު 2026
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި
16 ސެޕްޓެމްބަރު 2026

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

16 ސެޕްޓެމްބަރު 2026
މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް