Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިބޯލާ ބަލިމަޑުކަން

އިބޯލާ ޖައްސާ ބަންޑިބޫޖޯ ވައިރަހާ ދެކޮޅަށް އާ ވެކްސިން ޓެސްޓުކުރަން ފަށައިފި

24 އޮކްޓޯބަރު 2026 | ހޮނިހިރު 08:08

ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ 'ބުންޑިބޫޖޯ' އިބޯލާ ވައިރަހާ ދެކޮޅަށް އުފެއްދި އާ ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްތައް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އެހީތެރިކަމާއެކު އެ ޤައުމުގައި މިހާރު ވަނީ ފަށާފައި. މި ބަލިމަޑުކަމުގައި މިހާތަނަށް 4،600 އަށްވުރެ ގިނަ މީހުން މަރުވެ، އަވައްޓެރި ޤައުމުތަކަށް ބަލި ފެތުރެމުންދާތީ، މި ޓްރަޔަލަކީ ބަލި ކޮންޓުރޯލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް

ނިއުސް ޓީމް
ނިއުސް ޓީމް | 24 އޮކްޓޯބަރު 2026 | ހޮނިހިރު 08:08
ކޮންގޯގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ކެމްޕޭނެއްގެ ތެރެއިން، ސިއްހީ ދާއިރާގެ ދެ މުވައްޒަފަކު ވަރަށް ފަރުވާތެރިކަމާއެކު ސިރިންޖެއް ތައްޔާރުކުރަނީ.

ކޮންގޯގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ކެމްޕޭނެއްގެ ތެރެއިން، ސިއްހީ ދާއިރާގެ ދެ މުވައްޒަފަކު ވަރަށް ފަރުވާތެރިކަމާއެކު ސިރިންޖެއް ތައްޔާރުކުރަނީ. | އަނަދޮލު އޭޖެންސީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާ ރޯގާ ކޮންޓުރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ބައްޔާ ދެކޮޅަށް އުފައްދާފައިވާ އައު ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ފަށައިފި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން (ޑަބްލިޔުއެޗްއޯ) ހުކުރު ދުވަހު ހާމަކޮށްފި އެވެ.

ސްވާހިލީ ބަހުން "އުންމީދު" ގެ މާނަ ދޭހަކޮށްދޭ "ތުމައިނީ" ގެ ނަމުން ނަންދެވިފައިވާ މި ޓްރަޔަލްގެ ދަށުން އެންމެ ފުރަތަމަ ބައިވެރިންނަށް ވެކްސިން ދީފައި ވަނީ އިތޫރީ ޕްރޮވިންސްގެ ވެރިރަށް ބޫނިޔާގައި ކަމަށް ޑަބްލިއުއެޗްއޯގެ އެފްރިކާ ސަރަހައްދީ އޮފީހުން ބުންޏެވެ.

Advertisement - worldAdvertisement

ޖިއޮގްރަފީގެ ގޮތުން އެކި ސަރަހައްދުތަކަށް ހަލުވިކަމާއެކު ފެތުރެމުން އަންނަ 'ބަންޑިބޫޖޯ' ވައިރަސް ސްޓްރެއިންގެ ސަބަބުން ޖެހޭ އިބޯލާ ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މި ޓްރަޔަލް ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރެ އެވެ. މި އިލްމީ ދިރާސާގެ މައިގަނޑު އަމާޒަކީ، ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވެފައިވާ ފަރާތްތަކުގެ މެދުގައި، ބަންޑިބޫޖޯ ވައިރަހަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ވެކްސިން ކެންޑިޑޭޓްތަކުގެ ރައްކާތެރިކަމާއި ފައިދާ ވަޒަންކުރުމެވެ.

ބަންޑިބޫޖޯ ސްޓްރެއިންއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދިރާސާ

ކޮންގޯގައި 2026 މެއި މަހު ފުރަތަމަ ފަހަރަށް ފެނުނު ކަމަށް އިއުލާނުކުރި ބަންޑިބޫޖޯ ވައިރަސް ސްޓްރެއިންއާ ދެކޮޅަށް މިހާތަނަށް ރަސްމީކޮށް އެއްވެސް ވެކްސިނަކަށް ހުއްދަ ދީފައެއް ނުވެ އެވެ. ޑަބްލިއުއެޗްއޯއިން ހާމަކުރި ގޮތުގައި މި ދިރާސާ ކުރިއަށްގެން ދަނީ އިލްމީ މިންގަނޑުތަކަށާއި، ދެފުށް ފެންނަ އުސޫލުތަކަށާއި، އަޚުލާގީ ހަމަތަކުގެ އިތުރުން ވެކްސިން ޖަހާ ފަރާތްތަކުގެ ފުރިހަމަ ރުހުމާއި މުޖުތަމައުގެ ބައިވެރިވުން ހޯދައިގެންނެވެ.

"ބަންޑިބޫޖޯ ވައިރަހަށް ޚާއްސަކޮށްގެން އުފައްދާފައިވާ ވެކްސިން ކެންޑިޑޭޓްތަކުގެ ތެރެއިން އެއްވެސް ވެކްސިނެއް މަސައްކަތްކުރޭތޯ ދެނެގަތުމަށް މި ޓްރަޔަލްގެ ސަބަބުން މަގުފަހިވެގެންދާނެ" ޑަބްލިޔުޗްއޯގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިޔޭސުސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އެހީތެރިކަމާއި ވެކްސިންގެ ހާލަތު

މި ރޯގާއާ ދެކޮޅަށް ބޭނުންކުރުމަށް ޓަކައި، ދުނިޔޭގެ އިބޯލާ ވެކްސިން ރިޒާވް ނުވަތަ ސްޓޮކުން 'އެރްވެބޯ' ވެކްސިންގެ 70،000 ޑޯޒް 2026 އޮގަސްޓު މަހު ކޮންގޯއަށް ވަނީ ލިބިފަ އެވެ. ނަމަވެސް، އެ ވެކްސިނަކީ 'ޒައީރު' އިބޯލާ ވައިރަހާ ދެކޮޅަށް ބޭނުންކުރުމަށް ކުރިން ހުއްދަ ދީފައިވާ ވެކްސިނެކެވެ. މި ފަހަރުގެ ވެކްސިން ޓްރަޔަލް ވިލަރެސްކުރަނީ ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސްއިން (ސެޕީ) ނެވެ. އަދި، މި މަސައްކަތުގައި ޑަބްލިޔުއެޗްއޯގެ އިތުރުން ކޮންގޯގެ ސިއްހަތާ ބެހޭ ވުޒާރާއާއި އެކި ބައިވެރިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެ އެވެ.

ހާލަތުގެ ނުރައްކާތެރިކަމާއި އެކި ސަރަހައްދުތަކަށް ފެތުރުން

އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ (އެފްރިކާ ސީޑީސީ) އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ރޯގާ ފެށުނު ފަހުން ކޮންގޯގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 9،700 އަށްވުރެ މައްޗަށް އަރާފަ އެވެ. އަދި، މި ބަލީގައި 4،690 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި ބަލިމަޑުކަން މިހާރު ވަނީ އެ ޤައުމުގެ އަށް ޕްރޮވިންސަކަށް ފެތުރިފަ އެވެ. އެއީ އޯ-އުއޭލޭ، އިތޫރީ، އުތުރު ކީވޫ، ދެކުނު ކީވޫ، ބާ-އުއޭލޭ، ޗޯޕޯ، ދެކުނު އުބަންގީ އަދި އުތުރު އުބަންގީ އެވެ.

މި ބަލިމަޑުކަން ސަރަހައްދުގެ އެހެން ޤައުމުތަކަށް ފެތުރެމުން ދިއުމަކީ ރޯގާ ކޮންޓުރޯލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވި އެވެ. މި ގޮތުން، ކެންޔާއިން މިހާތަނަށް ކަށަވަރުކުރެވުނު ނުވަ ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ. ހަމަމިއާއެކު، ނައިޖީރިޔާއިން ވެސް މި ހަފުތާގެ ކުރީކޮޅު އެ ޤައުމުގެ ފުރަތަމަ ކޭސް ކަށަވަރުކޮށްފައިވާއިރު، ސިއްހީ މާހިރުން ލަފާކުރަނީ އެއީ ކޮންގޯއިން އެ ޤައުމަށް އެތެރެވި ކޭހެއް ކަމަށެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ކޮންގޯއެބޯލާދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ކޮންގޯގެ އަށްވަނަ ޕްރޮވިންސަކަށް އިބޯލާ ފެތުރި، މަރުވި މީހުންގެ އަދަދު 4،500 އަށްވުރެ މައްޗަށް

19 އޮކްޓޯބަރު 2026
ކޮންގޯގެ އަށްވަނަ ޕްރޮވިންސަކަށް އިބޯލާ ފެތުރި، މަރުވި މީހުންގެ އަދަދު 4،500 އަށްވުރެ މައްޗަށް
01 އޮކްޓޯބަރު 2026

ކޮންގޯގައި ކޮލެރާ ފެތުރި އެތައް ބަޔަކު މަރުވަނީ، ކުޑަކުދިން ރައްކާތެރިކުރަން ޖެހޭ: ޔުނިސެފް

01 އޮކްޓޯބަރު 2026
ކޮންގޯގައި ކޮލެރާ ފެތުރި އެތައް ބަޔަކު މަރުވަނީ، ކުޑަކުދިން ރައްކާތެރިކުރަން ޖެހޭ: ޔުނިސެފް
29 ސެޕްޓެމްބަރު 2026

ކޮންޓެކްޓް ޓްރޭސިންގ ފޭލުވެ ކޮންގޯގައި އިބޯލާގެ ހާލަތު ގޯހުންގޯހަށް، 8,000 މީހުންނަށް ބަލި ޖެހިއްޖެ

29 ސެޕްޓެމްބަރު 2026
ކޮންޓެކްޓް ޓްރޭސިންގ ފޭލުވެ ކޮންގޯގައި އިބޯލާގެ ހާލަތު ގޯހުންގޯހަށް، 8,000 މީހުންނަށް ބަލި ޖެހިއްޖެ
17 ސެޕްޓެމްބަރު 2026

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި ޖެހިގެން 1،000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ

17 ސެޕްޓެމްބަރު 2026
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި ޖެހިގެން 1،000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
13 ސެޕްޓެމްބަރު 2026

ކޮންގޯއިން އިބޯލާގެ 7,000 ކޭސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވަން ބެލެނިވެރިން ފަސްޖެހެނީ

13 ސެޕްޓެމްބަރު 2026
ކޮންގޯއިން އިބޯލާގެ 7,000 ކޭސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވަން ބެލެނިވެރިން ފަސްޖެހެނީ
12 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ

12 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ
03 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ

03 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ
26 ޖުލައި 2026

ކޮންގޯގައި އެބޯލާ ޖެހުނު މީހުންގެ އަދަދު 3000 އިން މައްޗަށް، މަރުވި މީހުންގެ އަދަދު 1354

26 ޖުލައި 2026
ކޮންގޯގައި އެބޯލާ ޖެހުނު މީހުންގެ އަދަދު 3000 އިން މައްޗަށް، މަރުވި މީހުންގެ އަދަދު 1354
22 ޖުލައި 2026

ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

22 ޖުލައި 2026
ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
21 ޖުލައި 2026

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް

21 ޖުލައި 2026
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް