Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާންގެ އަހުލީހަނގުރާމަ

އުއްމު ދުރުމާނުގެ ކަރަންޓު ވިއުގައަށް ޑްރޯން ހަމަލާއެއް: ޚަރްތޫމުގެ ބޮޑު ސަރަހައްދެއް އަނދިރިވެ، އާންމު ހާލަތު އިތުރަށް ގޯސްވެއްޖެ

27 އޮކްޓޯބަރު 2026 | އަންގާރަ 10:03

ސޫދާނުގެ އުއްމު ދުރުމާނުގައި ހުންނަ ކަރަންޓު ސަބްސްޓޭޝަނަކަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ވެރިރަށް ޚަރްތޫމުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، މީގެ ކުރިން ދިން މި ފަދަ ހަމަލާތަކުގެ ތުހުމަތު ސަރުކާރުން ކުރަނީ އާރްއެސްއެފްގެ މައްޗަށް. 2023 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި ހަނގުރާމައިގެ ސަބަބުން ސޫދާނުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން

ނިއުސް ޓީމް
ނިއުސް ޓީމް | 27 އޮކްޓޯބަރު 2026 | އަންގާރަ 10:03
ސޫދާންގެ ޚާރްތޫމްގައި ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަރަންޓު ޓްރާންސްފޯމަރެއްގެ ކައިރިން ފިރިހެން ކުދިބަޔަކު ހިނގާފައި ދަނީ.

ސޫދާންގެ ޚާރްތޫމްގައި ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަރަންޓު ޓްރާންސްފޯމަރެއްގެ ކައިރިން ފިރިހެން ކުދިބަޔަކު ހިނގާފައި ދަނީ. | އޭއެފްޕީ

ސޫދާނުގެ ވެރިރަށް ޚަރްތޫމުގެ ހުޅަނގުގައި އޮންނަ އުއްމު ދުރުމާނުގެ ކަރަންޓު ސަބްސްޓޭޝަނަކަށް އަންގާރަ ދުވަހު ދިން ޑްރޯން ހަމަލާއަކާ ގުޅިގެން މުޅި ވެރިރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިގެން ގޮސްފި އެވެ.

މަންޒަރު ފެނުނު މީހުން ބުނީ، އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އުއްމު ދުރުމާނުގެ ހުޅަނގުއުތުރު ސަރަހައްދުގައި ހުންނަ އަލް-މަރްޚިއްޔާތު ކަރަންޓު ސަބްސްޓޭޝަނަށް ޑްރޯނަކުން ހަމަލާދިނުމާ ގުޅިގެން ޚަރްތޫމުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިގެން ދިޔަ ކަމަށެވެ.

Advertisement - worldAdvertisement

އަދި، އަންގާރަ ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިފައިވާކަން ވެރިރަށުގެ އެކި އަވަށްތަކުގެ ރައްޔިތުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލް-މަރްޚިއްޔާތު ކަރަންޓު މަރުކަޒުން ދަނީ ދުން އަރަމުންނެވެ. މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފުސީލު ނުވަތަ މި ހަމަލާގެ ޒިންމާ އުފުލާ ފަރާތަކާ ބެހޭގޮތުން އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، ސޫދާނުގެ އިރުދެކުނުގައި އޮންނަ ސިންނާރާއި، އިރުމަތީގެ އަލް-ޤަޟާރިފުގެ އިތުރުން މެދުތެރޭ ސަރަހައްދުގައި އޮންނަ އަލް-ޖަޒީރާގެ ފަސް ކަރަންޓު ސަބްސްޓޭޝަނަކަށް ޑްރޯން ހަމަލާ ދީފައިވާ ކަމަށް ބުނެ، ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސްގެ (އާރްއެސްއެފް) މައްޗަށް ސޫދާނުގެ އިލެކްޓްރިސިޓީ ކުންފުނިން ތުހުމަތުކުރިތާ އެއް ދުވަސް ފަހުންނެވެ. އެ ހަމަލާތަކުގެ ސަބަބުން އެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ތިން ސްޓޭޓުގެ އިތުރުން މެދުތެރޭ ސޫދާނުގައި އޮންނަ އައްނީލުލް އަބްޔަޟް ސްޓޭޓުން ކަރަންޓުގެ ޚިދުމަތް ކެނޑިގެން ގޮސްފައިވާ ކަމަށް ސަރުކާރު ހިއްސާވާ އެ ކުންފުނިން ބުންޏެވެ.

އާންމު ރައްޔިތުންގެ ޒަރޫރީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭ ކަމުގެ ތުހުމަތު ސޫދާނުގެ ކަމާބެހޭ އިދާރާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުން ތަކުރާރުކޮށް އާރްއެސްއެފްގެ މައްޗަށް ކުރެ އެވެ. އެ ޖަމާއަތުން މި ފަދަ ތުހުމަތުތަކަށް އާންމުކޮށް ރައްދު ނުދިން ނަމަވެސް، އެ ފަރާތްތަކުން އަބަދު ވެސް ދައުވާކުރަނީ މަސައްކަތްކުރަނީ އާންމުން ހިމާޔަތްކުރުމަށް ކަމަށެވެ.

ސޫދާނުގެ އަސްކަރިއްޔާގެ ތެރެއަށް މި ލަޝްކަރު އެއްކޮށްލުމާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ސޫދާނުގެ ސިފައިންނާއި އާރްއެސްއެފާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިގެން ހިނގަމުން އަންނަނީ 2023 އެޕްރީލު މަހުން ފެށިގެންނެވެ. އދ. އާއި ބައިނަލްއަގުވާމީ އަންދާޒާތަކުން ދައްކާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، ގާތްގަނޑަކަށް 13 މިލިޔަން މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. ހަމަމިއާއެކު، މުޅި ޤައުމުގައި ބޮޑު ބަނޑުހައިހޫނުކަމަކާއި އިންސާނީ ކާރިސާއެއް ވަނީ އިންތިހާއަށް ގޯސްވެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ސޫދާންޚަރުތޫމްރެޕިޑް ސަޕޯޓް ފޯސަސްސޫދާން އަސްކަރިއްޔާ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2026

ސޫދާނުގައި 19.5 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ތެރޭގައި: ބަނޑަށްޖެހުމުގެ ނުރައްކާ ހުއްޓުވަން އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ބައިވެރިން ގޮވާލައިފި

24 އޮކްޓޯބަރު 2026
ސޫދާނުގައި 19.5 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ތެރޭގައި: ބަނޑަށްޖެހުމުގެ ނުރައްކާ ހުއްޓުވަން އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ބައިވެރިން ގޮވާލައިފި
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
15 ސެޕްޓެމްބަރު 2026

ސޫދާނަށް އެހީ ފޯރުކޮށްދޭ ނިޒާމު މުޅިން ހުއްޓުމަކަށް އައުމުގެ ބިރު ބޮޑުވެއްޖެ: އައިއޯއެމް

15 ސެޕްޓެމްބަރު 2026
ސޫދާނަށް އެހީ ފޯރުކޮށްދޭ ނިޒާމު މުޅިން ހުއްޓުމަކަށް އައުމުގެ ބިރު ބޮޑުވެއްޖެ: އައިއޯއެމް
05 ސެޕްޓެމްބަރު 2026

ސޫދާންގެ ދެކުނު ކޮރްދޯފާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އާންމުންގެ ފަސް މީހުން މަރުވެއްޖެ

05 ސެޕްޓެމްބަރު 2026
ސޫދާންގެ ދެކުނު ކޮރްދޯފާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އާންމުންގެ ފަސް މީހުން މަރުވެއްޖެ
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
07 އޮކްޓޯބަރު 2023

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

07 އޮކްޓޯބަރު 2023
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ
20 ސެޕްޓެމްބަރު 2023

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

20 ސެޕްޓެމްބަރު 2023
ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ
01 ޖޫން 2023

ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

01 ޖޫން 2023
ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!
25 މެއި 2023

ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

25 މެއި 2023
ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް