Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިބޯލާގެ ބަލިމަޑުކަން

ކޮންގޯގެ އަށްވަނަ ޕްރޮވިންސަކަށް އިބޯލާ ފެތުރި، މަރުވި މީހުންގެ އަދަދު 4،500 އަށްވުރެ މައްޗަށް

19 އޮކްޓޯބަރު 2026 | ހޯމަ 05:41

ކޮންގޯގައި ހަލުވިކަމާއެކު އިބޯލާ ފެތުރެމުންދާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 9،400 އަށް އަރައި 4،500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި. މިއީ, އެ ޤައުމުގެ ތާރީޚުގައި ވެސް މި ބަލިމަޑުކަން މިހާ ނުރައްކާތެރި މިންވަރަކަށް ފެތުރުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، ބަލި ކޮންޓްރޯލްކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް ސިއްހީ އިދާރާތަކުން ބުނޭ. ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޤައުމުތަކަށް ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ސަމާލުވުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 19 އޮކްޓޯބަރު 2026 | ހޯމަ 05:41
ކޮންގޯގައި އިބޯލާ ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ވަޅުލުމަށް، ޕީޕީއީ އަޅައިގެން ތިބި މީހުންގެ ޚާއްސަ ޓީމަކުން ގެންދަނީ

ކޮންގޯގައި އިބޯލާ ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ވަޅުލުމަށް، ޕީޕީއީ އަޅައިގެން ތިބި މީހުންގެ ޚާއްސަ ޓީމަކުން ގެންދަނީ | އަނަދޮލު އޭޖެންސީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ތާރީޚުގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ނުރައްކާތެރި އިބޯލާގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން ދަނިކޮށް، މި ބަލި އެ ޤައުމުގެ އަށްވަނަ ޕްރޮވިންސަށް ފެތުރިފައިވާ ކަމަށް، ސިއްހީ އިދާރާތަކުން އާދީއްތަ ދުވަހު ހާމަކޮށްފި އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދަކުން ދެ މީހަކު އިބޯލާއަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން އެކަކު މަރުވުމާ ގުޅިގެން، ކޮންގޯގެ ހުޅަނގު އުތުރުގައި އޮންނަ އުތުރު އުބާންގީއަކީ މި ބަލި އަލަށް ފެނުނު ޕްރޮވިންސް ކަމަށް، އެ ޤައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަލަށް ފެނުނު ކޭސްތަކަކީ ބާސް-ޔުއޭލޭ ޕްރޮވިންސާ އިންވެގެން އޮންނަ ވަޕިންޑާ ހެލްތު ޒޯނުން ފެނުނު، އުމުރުން 20 ގެ އަހަރުތަކުގެ ފިރިހެނުންތަކެއް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

'ބުންޑިބޫޖޯ' ވައިރަސް ސްޓްރެއިންގެ ސަބަބުން ޖެހޭ މި ބަލި މިދިޔަ ހަފުތާއާ ހަމައަށް ފެތުރިފައި އޮތީ ހަތް ޕްރޮވިންސަކަށެވެ. އެއީ ހޯތު-ޔުއޭލޭ، އިޓޫރީ، އުތުރު ކިވޫ، ދެކުނު ކިވޫ، ބާސް-ޔުއޭލޭ، ޗޯޕޯ އަދި ދެކުނު-އުބާންގީ އެވެ. ބަލީގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ބަލި ފެތުރޭ މިންވަރު އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ތަފާތު ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން (ޑަބްލިޔުއެޗްއޯ) އިން ބުންޏެވެ. އަދި، މި ބަލިމަޑުކަމުގެ މައިގަނޑު މަރުކަޒަކީ އަދިވެސް އިޓޫރީ ކަމަށްވާއިރު، އުތުރު ކިވޫއާއި ހޯތު-ޔުއޭލޭގައި ވެސް ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ކަމަށް އެ ޖަމުއިއްޔާއިން ފާހަގަކުރެ އެވެ.

Advertisement - worldAdvertisement

މި ބަލިމަޑުކަން ފެތުރެން ފެށިކަން މެއި މަހު އިއުލާނުކުރި ފަހުން ކޮންގޯގައި އިބޯލާ ޖެހުނުކަން ކަށަވަރުވި މީހުންގެ އަދަދު 9،400 އަށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން 4،536 މީހުންގެ މަރުވެފައިވާ ކަމަށް އެންމެ ފަހުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ބަލީގައި މަރުވާ މީހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން މަރުވަނީ ގޭގައި ކަމަށް، ޑަބްލިޔުއެޗްއޯއިން ބުންޏެވެ. އަދި، އާންމު މުޖުތަމައުތަކުގެ ތެރޭގައި ގިނަ އަދަދަކަށް މީހުން މަރުވަމުންދާއިރު، އާންމުންގެ ފަރާތުން ފެންނަ ދެކޮޅުވެރިކަމަކީ މި ބަލި ކޮންޓްރޯލްކުރުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އިތުބާރު ގާއިމުކުރުމަށާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ސަރަހައްދީ ލީޑަރުންގެ ދައުރު މުހިންމު ކަމަށް، ޑަބްލިޔުއެޗްއޯގެ އެފްރިކާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު މުހައްމަދު ޔައުޤޫބް ޖަނާބީ އާދީއްތަ ދުވަހު ފާހަގަކުރެއްވި އެވެ.

މިއީ ކޮންގޯގެ ތާރީޚުގައި ވެސް މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު މަރުވި އިބޯލާގެ ބަލިމަޑުމަކެވެ. އަދި، ހުޅަނގު އެފްރިކާގައި 2014 އިން 2016 އަށް ހިނގައިދިޔަ ބަލިމަޑުކަމަށް ފަހު، މުޅި ދުނިޔޭގައި ވެސް މިހާތަނަށް ހިނގި ދެވަނައަށް އެންމެ ބޮޑު އިބޯލާގެ ބަލިމަޑުކަމަކީ މިއީ އެވެ. މި މަހު ކެންޔާއިން އިބޯލާއަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު އަށަކަށް އަރާފައިވާ ކަމަށާއި، އަލަށް އިތުރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް، ކެންޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ކަށަވަރުކޮށްދިނެވެ. ބޯޑަރު ހުރަސްކޮށް އިބޯލާ އިތުރަށް ފެތުރުން ހުއްޓުވުމަށް ޓަކައި އިތުރަށް ސަމާލުވުމަށް، ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޑީއާރު ކޮންގޯއެބޯލާ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2026

ކޮންގޯގައި ކޮލެރާ ފެތުރި އެތައް ބަޔަކު މަރުވަނީ، ކުޑަކުދިން ރައްކާތެރިކުރަން ޖެހޭ: ޔުނިސެފް

01 އޮކްޓޯބަރު 2026
ކޮންގޯގައި ކޮލެރާ ފެތުރި އެތައް ބަޔަކު މަރުވަނީ، ކުޑަކުދިން ރައްކާތެރިކުރަން ޖެހޭ: ޔުނިސެފް
29 ސެޕްޓެމްބަރު 2026

ކޮންޓެކްޓް ޓްރޭސިންގ ފޭލުވެ ކޮންގޯގައި އިބޯލާގެ ހާލަތު ގޯހުންގޯހަށް، 8,000 މީހުންނަށް ބަލި ޖެހިއްޖެ

29 ސެޕްޓެމްބަރު 2026
ކޮންޓެކްޓް ޓްރޭސިންގ ފޭލުވެ ކޮންގޯގައި އިބޯލާގެ ހާލަތު ގޯހުންގޯހަށް، 8,000 މީހުންނަށް ބަލި ޖެހިއްޖެ
13 ސެޕްޓެމްބަރު 2026

ކޮންގޯއިން އިބޯލާގެ 7,000 ކޭސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވަން ބެލެނިވެރިން ފަސްޖެހެނީ

13 ސެޕްޓެމްބަރު 2026
ކޮންގޯއިން އިބޯލާގެ 7,000 ކޭސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވަން ބެލެނިވެރިން ފަސްޖެހެނީ
12 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ

12 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ
03 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ

03 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ
26 ޖުލައި 2026

ކޮންގޯގައި އެބޯލާ ޖެހުނު މީހުންގެ އަދަދު 3000 އިން މައްޗަށް، މަރުވި މީހުންގެ އަދަދު 1354

26 ޖުލައި 2026
ކޮންގޯގައި އެބޯލާ ޖެހުނު މީހުންގެ އަދަދު 3000 އިން މައްޗަށް، މަރުވި މީހުންގެ އަދަދު 1354
22 ޖުލައި 2026

ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

22 ޖުލައި 2026
ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
24 ޖޫން 2026

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ

24 ޖޫން 2026
ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ
17 ޖޫން 2026

ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ބަލިމީހުންތަކެއް ހަތިޔާރުއެޅި ބަޔަކު ރަހީނުކޮށްފި

17 ޖޫން 2026
ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ބަލިމީހުންތަކެއް ހަތިޔާރުއެޅި ބަޔަކު ރަހީނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް