Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާނު ހަނގުރާމަ

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

20 ސެޕްޓެމްބަރު 2023 | ބުދަ 16:59

ސޫދާނު ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ހުރިހާ މަސައްކަތްތަކެއްވަނީ ފެއިލްވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 20 ސެޕްޓެމްބަރު 2023 | ބުދަ 16:59
ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ، ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާން

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ، ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާން

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާން، އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.

ސޫދާނުގެ އަސްކަރިއްޔާއާއި ޕެރަމިލިޓަރީންނާ ދެމެދު އެތައް މަހެއް ވަންދެން ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާނުލައި ކުރަމުން ދަނިކޮށް، އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ބުދަ ދުވަހު އަބްދުލް ފައްތާހު އަލް ބުރުހާން ނިއުޔޯކަށް ފުރާވަޑައިގަތުމުން، ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އެކަންވަނީ އައިސްފައެވެ.

2021 ވަނަ އަހަރު ސޫދާނުގައި ގެނައި ބަޣާވާތަށްފަހު ސޫދާންގެ ޑި ފެކްޓޯ ލީޑަރު ބުރުހާން ސުދާނުގައި ވެރިކަން ކުރައްވަމުން ގެންދަވާއިރު، އދ.ގެ އަހަރީ ޖަލްސާއަށް ވަޑައިގަންނަވާ ސޫދާންގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އޭނާ ކަމަށް، އޭނާ އިސްކޮށް ހުންނަވާ ސިޔާދަތު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސޫދާނުގެ އަސްކަރިއްޔާއާއި ޕެރަމިލިޓަރީ ރެޕިޑް ސުޕޯޓް ފޯސަސް (އާރްއެސްއެފް)އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެ އެތައްބައެއްގެ ގެދޮރު ގެއްލިފައިވާއިރު، ދެ ލަޝްކަރުގެ ދެމެދުގައި ސުލްހަވެރިކަން ގާއިމްކުރެވޭތޯ މިހާތަނަށް ޑިޕޮލޮމެޓިކް ފެންވަރުގައި ކުރި ހުރިހާ މަސައްކަތްތަކެއްވެސްވަނީ ފެއިލް ވެފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ، ލީޑަރު ބުރުހާންގެ ނިއުޔޯކް ދަތުރުފުޅަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިހާރުވެސް ބައިނަލް އަގުވާމީ ފެންވަރުގައި މަޝްވަރާތައް ކުރިއަށްދާ ހާލަތެއްގައި އޭނާގެ ސަރުކާރުގެ ސައްހަކަން ދުނިޔެއަށް ކަށަވަރު ކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މިހާތަނަށް ބުރުހާން ވަނީ މިސްރު، ދެކުނު ސޫދާން، ގަތަރު، އެރިޓްރިއާ، ތުރުކީ އަދި ޔުގެންޑާއަށްވެސް ޒިޔާރަތްކުރައްވާފައެވެ.

އދ.ގެ މި ދަތުރުފުޅުގައި ބުރްހާން އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އެ ބައްދަލުވުމުގެ ހަވާސާގައި "މަތީ ފަންތީގެ ބައްދަލުވުންތަކުގައި" ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 7،500 މީހުން މަރުވެފައިވާކަމަށް އެންޖީއޯ އެކްލެޑްއާއި އދ.ން ބުނެފައިވާއިރު، ފަސް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

ސޫދާން

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
07 އޮކްޓޯބަރު 2023

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

07 އޮކްޓޯބަރު 2023
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ
01 ޖޫން 2023

ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

01 ޖޫން 2023
ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!
25 މެއި 2023

ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

25 މެއި 2023
ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ
25 މެއި 2023

ހިނިތުންވެލައިގެން ހުއްޓެއް ކަމަކު މި ކުޑަކުޑަ ހިތާއި ސިކުނޑީގައި ވަނީ ބިރުވެރިކަން!

25 މެއި 2023
ހިނިތުންވެލައިގެން ހުއްޓެއް ކަމަކު މި ކުޑަކުޑަ ހިތާއި ސިކުނޑީގައި ވަނީ ބިރުވެރިކަން!
21 މެއި 2023

ސޫދާންގައި 7 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

21 މެއި 2023
ސޫދާންގައި 7 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ
28 ފެބުރުއަރީ 2023

ސޫދާން އައު ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

28 ފެބުރުއަރީ 2023
ސޫދާން އައު ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
10 ޑިސެމްބަރު 2022

ސޫދާން ހަމަނުޖެހުމުން ނުކުމެ، ތިމާވެއްޓަށް ހޭލުންތެރިވުމުގެ ތައުލީމު ފޯރުކޮށްދިނުމުގައި

10 ޑިސެމްބަރު 2022
ސޫދާން ހަމަނުޖެހުމުން ނުކުމެ، ތިމާވެއްޓަށް ހޭލުންތެރިވުމުގެ ތައުލީމު ފޯރުކޮށްދިނުމުގައި
05 ޑިސެމްބަރު 2022

ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު ޖަލުން ހޮސްޕިޓަލަށް

05 ޑިސެމްބަރު 2022
ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު ޖަލުން ހޮސްޕިޓަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް