ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
22 އޮކްޓޯބަރު 2026 | ބުރާސްފަތި 13:48ކ އަތޮޅުން ފެށިގެން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފި. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވޭ. ކުރިއަށް އޮތް ދެ ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެތީ، ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި


މޫސުން: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ | ރާއްޖެއެމްވީ
ކ އަތޮޅުން ފެށިގެން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ބުރާސްފަތި ދުވަހު ހަވީރު 5:45ން ފެށިގެން 9:30ށް ކ އަތޮޅުން ފެށިގެން މ އަތޮޅަށް ރީނދޫ ސަމާލު ނެރިފައިވާ ކަމަށެވެ. އެގޮތުން، ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.
ބުދަ ދުވަހު ރޭ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކުގެ މައްޗަށް އަރަމުން ކަމަށް ބުނެފައި އެވެ.
އެހެންކަމުން، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް 2 ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން، ހުރިހާ ފަރާތްތަކާއި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވާފައިވެ އެވެ.









