Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑް ކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެމްބަރު ޒޭނާ މިރޭ ވެސް ރައީސް ޔާމިންގެ ޖަލްސާގައި އަވަދިނެތި!

9 އޮކްޓޯބަރު 2017 | ހޯމަ 18:09

ގޮނޑި އަތުރާނެ ތަރުތީބު އޮޅުއްފިލުވައިދެއްވަން އިސްކޮށް ހުންނެވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 9 އޮކްޓޯބަރު 2017 | ހޯމަ 18:09
މިރޭ ބޭއްްވި ހަރަކާތުގައި ޒޭނާ ހަރަކާތްތެރިވަނީ

މިރޭ ބޭއްްވި ހަރަކާތުގައި ޒޭނާ ހަރަކާތްތެރިވަނީ

ރައީސް އަބްދުﷲ ޔާމިން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ، އުމުރުން ދުވަސްވީ މީހުންނާ މިރޭ ބައްދަލުކުރެއްވުމަށް ބޭއްވި ހަރަކާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ފާތިމަތު ޒޭނާ އިސްކޮން އުޅުއްވަނިކޮށް ފެނިއްޖެ އެވެ.

ރަސްފަންނުގައި ކުރިއަށްދިޔަ ހަރަކާތް ކަވަރު ކުރުމަށް ރާއްޖެޓީވީން އެތަނަށް ދިޔައިރު ޒޭނާ އުޅުއްވީ އެތަނުގައި ހުރި މޭޒުތަކުގައި ނަމްބަރުތައް ތަރުތީބުކުރެއްވުމުގައެވެ. އަދި އެތަނުގައި ހުރި މޭޒުތަކާ ގޮނޑިތަކުގެ ތަރުތީބު ކިޔާދިނުމަށް އިސްކޮށް އުޅުއްވަނިކޮށް ރާއްޖެޓީވީން އެ މަންޒަރު ކެމެރާކޮށްފައި ވެއެވެ. އަދި ރާއްޖެޓީވީން އެ މަންޒަރު ނަގަން ފެށުމުން ކެމެރާއަށް ފިލަން މަސައްކަތްކުރެއްވި އެވެ. އެގޮތުން އެތަނުގައި ތިބި އެހެން މީހުންގެ ފަހަތައް ވަދެވަޑައިގެން ފިއްލަވަން މަސައްކަތްކުރެއްވިއެވެ.

Advertisement - newsAdvertisement

ޒޭނާ އެތަނުގައި އުޅުއްވާ ވީޑިއޯ ނެގުމުގެ އިތުރުން ރާއްޖެޓީވީގެ ރިޕޯޓަރު އޭނާ ކައިރިއަށް ގޮސް އެއީ ހަމަ ޒޭނާތޯ ޔަގީންކުރި އެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން، އެތަނުގައި ހިނގާ އެއްވެސް ކަމެއް ވީޑިއޯ ނުކުރެވޭނެ ކަމަށް ބުނެ އެތަނުގައި ހުރި މީހަކު ރާއްޖެ ޓީވީގެ ކެމެރާމަނަށް އިންޒާރު ދިނެވެ. އަދި ވީޑިއޯ ނެގުން މަނާ ކުރަނީ އިންތިޒާމް ކުރާ ފަރާތުން ކަމަށް ބުނުމުން އެއީ ކޮން ފަރާތެއްކަން ހޯދުމަށް ރާއްޖެޓީވީގެ ރިޕޯޓަރު އެމީހާއާ ސުވާލުކުރިއެވެ. އެމީހާ އެކަން އޮޅުން ފިލުވުމަށް ފަހު އެނބުރި އައިސް ބުނީ އެގޮތަށް އެންގީ އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވަޑައިގެންނެވި މިހާރު ޕީޕީއެމްގެ މެންބަރު ޔާމީން ރަޝީދު ކަމަށެވެ.

ބްރޯޑްކޮމް އިން ވަނީ ރާއްޖެޓީވީ ފަސް ލައްކަ އިން ޖޫރިމަނާ ކޮށްފައިވާކަން އާދިއްތަ ދުވަހު އަންގާފަ އެވެ. އަދި ރާއްޖެޓީވީ ޖޫރިމަނާ ކުރުމަށް ވޯޓު ދިން މެމްބަރުންގެ ތެރޭގައި ޒޭނާ ވެސް ހިމެނެ އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒޭނާ ކޮމިޝަންގެ މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން އުޅުއްވީ ރައީސްގެ އަނބިކަނބަލުންގެ އޮފީހުގެ ކަންކަން އިންތިޒާމުކުރުމުގައެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްގައި ވެސް އިންތިޒާމުތަކުގައި އިސްކޮށް އުޅުއްވިއެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ކެމްޕެއިންގެ އިންތިޒާމުތަކުގައި މިހާރު ވެސް ޒޭނާ އުޅުއްވައެވެ.

ބްރޯޑްކޮމް އިން އެއްވެސް ހަމައެއް ނެތި ރާއްޖެޓީވީ ޖޫރިމަނާ ކުރަނީ ޕީޕީއެމް އިން ބޭނުންވާ ގޮތަށް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. ނަމަވެސް އެ ކޮމިޝަނުން ބުނަމުންދަނީ އެ ކޮމިޝަނުގެ މެމްބަރުންނަނީ މިނިވަން ބައެއް ކަމަށެވެ. ނަމަވެސް ޒޭނާގެ އިތުރުން ވެސް ޕީޕީއެމްގެ ހަރަކާތްތައް ހިންގާ އޮފީސްތަކަށް ކޮމިޝަންގެ މެންބަރުން ވަދެނިކުމެ އުޅޭ މަންޒަރު މީގެ ކުރިން ވެސް ވަނީ ފެނިފައެވެ. މިފަދަ ސަބަބުތަކާއި އަދި ފިޔަވަޅު އެޅުމުގައި ގެންގުޅޭ ބޭއިންސާފު ގޮތްތަކުގެ ސަބަބުން ބްރޮޑްކޮމްގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

Your browser doesn't support video. Please download the file: video/mp4 video/webm

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް