Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާންގެ ރެފިއުޖީން

ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

ސޫދާންގައި އެންމެ ނާޒުކު ހާލުގައި 4.9 މިލިއަން މީހުން އެބަތިބި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 02:18
ސޫދާންގެ ހަނގުރާމައަށް 1 މަސް ފާއިތުވެ، 2 ވަނަ މަހަކަށް ވަނީ ގުނަން ފަށާފައި

ސޫދާންގެ ހަނގުރާމައަށް 1 މަސް ފާއިތުވެ، 2 ވަނަ މަހަކަށް ވަނީ ގުނަން ފަށާފައި

ސޫދާންގެ އަސްކަރިއްޔާއާއި ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފައުޖުތަކާ ދެމެދު ގަދަވެފައި ވާ ހަނގުރާމައިގެ ސަބަބުން، އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ތިބީ އެހީއާއި ހިމާޔަތާއި ރައްކާތެރި ކަމަށް ބޭނުން ވެފައި ވާ ކަމަށް އދއިން ބުނެފިއެވެ. ހަނގުރާމަ ވެރިކަން ކުރާ ޚާރްތޫމްގައި ހަމަލާ ބަދަލު ކުރުންތައް ގަދަވުމުގެ ސަބަބުން، އާންމުންގެ އެތައް ބަޔަކު ވަނީ އަމިއްލަ ގެދޮރު ދޫކޮށް، އެހެން ހިސާބުތަކާއި ޤައުމުތަކަށް ދިރިއުޅުން ބަދަލުކޮށް، ހާލުގައި ޖެހިފައެވެ.

ސޫދާންގެ އާންމުން ކިޔައިދިން ގޮތުގައި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. ކާބޯތަކެތި ލިބުން ދަތިވެފައި ވާ އިރު، ބޯފެނުގެ ދަތިކަންވެސް އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. ސޫދާންގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެސް ސުލްޙަވެރި ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރި ކަމުގައި ވީ ނަމަވެސް، އަދި ވަނީ ހަމަޖެހުމުގެ އަލިމަގެއް ފެންނަ ގޮތް ނުވެފައެވެ. ހަނގުރާމައަށް 1 މަސް ފާއިތުވެ، 2 ވަނަ މަހަކަށް ވަނީ ގުނަން ފަށާފައެވެ.

ހަނގުރާމާގައި ގެދޮރު ގެއްލުނު އެކަކީ އިޤްބާލްއެވެ. މިޞްރުގެ ޤުސްތޫލް ބޯޑަރަށް އޭނާއަށް ދެވުނުތާ އަދި  މާ ގިނަ ދުވަހެއް ނުވެއެވެ. އިޤްތިބާލް ކިޔައިދިން ގޮތުގައި އޭނާއަށް ގެދޮރު ދޫކޮށްލަން ޖެހުނީ، އޭނާގެ އަވަށްޓެރިޔާގެ ގެއަށް މިސައިލް ހަމަލާ އަމާޒުވި ހިސާބުންނެވެ. އެ ހަމަލާއާއެކު ފެނާއި ކަރަންޓުގެ ޚިދުމަތް، އެކީއެކައްޗަކަށް މެދުކެނޑުނެވެ.

އދގެ ވަރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވަނީ، ސޫދާންގައި ހިންގާ އެމަރޖެންސީ އޮޕަރޭޝަންތައް އިތުރު ކުރަން ފަށާފައެވެ. ޑަބްލިއުއެފްޕީއިން އަމާޒު ހިފާފައި ވަނީ، ސޫދާންގައި އެންމެ ނާޒުކު ހާލުގައި ތިބި 4.9 މިލިއަން މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާދިނުމަށެވެ. އަދި މިޞްރު ފަދަ އެހެން ޤައުމުތަކަށް ދިރިއުޅުން ބަދަލު ކޮށްފައި ވާ މީހުންނަށް އެހީވުމަށްވެސް ޑަބްލިއުއެފްޕީއިން ޢުއްމީދު ކުރެއެވެ.

ޑަބްލިއުއެފްޕީއިން މިހާރުވެސް ދަނީ ސޫދާންގެ އެކި ސްޓޭޓްތަކަށް 6500 މެޓްރިކް ޓަނުގެ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. މި އެހީ ލިބޭ މީހުންގެ ޢަދަދު 3 ލައްކައަށް އަރައެވެ. ޑަބްލިއުއެފްޕީގެ އެހީގެ މަޝްރޫޢު ފަށާފައި ވަނީ މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ޑަބްލިއުއެފްޕީގެ ރީޖަނަލް ޑައިރެކްޓަރ މައިކަލް ޑަންފޯރޑް ވިދާޅުވީ، ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ޖަމިއްޔާއިން ދެމި އޮންނާނެ ކަމަށާ، ނަމަވެސް އެ ރެފިއުޖީޏްނާއި ސޫދާން ސަރަޙައްދުގެ ކުރިމަގު އޮތީ ވަރަށް ބަނަކޮށް ކަމަށެވެ.

އދއިން ވަނީ ސޫދާންގައި އެހީއަށް ބޭނުން ވެފައިވާ 25 މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 3 ބިލިއަން ޑޮލަރުގެ ފަންޑު ހޯދަން އިޢުލާން ކޮށްފައެވެ. މިއީ ސޫދާންއިން އެހީ ބޭނުންވި ކަމަށް ރެކޯޑް ކޮށްފައިވާ އެންމެ މަތީ ޢަދަދެވެ. ހަމަނުޖެހުންތައް ފެށުމުގެ ކުރިން، އެހީ ބޭނުންވެގެން ރެކޯޑް ކޮށްފައި ވާ މީހުންގެ ޢަދަދު އުޅުނީ 15 މިލިއަންގައެވެ.

އޭޕްރިލް 15 ވަނަ ދުވަހުން ފަށައިގެން ސޫދާންގައި ބަދަލު ކުރަމުން ދާ ހަމަލާތަކުގައި މިހާތަނަށް މިލިއަނެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން 2 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމުތަކަށް ބަދަލުވެފައެވެ. ހަމަނުޖެހުންތަކަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އެމެރިކާއާއި ސަޢުދީ އަރަބިއްޔާއިން ޖިއްދާގައި ކުރިއަށް ގެންދިޔަ މަޝްވަރާތައްވެސް ނިންމާލާފައި ވަނީ ފެއިލްވެގެންނެވެ.

ސޫދާންރެފުއިޖީދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު