Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާން ހަނގުރާމަ

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް 1.2 މިލިއަން މީހުން އަވަށްޓެރި ގައުމުތަކަށް ވަނީ ފިލައިގެން ގޮސްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2023 | ހޮނިހިރު 01:22
ސޫދާން ހަނގުރާމައިގައި މިހާތަނަށް 5000 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައި

ސޫދާން ހަނގުރާމައިގައި މިހާތަނަށް 5000 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައި

ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި 11 މީހުން މަރުވެ، 90 މީހުން ޒަޚަމްވެފައިވާ ކަމަށް އެހީދޭ ޖަމާއަތެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެފިއެވެ.

ފްރާންސް އަށް ނިސްބަތްވާ އެޖަމިއްޔާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި، މި ހަމަލާތައް ދީފައިވަނީ އޮމްދުރުމަން ސިޓީގެ ކަރާރީ އަވަށުގައި ކަމަށް ބުނެފައިވީ ނަމަވެސް، އެ ކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ގައުމުގެ ހަނގުރާމަވެރި ފަރާތްތަކުގެ ތެރެއިން ކޮން ފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

އަސްކަރިއްޔާގެ ޗީފް، ޖެނެރަލް އަބްދުލް ފައްތާހު ބުރުހާން އިސްވެ ހުންނަވާ އެގައުމުގެ އަސްކަރިއްޔާއާއި ކުރީގެ ސެކަންޑް އިން ކޮމާންޑް، ޖެނެރަލް މުހައްމަދު ހަމްޑެން ޑަގަލޯގެ އިރުޝާދުގެ ދަށުން ހިންގާ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ ކުރިމަތިލުންތަކަކަށް ބަދަލުވުމާ ގުޅިގެން ސޫދާންގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ވަރުގަދަ ދާޚިލާ ހަނގުރާމައެއް ފެށިފައެވެ.

އޭގެ ފަހުން އެ ހަނގުރާމަތައް އެގައުމުގެ އެކި ހިސާބުތަކަށް ފެތުރި، ވެރިރަށް ޚަރްތޫމް އާއި އަވަށްޓެރި އޮމްދުރުމަން ވަނީ އާބަން ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފަ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާނުގެ ހުޅަނގު ދާރުފޫރު ސަރަހައްދުގައި ނަސްލީ ހަމަނުޖެހުންތައް ވެސް ވަނީ އިތުރުވެފަ އެވެ.

އެމްއެސްއެފް ނުވަތަ "ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ބުނީ ބުރާސްފަތި ދުވަހުގެ ހަމަލާގައި ޒަހަމްވި މީހުންނަށް ފަރުވާ ދީފައިވަނީ މެޑިކަލް ގްރޫޕް ހިންގަމުން އަންނަ ގިނަ މެޑިކަލް ފެސިލިޓީތަކުގެ ތެރޭގައި ހިމެނޭ އޮމްދުރުމަންގެ އަލް ނާއޯ ހޮސްޕިޓަލުގައި ކަމަށެވެ.

މިކަމާ ގުޅިގެން އަސްކަރިއްޔާއިން ވެސް އަދި ރެޕިޑް ސަޕޯޓް ފޯސަސްގެ ފަރާތުންވެސް ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.

އެހަމަލާއާއި ބެހޭ ގޮތުން އެމްއެސްއެފް އިން އެކްސްގައި ކުރި އެހެން ޕޯސްޓެއްގައި ބުނީ ވެރިރަށުގެ އިރުން ގާތްގަނޑަކަށް 60 މޭލު (100 ކިލޯމީޓަރު) ދުރުގައި އޮންނަ ކުޑަ ސިޓީއެއް ކަމަށްވާ ޚަރްތޫމް އާއި ވާދީ މަދާނީއާ ދެމެދު ދަތުރުކުރަމުން ދަނިކޮށް ބުރާސްފަތި ދުވަހު އެ ޖަމްޢިއްޔާގެ ވޭނަކަށްވެސް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، އެމްއެސްއެފްއަށް އަމާޒުވި މި ހަމަލާގެ ޒިންމާވެސް އެއްވެސް ބާރަކުން އުފުލާފައެއް ނުވެއެވެ.

ވާދީ މަދާނީގެ ކޮންޓްރޯލް މުޅިން ވެސް އަސްކަރިއްޔާއިން ނަގަމުން އަންނައިރު، ޚަރްތޫމް އަދިވެސް އޮތީ ވާދަވެރިކަމެއްގެ ތެރޭގައެވެ. ޕެރަމިލިޓަރީން ވަނީ އެ ސިޓީގެ ބޮޑު ބައެއް ހިފައިފަ އެވެ.

އދ.ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހަނގުރާމައިގެ ސަބަބުން 5.5 މިލިއަން މީހުން ސަލާމަތާއި ހިމާޔަތް ހޯދުމަށް ގެދޮރު ދޫކޮށް، ސޫދާނުގެ އެތެރޭގެ ސިޓީތަކަށް ބަދަލުވެފައިވާއިރު، 1.2 މިލިއަން މީހުން އަވަށްޓެރި ގައުމުތަކަށް ވަނީ ފިލައިގެން ގޮސްފަ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސޫދާނުގައި ހުންނަ އދގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ކްލެމެންޓައިން އެންކްވެޓާ ސަލާމީ ވިދާޅުވީ 18 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ އެހީދޭ އެޖެންސީތައް މިހާތަނަށް އެ ގައުމުގެ ގާތްގަނޑަކަށް 3.6 މިލިއަން މީހުންނާ ހަމައަށް ފޯރާފައިވާ ކަމަށެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް 5،000 މީހުން މަރުވެ، 12،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އދ. އެ ގައުމުގެ އެކްޓިވިސްޓުންނާއި ޑޮކްޓަރުންގެ ޖަމާއަތްތަކުން ބުނެފައިވާއިރު، މަރުވިމީހުން އަދަދު މިއަށްވުރެވެސް މަތިވާނެކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ސޫދާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

20 ސެޕްޓެމްބަރު 2023
ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

01 ޖޫން 2023
ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

25 މެއި 2023

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު